Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރެމިއާ ލީގު

ލީގު ހުޅުވާ މެޗަށް ޑެސައިލީ ރާއްޖެ އަތުވެއްޖެ

ޑެސައިލީ ރާއްޖެ އަތުވެފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 3 އޯގަސްޓު 2017 | ބުރާސްފަތި 11:44
ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް މާސޭ ޑެސައިލީ ވެލާނާ އިންޓްނޭޝަނަލް އެއާޕޯޓުގައި

ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް މާސޭ ޑެސައިލީ ވެލާނާ އިންޓްނޭޝަނަލް އެއާޕޯޓުގައި

އުރީދޫ ދިވެހި ޕްރެމިއާ ލީގު ހުޅުވާ މެޗަށް، ފްރާންސްގެ ކުރީގެ ކެޕްޓަން މާސެލް ޑެސައިލީ ރާއްޖެ އަތުވެއްޖެއެވެ.

ދިވެހި ފުޓުބޯޅައިގެ އެންމެ ބޮޑު ލީގު ކަމަށްވާ އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ފުރަތަމަ މެޗް ޝަރަފްވެރި ކޮށްދެއްވުމަށް ޑެސައިލީ ރާއްޖެ އަތުވެފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ޑެސައިލީއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މަރުޙަބާ ދެންނެވީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި، އެއިދާރާގެ އިސްވެރިންނެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑެސައިލީ ރާއްޖޭގައި މަޑުކުރުމަށް ހަމަޖެހިފައިވަނީ ޖުމެއިރާ ވިއްޓަވެލި ރިސޯޓުގައެވެ.

ބުދަދުވަހު އެފްއޭއެމް ހައުސްގައި އޮތް ހަފްލާއެއްގައި ވާހަކަ ދައްކަވަމުން، އެއިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވަނީ، ޑެސައިލީ ރާއްޖެ ގެނައުމަށް އެހީތެރިވީ ދިވެހި ޕްރިމިއާ ލީގުގެ ސްޕޮންސަރަކަށް ކަނޑައަޅާފައިވާ އުރީދޫއިން ކަމަށާއި، ޕްރިމިއާ ލީގު ހުޅުވާ މެޗު ވީހާވެސް ކުލަގަދަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އުމުރުން 48 އަހަރުގެ މާސޭ ޑެސައިލީ ވަނީ، ފްރާންސް ގައުމީ ޓީމާއި އެކު 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި، 2000 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުންވެސް އޭނާ ވަނީ 2001 އަދި 2003 ވަނަ އަހަރު ކޮންފެޑެރޭޝަން ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

މާސޭއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ޑެސައިލީ ވަނީ އޭސީ މިލާނާއެކު ދެ އިޓާލިއަން ލީގު، އިޓާލިއަން ސުޕާކަޕް، ޔުއެފާ ސުޕާކަޕް އަދި ޔުއެފާ ޗެމްޕިއަނސް ލީގުވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޗެލްސީއާއެކު ޔުއެފާ ސުޕާކަޕް، އެފްއޭކަޕް އަދި އެފްއޭ ޗެރިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގު ހުޅުވާ މެޗުގައި ބައްދަލުކުރާނީ، އެސްޓީއޯ މާލެ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަން ދ.ކުޑަހުވަދޫ އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެރޭ 9 ޖަހާއިރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު