Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެކްސިޑެންޓް

ފާއިތުވި ދެ މަހު މާލެ ސަރަހައްދުގައި ދުވާލަކު ގާތްގަޑަކަށް 7 އެކްސިޑެންޓް ހިނގާފައިވޭ، މުޅި ޖުމްލަ 450 އެކްސިޑެންޓް!

އޭގެ ތެރެއިން ގިނަ އެކްސިޑެންޓްތައް ހިނގި ކަމަށް ފާހަގަ ކުރެވެނީ ބުރިޖު އަދި ހައިވޭގައި ނުގަވާއިދުން ދުއްވުމުގެ ސަބަބުން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 6 މާރިޗު 2024 | ބުދަ 14:17
ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން އުޅުމުގެ ތެރެއިން

ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން އުޅުމުގެ ތެރެއިން

ފާއިތުވި ދެ މަހު މާލެ ސަރަހައްދުގައި 450 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ބުދަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ އެކި ބަހާތަކުން ކުރި މަސައްކަތްތަކާއި ނަންބަރުތައް ވަނީ ހާމަކޮށްފައެވެ. އެގޮތުން ފާއިތުވި ދެ މަހު، މާލެ އޭރިއާއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމާއި އެކްސިޑެންޓްގެ މައްސަލަތަކެވެ.

Advertisement - newsAdvertisement

އެކަމުގެ މައުލޫމާތު ދެއްވަމުން މާލެ އެރިއާގެ ޗީފް ސުޕްރިޑެންޓެންޑް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ ފާއިތުވި ދެ މަހުގައި ހިނގި އެކްސިޑެންޓްގެ އަދަދުތައް އިތުރުވެފައިވާ ކަން ފާހަކުރެވޭ ކަމަށާއި، އެގޮތުން މުޅި ދެ މަހުގައި 450 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ އެކްސިޑެންޓްތައް ހިނގި ކަމަށް ފާހަގަ ކުރެވެނީ ބުރިޖު އަދި ހައިވޭގައި ނުގަވާއިދުން ދުއްވުމުގެ ސަބަބުން ކަން ސަމީރު ފާހަގަ ކުރެއްވިއެވެ.

އެގޮތުން އެކްސިޑެންޓްތައް ހިނގަން މެދުވެރިވި ސަބަބުތައް ފާހަގަ ކުރައްވަމުން ސަމީރު ވިދާޅުވީ، ޚާއްސަކޮށް ބުރިޖު އަދި ހައިވޭގައި ގަވާއިދާ ޚިލާފަށް އޮވަޓޭކް ކުރުމާއި، ޒިގްޒެގްކޮށް އަދި ނުބައި ލޭނުގައި ދުއްވުމާއި، ބާރަށް ދުއްވުމުގެ ސަބަބުން އަނެކާއަށް ސިހުން ލިބުމެވެ.

އަދި މާލެ ސަރަހައްދުގައި، ވަކިން ޚާއްސަކޮށް ބޮޑެތި މަގުތަކުގައި ޔޫޓާން ނެގުމުގައި ހިނގާ ހާދިސާތައް ގިނަ ކަމަށް ފާހަގަ ކުރެވޭ ކަމަށާއި، ބައެއް ހާލަތްތަކުގައި ނުގަވާއިދުން ޕާކުކުރުމުގެ ސަބަބުން މަގު ސާފުކޮށް ނުފެނި އެކްސިޑެންޓްތައް ވެސް ހިނގާ ކަމަށް ސަމީރު ވިދާޅުވިއެވެ.

އަދި އެގޮތަށް ހަރަކާތްތެރިވާ ބައެއް އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ކަން ފާހަގަ ކުރައްވަމުން ސަމީރު ވިދާޅުވީ، މޮޑިފައިޑް ސައިލެންސަރުން އަޑު ބާރުކޮށް ދުއްވާ ސައިކަލް އަދި ހަތަރު ފޮރުޅުލީ ވެހިކަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ކަމަށެވެ. އެގޮތުން އޭގެ 54 އުޅަނދެއް މިދިޔަ ދެ މަހުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށް ސަމީރު ވިދާޅުވިއެވެ.

އެކްސިޑެންޓްތައް ހިނގާ މިންވަރު މަދުކުރުމަށްޓަކައި އާންމުން ގަވާއިދުން ދުއްވުމުގެ އިތުރުން، ފަރުވާތެރިކަމާ އެކު ދުއްވުމަށް ސަމީރު ވަނީ އެދިވަޑައިގަންނަވައިފައެވެ.

މިފަހަކުން އައިސް އެކްސިޑެންޓްތައް ހިނގާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، އެ ފަދަ ޙާދިސާތަކާ ގުޅިގެން ފަރުވާ ދެމުންދާ ނުވަތަ މަރުވާ މީހުންގެ އަދަދުތައް ވެސް ވަނީ އިތުރުވެފައެވެ. ވަކިން ޚާއްސަކޮށް ބުރިޖު، ހަލި މަގު އަދި ހުޅުމާލޭގައި އެފަދަ އެކްސިޑެންޓްތައް ހިނގާ މިންވަރު ގިނަކަމަށް ފާހަގަކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު