Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުޖަރާސީމް އަށަގަތުން

ބަދިގޭގައި ބޭނުން ކުރާ ސްޕޮންޖުގަނޑު ބަދަލު ކުރަނީ ކިހާ އަވަހަކަށް؟

ބަދިގެ ސާފު ކުރަން ބޭނުން ކުރާ ސްޕޮންޖަކީ ޖަރާސީމް އަށަގަންނަ ހާއްޔެއް ކަމަށް ސައިންސްވެރިން ބުނޭ

ރާއްޖެ އެމްވީ | 3 އޯގަސްޓު 2017 | ބުރާސްފަތި 07:19
ބަދިގެ ދޮވެ ސާފު ކުރުމަށް ބޭނުން ކުރާ ސްޕޮންޖަކީ ޖަރާސީމް އަށަގަންނަ ހާއްޔެއް ކަމަށް ސައިންސްވެރިން ބުނޭ

ބަދިގެ ދޮވެ ސާފު ކުރުމަށް ބޭނުން ކުރާ ސްޕޮންޖަކީ ޖަރާސީމް އަށަގަންނަ ހާއްޔެއް ކަމަށް ސައިންސްވެރިން ބުނޭ

ބަދިގެ އާއި މޫނު ދޮންނަ ތަށި އަދި މޭޒުމަތި ފަދަ ތަންތަން ފެންލާ ފުހެ ސާފު ކުރުމަށް ކުރުމަށް ގެންގުޅޭ ސްޕޮންޖްގަނޑު ބަދަލު ކުރަންޖެހެނީ ކިހާ އަވަސް އަވަހަކަށް ހެއްޔެވެ؟ އެއީ ހަފްތާއަކު ނުވަތަ މަހަކު އެއް ފަހަރަކު ހެއްޔެވެ؟ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެއް ނަމަވެސް ކަނޑައެޅިގެން އެއީ ކިތައް ދުވަހުން އެއް ދުވަހު ކުރަންޖެހޭ ކަމެއް ކަމެއް ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ.

ފުހެ ސާފު ކުރަން ގެންގުޅޭ ސްޕޮންޖުގައި ޖަރާސީމު އަށަގަންނަ ގޮތާ ބެހޭ ދިރާސާތައް މީގެ ކުރިންވެސް ކުރެވިފައި އެބަހުއްޓެވެ. ނަމަވެސް ކުރިން ކުރެވިފައިވާ ދިރާސާތަކުން ސްޕޮންޖު ބަދަލު ކުރަން ޖެހެނީ ކިހާ އަވަސް އަވަހަކަށްކަން ނޭނގުނު ކަމުގައި ވިޔަސް މި ސުވާލުގެ ޖަވާބު ދެނެގަތުމަށް ޖަރުމަނުގެ ސައިންސްވެރިންގެ ޓީމަކުން ވަނީ ދިރާސާ ކޮށް އެ ދިރާސާގެ ނަތީޖާތައް "ސައިންޓިފިކް ރިޕޯޓްސް" މަޖައްލާގައި ޝާއިއު ކޮށްފައެވެ.

މި ދިރާސާގައި ސައިންސްވެރިން ވަނީ ގޭގޭގެ ބަދިގޭގައި ފުހެ ސަފާކުރުމަށް ބޭނުން ކޮށްފައި ހުރި ސްޕޮންޖުގެ ސާމްޕަލްތައް ބޭނުން ކޮށްގެން އޭގައި ޖަރާސީމު އަށަގަނެފައި ހުރި ގޮތް ބަލާ ދިރާސާ ކޮށްފައެވެ. ދިރާސާގައި ބޭނުން ކުރި 14 ސްޕޮންޖު ގަނޑުން އެއްކުރި މައުލޫމާތުގެ ނަތީޖާ އަށް ބަލާއިރު އާދަޔާ ޚިލާފް މަތީ މިންވަރަކަށް ބަދިގޭގައި ބޭނުން ކުރާ ސްޕޮންޖުގައި ޖަރާސީމު އެކުލެވިފައި ހުންނަކަން ވަނީ ސާބިތު ކޮށްދީފައެވެ. ސައިންސްވެރިން ބުނީ ސްޕޮންޖުގައި ބެކްޓީރިއާ އަށަގަނެފައި ހުރި ވަރުން، އެއިން ސްޕޮންޖުގަނޑެއް ދޮވެ ތާހިރު ކުރަން މަސައްކަތް ކުރުމަކީ ވެސް ބޭކާރު ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މިދިސާގެ ނަތީޖާއަށް ބަލާއިރު ސައިންސްވެރިން ބުނަނީ ހަފްތާއަކު އެއް ފަހަރު ސްޕޮންޖުގަނޑު ބަދަލު ކުރަންޖެހޭނެ ކަމަށެވެ.

ސާފުކުރަން ގެންގުޅޭ ސްޕޮންޖުގައި ޖަރާސީމް އަށަގަތުމާ ގުޅޭ ގޮތުން މީގެ ކުރީގެ ހޯދުންތަކަށް ބަލާއިރު، ގޭތެރޭގައި ދެވަނަ އަށް އެންމެ ގިނައިން ކޮލިފޯމް ބެކްޓީރިއާ އަށަގަންފައި ހުންނަނީ ބަދިގޭގައި ބޭނުންކުރާ ސްޕޮންޖުގައި ކަން ވަނީ ދެނެގަނެވިފައެވެ. ކޮލިފޯމް އަކީ އިންސާނުންނާއި ޖަނާވާރުގެ ނަޖިހުގައި ހުންނަ ބެކްރީއާގެ ބާވަތްތަކަކަށް ޖުމްލަކޮށް ކިޔާ ނަމެކެވެ. މީގެ އިތުރުން ފުހެން ގެންގުޅޭ ސްޕޮންޖުގައި ބަލިޖައްސާ ބާވަތުގެ ބެކްޓީރިއާ ކަމުގައިވާ، އީ-ކޯލައި އަދި ސަލްމޮނެއްލާ ފަދަ ބެކްޓީރިއާ އަށަގަނެފައި ހުރެއެވެ. ދިރާސާތަކުން އެނގޭ ގޮތުގައި ފާޚާނާ އަށް ވުރެ ގިނައިން ޖަރާސީމު އަށަގަންނަނީ ބަދިގޭގައެވެ. އަދި ބަދިގޭގައި މައިކްރޯބްސްގެ ހާއްޔަކަށް ވެފައި އޮންނަނީ ފުހެން ގެންގުޅޭ ސްޕޮންޖުގަނޑެވެ.

"ސައިންޓިފިކް ރިޕޯޓްސް" މަޖައްލާގައި އެންމެ ފަހުން މި ޝާއިއު ކުރި ދިރާސާގައިވެސް ވިސްނާލަން ޖެހޭ ކަމެއް އެބަ އޮތެވެ. ސްޕޮންޖުގަނޑު ދޮވެ ސާފު ކުރިއަސް އޭގައި އެކުލެވޭ ޖަރާސީމުގެ މިންވަރު ނު ދޮވެ ގެންގުޅޭ ސްޕޮންޖުގަނގައި ޖަރާސީމު ހުންނަ ވަރަށް ވުރެ މާ ބޮޑުތަން މަދެއް ނުވެއެވެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ހަމަ ހަފްތާއަކު އެއް ފަހަރު ސްޕޮންޖުގަނޑު ބަދަލު ކުރުމެވެ.

އިތުރަށް ކިޔާލަން

06 މެއި 2019

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

06 މެއި 2019
ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
01 އޯގަސްޓު 2018

ހަކުރު ބަލި ހުންނަ މީހުން ވޯލްނަޓް ބޭނުންކުރަން ޖެހެނީ ކީއްވެ؟

01 އޯގަސްޓު 2018
ހަކުރު ބަލި ހުންނަ މީހުން ވޯލްނަޓް ބޭނުންކުރަން ޖެހެނީ ކީއްވެ؟
20 ޖުލައި 2018

ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭ ދުވަސްވަރު އިނގެން ބޭނުންތަ؟

20 ޖުލައި 2018
ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭ ދުވަސްވަރު އިނގެން ބޭނުންތަ؟
06 ޖޫން 2018

ރޯދަ އަށް ހުރެގެން ވެސް ބޭސް ބޭނުން ކުރެވިދާނެތަ؟

06 ޖޫން 2018
ރޯދަ އަށް ހުރެގެން ވެސް ބޭސް ބޭނުން ކުރެވިދާނެތަ؟
29 މެއި 2018

ޓޯމާޓޯ ބޭނުންކުރަންވީ ސަބަބު މިއޮތީ

29 މެއި 2018
ޓޯމާޓޯ ބޭނުންކުރަންވީ ސަބަބު މިއޮތީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު