Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
"ފުރޭތަ" ފިލްމު

"ފުރޭތަ" އޮލިމްޕަހަށް އަރައިފި: ބިރުވެރި ނޫނަސް، ހިތް ތެޅުނު އަދި ރީތި ފިލްމެއް، ދައްކަނީ މުޖްތަމައުގެ ހަގީގަތް!

މި ފިލްމުން ދައްކަނީ، އެކަނިވެރި ބަފަޔަކު އޭނާގެ ދަރިފުޅަށް އިންސާފު ހޯދުމަށް ކުރާ ހިތްވަރުގަދަ ހަނގުރާމަ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 5 މާރިޗު 2024 | އަންގާރަ 00:49
ޑާރކް ރެއިން އެންޓަޓައިންމެންޓްގެ ފުރޭތަ ފިލްމް

ޑާރކް ރެއިން އެންޓަޓައިންމެންޓްގެ ފުރޭތަ ފިލްމް

"ފުރޭތަ" މި ބަސް އިވުމުން ނުވަތަ ފެނުމުން އަބަދުވެސް ސިފަ ކުރެވެނީ ބިރުވެރި ބަހެއްގެ ގޮތުގައެވެ. ހަމަ އެބީދާއީން، "ފުރޭތަ" ނަމަކަށް ކިޔާ ފިލްމެއް ނެރޭ ވާހަކަ އަޑު އިވުމުން ވެސް އެންމެ ފުރަތަމަ ހިތަށް އަރާނީ، އެއީ ބިރުވެރި ފިލްމެއްގެ ގޮތުގައެވެ. އާންމުކޮށް ބިރުވެރި ފިލްމުތަކުން ފެންނަ ފަދައިން، ފުރޭތަ އަރާ މަންޒަރު ފެންނަ ފިލްމަކަށް އެ ފިލްމު ވާނެ ކަމަށް އުންމީދުކުރެވެއެވެ.

އެހެން ނަމަވެސް، މި ފަހަރު "ފުރޭތަ" މި އެރީ ފިލްމަކުންނެއް ނޫނެވެ. އެހެނަސް، "ފުރޭތަ" އެރީ އޮލިމްޕަހަށެވެ. އަރައި ހަމަ ރަނގަޅަށް ވެސް ބައެއް މީހުން ރޮއްވާލައިފިއެވެ. ބައެއް މީހުންގެ ނޭވާ ހާސްކޮށްލައިފިއެވެ. ބައެއް މީހުންގެ ހިތް އަތުލައިފި ވެސް މެއެވެ. ޔަގީނުން ވެސް ހޯމަ ދުވަހު އޮލިމްޕަހަށް އެރި"ފުރޭތަ"، އެންމެންނަށް ވެސް ރީތި ވެއްޖެއެވެ.

"ޑާރކް ރެއިން އެންޓަޓައިންމެންޓް"ގެ "އެކްޝަން، ތްރިލާ އަދި ރިވެންޖް" ޖޯންރާއަށް ޚާއްސަ މި ފިލްމަކީ ބިރުވެރި ފިލްމެއް ނޫނެވެ. ބިރުވެރި ވާހަކަތަކެއް ހިމެނޭ ފިލްމެއް ވެސް ނޫނެވެ. އެހެން ނަމަވެސް، 18 އަހަރުން މަތީގެ ބޭފުޅުންނަށް ޚާއްސަ މި ފިލްމުން ބިރުވެރިވަނީ، އެ ފިލްމުގެ ބަތަލާގެ ދިރިއުޅުމެވެ. މުޅި ފިލްމު ބިނާވަނީ އޭނާގެ ދިރިއުޅުމުގައި ދިމާވާ ދެރަ، އެހެން ނަމަވެސް މިއަދުގެ މުޖްތަމައުގައި ދިމާވާ ހަގީގީ ހާދިސާތަކެއްގެ މައްޗަށެވެ. ފިލްމުން ދައްކުވައިދެނީ އޭނާގެ އާދައިގެ، އެހެން ނަމަވެސް އުފާވެރި ހަޔާތަށް ހިޔަނި އެޅުނު ދުވަސްތަކެއްގެ ވާހަކައެވެ.

"ފުރޭތަ" މި ފިލްމަކީ މިއަދުގެ މުޖްތަމައުގައި ހިނގާ ނޭދެވޭ އެތައް ކަމެއް ދައްކުވައިދޭ ފިލްމެކެވެ. އެ ފިލްމުގެ ޒަރިއްޔާއިން އެތަކެއް ބައެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ. ވަކިން ޚާއްސަކޮށް، ދިރިއުޅުމުގައި ދިމާވާ ވަރަށް ހިތްދަތި ކަމެއްގައި އިންސާފު ހޯދުމަށް ބަތަލާ ކުރާ ހިތްވަރު މި ފިލްމުން ދައްކުވައިދެއެވެ.

ފިލްމު ފެށެނީ އުފާވެރި ހަޔާތެއްގައި ދަރިފުޅަކު ބަލައި ބޮޑުކުރާ އެކަނިވެރި ބައްޕައެއްގެ ހަޔާތުންނެވެ. ދަރިފުޅަށްޓަކައި ބައްޕަ ކޮށްދޭ އެކި މަސައްކަތްތަކާއި ގުރްބާނީތައް އެ ފިލްމުން ދައްކުވައިދެއެވެ. އެހެން ނަމަވެސް، އެ އުފާވެރި ހަޔާތަށް ނިމުން ގެނުވީ، ކުލުނެއް، ރަހުމެއް ނެތް ބަޔެއްގެ ވަކިތަކެއްގައި އެ ދެ މީހުން ބެނދޭ ހިސާބުންނެވެ. އެ ވަކިތަކުގެ ހިތާމަ އެންމެ ބޮޑަށް ކުރަނީ ފިލްމުގެ ބައްޕަގެ ރޯލު ކުޅޭ ހުނަރުވެރި އެކްޓަރު، ޝަރަފުއްދީން އަބްދުﷲ (ޝަރަފް)އެވެ. ހިތްވަރަށް ބަދަލެއް ނުގެނެސް، ދަރިފުޅަށްޓަކައި ވާ ގުރްބާނީވީ، ގިނަ ބަޔަކަށް އެ ފިލްމު އެންމެ ކަމުދިޔަ އެއް ކަމަށެވެ. ހަޔާތަށް ގެނުވި މޮޅިވެރިކަމުން ހިތްވަރު ލިބިގަނެ، ޝަރަފް، އޭނާގެ ދަރިފުޅަށްޓަކައި ފެށީ ބޮޑު ހަނގުރާމައެކެވެ. އެ ހަނގުރާމައިގައި، ޝަރަފް އާ ދެކޮޅަށް ނުކުންނަނީ އެ ފިލްމުގައި އެންމެ މުހިންމު އެއް ރޯލު އަދާކުރާ މަޝްހޫރު އެކްޓަރު ރަވީ ފާރޫގް (ރަވީ)އެވެ.

ގާތްގަޑަކަށް ދެ ގަޑިއިރުގެ ދިގު އެ ފިލްމު، ފެށިގެން ނިމުނު އިރު ހީވީ 20 މިނެޓުގެ ފިލްމެއް ބަލާ ނިންމާލިހެންނެވެ. އެހާ ވެސް އެކްޓަރުންގެ އެކްޓިން ރީއްޗެވެ. ފިލްމުގެ ވާހަކަ ޝައުގުވެރިވެފައި، ފިލްމު ބައްޓަންކުރި ގޮތް އެހާމެ ރީއްޗެވެ. ފިލްމުގެ ކުންނާ ހިސާބުން، މުޅިން އައު ދިރިއުޅުމަށް ޝަރަފު ހޭލާ ހިސާބުން އެއީ ނޭވާ ހިފަހައްޓާލައިގެން ތިބެންޖެހޭ ހިސާބެވެ. އެކްޝަން ފިލްމަކަށް ވުމާއެކު، ފިލްމުގައި ތެޅުމުގެ ގިނަ ސީންތަކެއް ދިޔަ ނަމަވެސް، އޭގެ ކޮންމެ ސީންއެއް ވެސް ހުރީ ބަލަން ފަސޭހަ ގޮތަކަށެވެ. ހިތްދަތި މަންޒަަރުތަކުން މީހުން ރޮއްވާލާ ފަދަ ވެސް މެއެވެ.

މުޅި ފިލްމުގެ ވާހަކައިން ދޭހަވީ، ކިތަންމެ އަޚްލާގު ރަނގަޅު މީހަކު ނަމަވެސް، އެ މީހާގެ ހަޔާތުގައި ދިމާވާ ބައެއް ކަންކަމުގެ ސަބަބުން އެމީހާގެ "ފުރޭތަ" ނެރެންޖެހޭ ފަހަރުތައް އަންނަ ކަމެވެ. ބައެއް މީހުންނަށް އެ "ފުރޭތަ" ވަކި ޙާލަތްތަތަކަށް ފަހު ބަދަލުވި ނަމަވެސް، ބައެއް މީހުންނަށް "ފުރޭތަ" އަކީ މުޅި ދިރިއުޅުން ކަން އެ ފިލްމުން ދައްކުވައިދެއެވެ.

މި ފިލްމަކީ އެފަދަ ޖޯންރާއަކުން، ރާއްޖޭގައި ނެރުނު މިފަދަ އެންމެ ފުރިހަމަ ފިލްމޭ ވެސް ދެންނެވިދާނެއެވެ. ހޯމަ ދުވަހުން ފެށިގެން އެ ފިލްމު އޮލިމްޕަސް ސިނަމާގައި އަޅުވަމުންދާއިރު، އެ ފިލްމުގެ ޓިކެޓުތައް އުޅެނީ 150 ރުފިޔާގައެވެ. އެ ޓިކެޓުތައް ޑާކް ރެއިންގެ ސޯޝަލް މީޑިޔާގެ ކޮންމެ އެކައުންޓަކުން އަދި ވައިބާ ނަންބަރު 9911229 އިން ލިބޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

2018: ނޫސްވެރިންނަށް ބިރުވެރި އަހަރެއް، ނިމުން އައީ ފޮނިކޮށް!

2018: ނޫސްވެރިންނަށް ބިރުވެރި އަހަރެއް، ނިމުން އައީ ފޮނިކޮށް!

01 ޖެނުއަރީ 2019
ހުޅުމާލޭގައި އެކްސިޑެންޓްތައް ގިނަވެ، ބިރުވެރިކަމުގެ ތެރެއަށް!

ހުޅުމާލޭގައި އެކްސިޑެންޓްތައް ގިނަވެ، ބިރުވެރިކަމުގެ ތެރެއަށް!

27 ޑިސެމްބަރު 2018
ޕާކުތަކާއި ރީތި އިމާރަތްތަކުން ޒީނަތްތެރިވެފައިވާ ބިރުވެރި މާލެ

ޕާކުތަކާއި ރީތި އިމާރަތްތަކުން ޒީނަތްތެރިވެފައިވާ ބިރުވެރި މާލެ

17 ޑިސެމްބަރު 2018
ރައީސް ޔާމީން އަށް ފެނުނު ބިރުވެރި ހުވަފެން

ރައީސް ޔާމީން އަށް ފެނުނު ބިރުވެރި ހުވަފެން

17 އޮކްޓޯބަރު 2018
މާލޭގެ މަގުތަކުގައި ބިރުވެރިކަން ބޮޑުވެފައި!

މާލޭގެ މަގުތަކުގައި ބިރުވެރިކަން ބޮޑުވެފައި!

04 ސެޕްޓެމްބަރު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު