Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް

އިސްރާއީލުން ޣައްޒާގައި 364 ޞިއްޙީ ޚިދުމަތްތެރިން ޝަހީދުކޮށްލައިފި

5 މާރިޗު 2024 | އަންގާރަ 14:39

އިސްރާއީލު ސިފައިން ވަނީ 155 ޞިއްޙީ މަރުކަޒު ހަލާކުކޮށް، 32 ހޮސްޕިޓަލަކާއި 53 ޞިއްޙީ މަރުކަޒެއްގެ ޚިދުމަތް ކަނޑައިލާފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 5 މާރިޗު 2024 | އަންގާރަ 14:39
އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާއަށްފަހު އެމްބިއުލާންސްގެ ބައިތައް މެޑިކަލް ސިފައިން ބަލަނީ

އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާއަށްފަހު އެމްބިއުލާންސްގެ ބައިތައް މެޑިކަލް ސިފައިން ބަލަނީ

އިސްރާއީލުން ޣައްޒާގައި 364 ޞިއްޙީ ޚިދުމަތްތެރިން ޝަހީދުކޮށްލައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޣައްޒާގައި ހުންނަ ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލްޤުދްރާ ވިދާޅުވީ، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން މިހާތަނަށް 364 ޞިއްޙީ އޮފިޝަލުން ޝަހީދުކޮށްލާފައި ވާކަމަށެވެ. ޚާން ޔޫނިސްއާއި ޣައްޒާގެ އުތުރުގެ ހޮސްޕިޓަލްތަކުގެ ޑައިރެކްޓަރުން ހިމެނޭ ގޮތުން، އިތުރު 269 މީހަކު ހައްޔަރުކޮށްފައި ވާކަމަށް ވެސް ފަލަސްޠީނުގެ އޮފިޝަލުންނާ ހަވާލާދީ ޤުދުސް ޕްރެސްއިން ބުނެއެވެ.

އަލްޤުދްރާ އިތުރަށް ވިދާޅުވީ އިސްރާއީލު ސިފައިން 155 ޞިއްޙީ މަރުކަޒު ހަލާކުކޮށް، 32 ހޮސްޕިޓަލަކާއި 53 ޞިއްޙީ މަރުކަޒެއްގެ ޚިދުމަތް މުޅިން ކަނޑައިލާފައި ވާކަމަށެވެ. އަދި ހިފާފައިވާ ހުޅަނގު އައްސޭރިން 126 އެމްބިއުލާންސަށް ހަމަލަދީ އެ އެމްބިއުލާންސްތައް ވެސް ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްފައި ވާއިރު، ޚާން ޔޫނިސްއާއި ޣައްޒާގެ އުތުރުގެ ހޮސްޕިޓަލްތަކުގެ އިންފްރާސްޓްރަކްޗަރ ވެސް މުޅިންހެން ވަނީ ހަލާކުކޮށްލައިފައެވެ.

އަދި ޣައްޒާގެ ޞިއްޙީ ޙާލަތު ވަރަށް ބޮޑަށް ގޯސްވަމުން ދާކަމަށާއި، ޒަރޫރީ ޞިއްޙީ އެހީތެރިކަން ނުލިބުމުގެ ސަބަބުން ޣައްޒާގެ ޞިއްޙީ ހާލަތު ކުރިއަށް އޮތްތަނުގައި މިހާރަށްވުރެވެސް އިތުރަށް ގޯސްވަމުންދާކަން ތަރުޖަމާނު އަޝްރަފް އަލްޤުދްރާ ފާހަގަކުރެއްވިއެވެ.

އިސްރާއީލުގެ ހަމަލަތަކުގެ ސަބަބުން އިންސާނީ އަދި ޞިއްޙީ ކާރިސާއެއް އުފެދި، ބަލިމަޑުކަމާއި ކުރިމަތިވެފައިވާއިރު، ޣައްޒާގައިވަނީ ގައިންގަޔަށް އަރާ ބަލިތައް ފެތުރެން ފަށާފައި ކަމަށްވެސް އަލްޤުދްރާ ވިދާޅުވިއެވެ. އެގޮތުން ގައިންގަޔަށް އަރާ ބަލިތަކުގެ ގާތްގަނޑަކަށް އެއް މިލިއަން ކޭސް، ހެލްތު މިނިސްޓްރީން ރެކޯޑްކޮށްފައި ވާކަމަށާއި، އެކަމަށް ބޭނުންވާ އެއްވެސް ފަރުވާ އެއްވެސް ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ޣައްޒާގެ އުތުރުގެ ރައްޔިތުން ބޯފެނާއި ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން އުފެދިފައިވާ ކާރިސާއާ ކުރިމަތިލާން ޖެހިފައިވާކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި، މިކަމުގެ ސަބަބުން އެތައް ސަތޭކަ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

އަލްޤުދްރާ ވަނީ ފަލަސްޠީނުގެ އޮފިޝަލުންނާއި، އާންމުންނާއި މުއައްސަސާތަކާއި ޞިއްޙީ ޓީމުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތައް ހަރުދަނާކުރުމަށާއި، އިންސާނީ ކާރިސާ އިތުރަށް ގޯސްވިޔަނުދިނުމަށް އިސްރާއީލަށް ފިޔަވަޅު އަޅައިދިނުމަށް އދ.ށް ގޮވާލައްވައިފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ޙަމާސް ޖަމާޢަތުން ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އަރައިގަތުމާ ގުޅިގެން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި ހަމަލަތަކެއް ދޭން ފަށައިފައެވެ.

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގެ ވަގުތީ ހުކުމާ ޚިލާފަށް އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ކުރިއަށް ގެންގޮސްފައިވާއިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ފަލަސްޠީނުގެ 30،631 މީހުން ޝަހީދުކޮށްލައިފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި، 72،043 މީހުން ޒަޚަމްވެފައި ވާކަމަށް ފަލަސްޠީނުގެ ޞިއްޙަތާބެހޭ އިދާރާތަކުން ބުނެއެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ އާބާދީ (ޚާއްސަކޮށް ޣައްޒާގެ އުތުރުގެ ރައްޔިތުން) ބަނޑަށްޖައްސައި، ޣައްޒާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

އިސްރާއީލުގެ ހަމަލަތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންނަށް ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުންނުކުރެވޭވަރު ވެފައި ކަމަށް އދ.ން ބުނެއެވެ.

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާ ހިންގުމުގެ ދަޢުވާ އުފުލައިފައެވެ. މިދިޔަ ޖެނުއަރީ މަހު އެ ކޯޓުން ނެރުނު ވަގުތީ ޙުކުމެއްގައި ވަނީ، ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ ޢަމަލުތައް ހުއްޓާލައި، ފިޔަވަޅުތައް އެޅުމަށް ތެލްއަވީވަށް އަންގައިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

31 މާރިޗު 2018

ފަލަސްތީނުގެ 773 މީހުންގެ ގަޔަށް އިސްރާއީލުން ބަޑި ޖަހައިފި!

31 މާރިޗު 2018
ފަލަސްތީނުގެ 773 މީހުންގެ ގަޔަށް އިސްރާއީލުން ބަޑި ޖަހައިފި!
10 ޖެނުއަރީ 2018

އިސްރާއީލުން ސޫރިޔާއަށް ވައިގެ މަގުން ޙަމަލާދީފި

10 ޖެނުއަރީ 2018
އިސްރާއީލުން ސޫރިޔާއަށް ވައިގެ މަގުން ޙަމަލާދީފި
30 ޑިސެމްބަރު 2017

އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި

30 ޑިސެމްބަރު 2017
އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި
25 ޑިސެމްބަރު 2017

އިރުމަތީ ޤުދުސްގައި އިސްރާއީލުން އަނެއްކާ ވެސް 3 ލައްކަ ގެ އަޅަނީ

25 ޑިސެމްބަރު 2017
އިރުމަތީ ޤުދުސްގައި އިސްރާއީލުން އަނެއްކާ ވެސް 3 ލައްކަ ގެ އަޅަނީ
31 އޮކްޓޯބަރު 2017

އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

31 އޮކްޓޯބަރު 2017
އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި
30 ސެޕްޓެމްބަރު 2017

އެމެރިކާގެ ޞިއްޙީ ވަޒީރު އިސްތިއުފާ ދެއްވައިފި

30 ސެޕްޓެމްބަރު 2017
އެމެރިކާގެ ޞިއްޙީ ވަޒީރު އިސްތިއުފާ ދެއްވައިފި
07 އޯގަސްޓު 2017

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް