Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިކެއާ

އައިކެއާއިން ލޮލުގެ ފެނުމާ ގުޅޭ އާރްޑީ ސާޖަރީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދައި، ކާމިޔާބުކޮށްފި

6 މާރިޗު 2024 | ބުދަ 07:02

ސާޖަރީ ހެދި ޕޭޝަންޓަކީ އެއް ލޮލުގެ ފެނުން ގެއްލުމާ ގުޅިގެން ހޮސްޕިޓަލަކަށް ދެއްކި 75 އަހަރުގެ އަންހެނެއް

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު | 6 މާރިޗު 2024 | ބުދަ 07:02
ސާޖަރީ ހެދި ޓީމް

ސާޖަރީ ހެދި ޓީމް

އައިކެއާއިން ލޮލުގެ ފެނުމާ ގުޅޭ ރެޓިނަލް ޑިޓެޗްމެންޓް (އާރްޑީ) ސާޖަރީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދައި، ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އައިކެއާއިން އެ ސާޖަރީ ހެދީ މިދިޔަ މަހު 19 ވަނަ ދުވަހުގައެވެ.

އައިކެއާއިން އެ ސާޖަރީ ހެދީ ފެކޯއިމަލްސިފިކޭޝަން ކެޓަރެކްޓް ސާޖަރީއާ އެއްކޮށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި އެ ސާޖަރީ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އައިކެއާ ހޮސްޕިޓަލްގެ ވިޓްރިއޯ ރެޓިނަލް އެންޑް ފެކޯ ސާޖަން ޑރ. މުޙައްމަދު އައްޒާމެވެ.

މި ސާޖަރީއަކީ ލޮލުގެ އެތެރޭގައި ހުންނަ ޖެލް ފަދަ މާއްދާއެއް ކަމަށްވާ ޕެތޮލޮޖިކަލް ވިޓްރިއަސް ހިއުމާ މުޅިން ނަގައި، ސިލިކަން އޮއިލްއާއި ޒަމާނީ އެންޑޯ ލޭޒާ ޓެކްނޮލޮޖީގެ އެހީގައި ރެޓިނާ އާންމު ހާލަތަށް ގެނައުމަށް ކުރާ ސާޖަރީއެކެވެ.

އައިކެއާއިން ބުނީ އެ ސާޖަރީ ހެދީ އެއް ލޮލުގެ ފެނުން ގެއްލުމާ ގުޅިގެން ހޮސްޕިޓަލަކަށް ދެއްކި 75 އަހަރުގެ އަންހެން ޕޭޝަންޓަކަށް ކަމަށާއި އެ މީހާގެ ލޮލުގެ ހާލަތު ހުރި ގޮތުން ކުރިން ދެއްކި ހޮސްޕިޓަލުން ލަފާ ދިނީ ވީހާ ވެސް އަވަހަކަށް އައިކެއާ ހޮސްޕިޓަލުގެ ވިޓްރިއޯ-ރެޓިނަލް ލަފައެއް ހޯދުމަށް ކަމަށެވެ. އެގޮތުން ޕޭޝަންޓުގެ ހޭންޑް މޫވްމަންޓް ވިޝަންއާއި ކެޓެރެކްޓްއާއި ސަބްޓޯޓަލް ރީގަމަޓޯޖެނަސް ރެޓިނަލް ޑިޓޭޗްމެންޓް ހުރިކަން ފާހަގަކުރެވުނީ އައިކެއާ ހޮސްޕިޓަލަށް ދެއްކުމުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މީގެ އިތުރުން، އެ ހޮސްޕިޓަލުން ބުނީ ޑރ. އައްޒާމްގެ ތަޖުރިބާއާއި ބެއްލެވުމުގެ ދަށުން އައިކެއާގެ ސާޖަރީ ޓީމުން ފެކޯއިމަލްސިފިކޭޝަން އެންޑް ފޯލްޑަބަލް ލެންސް އިމްޕްލާންޓޭޝަންއާއި ޓްރާންސް-ޕާސް ޕްލާނާ ވިޓްރެކްޓޮމީ، ފްލުއިޑް އެއާ އެކްސްޗޭންޖް، އެންޑޯ-ލޭޒާ ޓްރީޓްމެންޓް އަދި ސިލިކަން އޮއިލް އިންޖެކްޝަން ހަދާފައިވާ ކަމަށެވެ.

އިތުރަށް އައިކެއާއިން ބުނީ ރެޓިނަލް ޑިޓެޗްމަންޓް ފަދަ ލޮލުގެ އެމާޖެންސީ ހާލަތްތަކަކީ ފަރުވާ ނުދީފިނަމަ ކުރު މުއްދަތެއްގެ ތެރޭގައި މީހެއްގެ ފެނުން އެއްކޮށް ނެތިކޮށްލާނެ ފަދަ ހާލަތްތަކެއް ކަމަށެވެ. އެހެންވެ، މި ސާޖަރީ ރައްކާތެރިކަމާ އެކު ރާއްޖޭގައި ހެދޭ ގޮތްވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ރެޓިނަލް ޑިޓެޗްމެންޓް މައްސަލަ އާންމުކޮށް ދިމާވަނީ އުމުރުން ދުވަސްވުމުން އަންނަ ބަދަލުތަކާ އެކު ލޮލުގެ ރެޓިނާއަށް ކުދި ގެއްލުންތައްވެ، ފަރުވާ ނުދެވި ހުރުމުންނެވެ. އޭގެ ސަބަބުން ލޮލުގެ ފެނުން ގެއްލުމަށް މަގުފަހިވެއެވެ.

މިއީ ރާއްޖޭގައި މި ސާޖަރީ ކުރެވުނު ފުރަތަމަ ފަހަރުކަމުން، މިއީ މުޅި ރާއްޖޭގައި ވެސް ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. އެގޮތުން މިއީ އެޑްވާންސްޑް ވިޓްރިއޯ-ރެޓިނަލް އަދި އެ ނޫން ވެސް ލޮލުގެ ސާޖަރީތައް ރާއްޖޭގައި ހެދުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް