Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ބެލިންހަމާ މެދު އަމަލު ކުރީ އިންސާފުންނެއް ނޫން: އަންޗެލޮޓީ

7 މާރިޗު 2024 | ބުރާސްފަތި 06:30

ރަތް ކާޑު ދެއްކީ އޭނާ ރެފްރީ އަށް ނިސްބަތްވާ ގޮތަށް ހަޑި ހުތުރު ބަސްތައް ބޭނުން ކުރި ކަމަށް ބުނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މާރިޗު 2024 | ބުރާސްފަތި 06:30
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޖޫޑް ބެލިންހަމް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޖޫޑް ބެލިންހަމް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ކުޅުންތެރިޔާ، ޖޫޑް ބެލިންހަމާމެދު އަމަލު ކޮށްފައި ވަނީ އިންސާފުން ނޫން ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ބުދަ ދުވަހު ސްޕެނިޝް ލީގުން ވަނީ، ބެލިންހަމް ދެ މެޗަށް ސަސްޕެންޑު ކުރުމަށް ނިންމައިފަ އެވެ. އެއީ ސްޕެނިޝް ލީގުގައި އެންމެ ފަހުން ރެއާލުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. ބެލިންހަމް ސަސްޕެންޑު ކުރުމުގެ ކުރިން ރެއާލުން ވަނީ ރަތް ކާޑުގެ މައްސަލަ އިސްތިއުނާފު ވެސް ކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައި ނުގަނެ، އަނބުރާ ފޮނުވާލީ އެވެ.

ވެލެންސިއާއާ ދެކޮޅަށް ރެއާލުން ކުޅުނު މެޗުގެ އެންމެ ފަހު ވަގުތު ރެފްރީ ވަނީ ބެލިންހަމަށް ރަތް ކާޑު ދައްކައިފަ އެވެ. މެޗުގެ ފަހު ވަގުތު ބެލިންހަމް ލަނޑު ޖެހުމުގެ ކުރިން ރެފްރީ ވަނީ ފަހު ކަށިގަނޑު ފުމެލައިފަ އެވެ. އެކަމާ ބެލިންހަމް އަދި ރެއާލްގެ ކުޅުންތެރިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް، ދެކޮޅު ހަދައިފަ އެވެ. އެކަމުގެ ތެރެއިން ރެފްރީ ވަނީ ބެލިންހަމަށް ރަތް ކާޑު ދައްކައިފަ އެވެ. އެއީ އޭނާ ރެފްރީ އަށް ނިސްބަތްވާ ގޮތަށް ހަޑި ހުތުރު ބަސްތައް ބޭނުން ކުރި ކަމަށް ބުނެ އެވެ.

އެކަމާ ގުޅޭ ގޮތުން އަންޗެލޮޓީ ބުނީ، ބެލިންހަމަށް ދިން ސަސްޕެންޝަށް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށެވެ. އަދި ބެލިންހަމާ މެދު އަމަލު ކޮށްފައި ވަނީ އިންސާފުން ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި، އެކަމުގައި ގިނަ ސަބަބުތަކެއް ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

ސްޕެނިޝް ލީގުން ބެލިންހަމް ސަސްޕެންޑު ކޮށްފައިވާއިރު، އޭނާ އަކީ މި ސީޒަންގެ ސްޕެނިޝް ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. ސަސްޕެންޝަނާއެކު ބެލިންހަމަށް ގެއްލޭނީ މި މަހުގެ 10 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ރެއާލުން ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅޭ މެޗު އަދި، މި މަހުގެ 16 ވަނަ ދުވަހު އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް