Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

މިވަގުތު ޕްރިމިއަރ ލީގުގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ފޮޑެން- ގާޑިއޯލާ

4 މާރިޗު 2024 | ހޯމަ 03:49

ޔުނައިޓެޑް އަތުން މޮޅުވި މެޗުގައި ފޮޑެން ދެ ލަނޑު ޖެހި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 4 މާރިޗު 2024 | ހޯމަ 03:49
ސިޓީގެ ދެވަނަ ލަނޑު ޖެހުމަށްފަހު ފިލް ފޮޑެން

ސިޓީގެ ދެވަނަ ލަނޑު ޖެހުމަށްފަހު ފިލް ފޮޑެން

މިވަގުތު ޕްރިމިއަރ ލީގުގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ފޮޑެން މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާގެ ތައުރީފް އިނގިރޭސި ޒުވާން މިޑްފީލްޑަރ ފިލް ފޮޑެންއަށް އޮއްސާލީ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް އަތުން މޮޅުވި މެޗަށްފަހު އެވެ. މެޗުން ސިޓީ މޮޅުވީ ދެވަނަ ހާފްގައި ފޮޑެން ޖެހި ދެ ލަނޑުން ނެވެ. މެޗު ސިޓީން ކާމިޔާބުކުރީ ޔުނައިޓެޑުން ފުރަތަމަ ލަނޑު ޖަހާފައި ވަނިކޮށް, ފަހަތުން އަރާ ތިން ލަނޑު ޖަހައިގެންނެވެ. މެޗުގެ 8 ވަނަ މިނިޓްގައި ޔުނައިޓެޑުން ލީޑް ނެގީ މާކަސް ރަޝްފޯޑް ޖެހި ލަނޑުންނެވެ. ސިޓީއަށް ދެވަނަ ހާފްގެ ކުރީކޮޅު ނަތީޖާ ހަމަހަމަ ކޮށްދިނީ ފޮޑެން އެވެ. އަދި 80 ވަނަ މިނިޓްގައި ލީޑް ނަގައިދިނީވެސް ފޮޑެން އެވެ. ތިންވަނަ ލަނޑު އިތުރު ވަގުތުގައި ޖެހީ ހާލަންޑެވެ.

ގާޑިއޯލާ ބުނީ ފޮޑެން އަކީ އަބަދުވެސް ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި, އެކަމަކު މިހާރު ފޮޑެން ހުރިހާ ގޮތަކުންވެސް ފައްކާ ވެއްޖެ ކަމަށެވެ. ގޭމް ދެނެގަތުމާއި, ޑިފެންސްގައި ބައިވެރިވުންވެސް ފޮޑެންގައި ކިބައިން ފެންނަކަން ގާޑިއޯލާ ފާހަގަކުރިއެވެ. މިއީ އެންމެ ފަހުން ޔުނައިޓެޑާ ދެކޮޅަށް ސިޓީން ކުޅުނު ހަތް މެޗުގެ ތެރެއިން ހޯދި ހަވަނަ މޮޅެވެ.

މޮޅާއެކު ސިޓީ ދެވަނައިގައި އޮތީ 27 މެޗުން 62 ޕޮއިންޓާ އެކުއެވެ. އެއްވަނައި އޮތީ 63 ޕޮއިންޓާއެކު ލިވަޕޫލެވެ. ޔުނައިޓެޑް އޮތީ 44 ޕޮއިންޓާއެކު ހަ ވަނައިގަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް