Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އެގްރިގޭޓުން ކުރި ހޯދައި، ރެއާލް ވެސް ކުއާޓާ ފައިނަލަށް

ކުއާޓާ ފައިނަލްގެ ޖާާގަ ރެއާލުން ހޯދީ ޖަރުމަނުގެ އާރްބީ ލައިޕްޒިގްގެ މައްޗަށް 2-1 ގެ އެގްރިގޭޓު ނަތީޖާ އަކުން ކުރި ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މާރިޗު 2024 | ބުރާސްފަތި 06:05
މެޗުގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ވިނީޝިއުސް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ވިނީޝިއުސް އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގައި އެގްރިގޭޓުން ކުރި ހޯދައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑުން ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ކުއާޓާ ފައިނަލްގެ ޖާާގަ ރެއާލުން ހޯދީ ޖަރުމަނުގެ އާރްބީ ލައިޕްޒިގްގެ މައްޗަށް 2-1 ގެ އެގްރިގޭޓު ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ލައިޕްޒިގްގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 1-0 އިންނެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު ދެ ވަނަ ލެގުގެ މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. އެގްރިގޭޓުން ކުރި ހޯދީ ރެއާލް އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ރެއާލުންނެވެ. މެޗުގެ 65 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އިންގްލެންޑުގެ ޖޫޑް ބެލިންހަމް އެވެ. ނަމަވެސް، އޭގެ ތިން މިނެޓު ފަހުން، ލައިޕްޒިގުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވިލީ އޮބާން އެވެ. އޭގެ ފަހުން ލައިޕްޒިގަށް ވަނީ ދެ ވަނަ ލެގުގެ މެޗު ކާމިޔާބު ކުރަން ވެސް ފުރުސަތު ލިބިފަ އެވެ. ނަމަވެސް ލިބުނު ފުރުސަތު ނިންމާ ނުލެވުނީ އެވެ.

މިހާތަނަށް ކުއާޓާ ފައިނަލުން ޖާގަ ލިބުނީ ހަތަރު ޓީމަކަށެވެ. އެއީ ބަޔާން މިއުނިކް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، މެންޗެސްޓަރ ސިޓީ އަދި ރެއާލް މެޑްރިޑެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު