Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދ.މީދޫ ޖަލްސާ

އެލްޖީއޭއިން ކައުންސިލުތަކަށް ހުރަސްއަޅާ ދަތިކުރަން ތާއީދެއްނުކުރަން: ރައީސް

6 މާރިޗު 2024 | ބުދަ 05:42

ރައްޔިތުންނަށް ފުރިހަމަ ބާރުވެރިކަން ލިބިގެންދާނީ ކައުންސިލްތަކަށް ފުރިހަމަ ބާރު ލިބިގެންކަމަށް ރައީސް ވިދާޅުވި

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު | 6 މާރިޗު 2024 | ބުދަ 05:42
ރައީސް ޑރ. މުޙައްމަދު މުއިއްޒު ދ.މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު ދ.މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލުތަކަށް ހުރަސްއަޅާ ދަތިކުރުމަށް ތާއީދު ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އަންގާރަ ދުވަހުގެރޭ ދ.މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވިގޮތުގައި އެމަނިކުފާނު ބޭނުންފުޅުވަނީ ކައުންސިލުތައް ބާރުވެރިކުރުވައިގެން ކައުންސިލްތައް މެދުވެރިކޮށް ކަންކަން ކުރުމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ފުރިހަމަ ބާރުވެރިކަން ލިބިގެންދާނީ ކައުންސިލްތަކަށް ފުރިހަމަ ބާރު ލިބިގެންކަމަށާއި ކައުންސިލްތަކަށް ފިޔަވަޅުއެޅުމާއި ހުރަސް ކުރިމަތި ކުރުވުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ކަމެއް އެލްޖީއޭއިން ކުރުމަކީވެސް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމެއްކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލް ކުރަން އެލްޖީއޭއިން އަންގާފަ އޮތް ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅޭގޮތުން އެލްޖީއޭގެ ސީއީއޯ ޑރ.މަރިޔަމް ޒުލްފާ ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް މުއިއްޒު ދެއްކެވީ ރަނގަޅު ވާހަކަފުޅެއްކަމަށާއި އެމަނިކުފާނު ދެއްކެވި ވާހަކަފުޅައް ތާއީދުކުރައްވާކަމުގައެވެ. މީގެ އިތުރުން އެލްޖީއޭއިން މަސައްކަތް ކުރާނީ އަބަދުވެސް ރައްޔިތުންގެ ޙައްގުގައި ކަމަށާއި ގާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ޑރ.ޒުލްފާ ވިދާޅުވިއެވެ. އަދި ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނަކީ ގާނޫނީ އިޖުރާތްތަކާއި ޚިލާފަށް ނެރެފައިވާ ބަޔާނަކަށް ވުމުން އެލްޖީއޭގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރެއްވީ ކަމުގައިވެސް ޑރ. ޒުލްފާ ވަނީ ވިދާޅުވެފައެވެ.

ކެނދިކުޅުދޫ ކައުންސިލުން ބަޔާނެއް ނެރެފައިވަނީ، މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައީސް މުއިއްޒު އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސް އޮފީހުން އެންގި އެންގުންތަކާ އެއްގޮތަށް އެންމެހާ އިންތިޒާމުތަކެއް ހަމަޖައްސައިދީފައި ވަނިކޮށް، އެ ދަތުރުފުޅުގައި ބޭއްވި ޖަލްސާގައި ރައީސް އަދި ސަރުކާރުގެ ވަޒީރުން، މަޖިލިސް އިންތިހާބަށް ވެރިކަން ކުރާ ޕީއެންސީން ކުރިމަތިލާފައިވާ ކެންޑިޑޭޓަކަށް ތާއިދު ހޯދުމަށް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެ ކައުންސިލުގެ ބަޔާނަށް ރައްދު ދީ، އެލްޖީއޭގެ ސީއީއޯ ޑރ. ޒުލްފާ ސޮއިކުރައްވާ ކެނދިކުޅުދޫ ކައުންސިލަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ އޮފީސްތަކުން ހިންގާ ހަރަކާތްތަކާއި ދެކޮޅަށް އަދި ޚާއްސަކޮށް، ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި އަދި ނިންމަވާ ނިންމެނުންތަކާ ދެކޮޅަށް ކައުންސިލުތަކުން ނޫސްބަޔާން ނެރުމަކީ ކައުންސިލުތަކަށް ލިބިދީފައިވާ ގާނޫނީ ބާރެއް ނޫން ކަމަށެވެ. މީގެ އިތުރުން، ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން އަމާޒުވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ވެސް ޑރ. ޒުލްފާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން އެ ބަޔާން ރައްދުވާ ފަރާތުން އެލްޖީއޭއިން މައުލޫމާތު ސާފުކޮށްފައިވާނެކަމަށާއި އެއީ ކައުންސިލުން ބުނެފައިވާ ގޮތަށް ހިނގާފައިވާ ކަމެއް ނޫންކަން ރައީސްގެ ފަރާތްފުޅުން ޔަޤީންކަން ދެއްވާފައިވާކަމަށް ޑރ. ޒުލްފާ ވިދާޅުވިއެވެ.

ގާނޫނީ ސަބަބެއް ނެތުމުން ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން އެލްޖީއޭއިން އިން އެންގި އެންގުމަށް އަމަލުކުރެވެން ނެތް ކަމަށް ކެނދިކުޅުދޫ ކައުންސިލުން ވަނީ ހޯމަ ދުވަހު ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 އޯގަސްޓު 2018

ކެމްޕޭނަށް ހުރަސްއަޅާތީ އެޗްޑީސީ އާއި ފުލުސް އޮފީހަށް ސިޓީ ފޮނުވައިފި

22 އޯގަސްޓު 2018
ކެމްޕޭނަށް ހުރަސްއަޅާތީ އެޗްޑީސީ އާއި ފުލުސް އޮފީހަށް ސިޓީ ފޮނުވައިފި
10 ޖޫން 2018

ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅާނެ، އެކަމަކު އެކަން ހުރަހަކަށް ނުވާނެ: ހަސަން ލަތީފް

10 ޖޫން 2018
ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅާނެ، އެކަމަކު އެކަން ހުރަހަކަށް ނުވާނެ: ހަސަން ލަތީފް
12 މާރިޗު 2018

ޝަހީމްގެ ބޭސްފަރުވާއަށް ހުރަސްއަޅާ ވަކިވަކި ފުލުހުންނާއިމެދު ފިޔަވަޅު އެޅޭނެ: އެމްޑީޕީ

12 މާރިޗު 2018
ޝަހީމްގެ ބޭސްފަރުވާއަށް ހުރަސްއަޅާ ވަކިވަކި ފުލުހުންނާއިމެދު ފިޔަވަޅު އެޅޭނެ: އެމްޑީޕީ
23 ޑިސެމްބަރު 2017

ރިނބުދޫ ކައުންސިލްގެ އިއުލާން އެލްޖީއޭއިން ބާތިލްކޮށްފި

23 ޑިސެމްބަރު 2017
ރިނބުދޫ ކައުންސިލްގެ އިއުލާން އެލްޖީއޭއިން ބާތިލްކޮށްފި
22 ޑިސެމްބަރު 2017

އެލްޖީއޭ އިން މަސައްކަތް ކުރަނީ ކައުންސިލުތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން: ރޮޒެއިނާ

22 ޑިސެމްބަރު 2017
އެލްޖީއޭ އިން މަސައްކަތް ކުރަނީ ކައުންސިލުތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން: ރޮޒެއިނާ
19 އޮކްޓޯބަރު 2017

ތަހުޤީޤްތަކަށް ހުރަސްއަޅާކަމަށް ބުނެ އެޗްއާރުސީއެމްގެ ފާޑުކިޔުން މީޑިއާތަކަށް

19 އޮކްޓޯބަރު 2017
ތަހުޤީޤްތަކަށް ހުރަސްއަޅާކަމަށް ބުނެ އެޗްއާރުސީއެމްގެ ފާޑުކިޔުން މީޑިއާތަކަށް
12 އޮކްޓޯބަރު 2017

ޤާނޫނުއަސާސީން ލިބިދޭ ހައްޤުތަކަށް ބްރޯޑްކޮމްއިން ހުރަސްއަޅާ މައްސަލަ ބަލައިދޭން ރާއްޖެ ޓީވީން އެދިއްޖެ

12 އޮކްޓޯބަރު 2017
ޤާނޫނުއަސާސީން ލިބިދޭ ހައްޤުތަކަށް ބްރޯޑްކޮމްއިން ހުރަސްއަޅާ މައްސަލަ ބަލައިދޭން ރާއްޖެ ޓީވީން އެދިއްޖެ
21 އޯގަސްޓު 2017

ފަނޑިޔާރުންގެ މަސައްކަތަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

21 އޯގަސްޓު 2017
ފަނޑިޔާރުންގެ މަސައްކަތަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި
24 ޖުލައި 2017

މަޖިލީހަށް ވަންނަން ހުރަސްއަޅާނަމަ އެހުރަސްއެޅެނީ ޤާނޫނާ ޚިލާފަށް:މަހްލޫފް

24 ޖުލައި 2017
މަޖިލީހަށް ވަންނަން ހުރަސްއަޅާނަމަ އެހުރަސްއެޅެނީ ޤާނޫނާ ޚިލާފަށް:މަހްލޫފް
20 ޖުލައި 2017

ކާނަލް ނާޒިމަށް އިންސާފް ލިބުމަށް ހުރަސްއަޅާ ފަރާތްތަކަށް ދައުވާކުރާނަން: ސުއޫދު

20 ޖުލައި 2017
ކާނަލް ނާޒިމަށް އިންސާފް ލިބުމަށް ހުރަސްއަޅާ ފަރާތްތަކަށް ދައުވާކުރާނަން: ސުއޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް