Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

އިންފަންޓީނޯ ވިދާޅުވަނީ، ފީފާ އިން ނޫ ކާޑާ މުޅިން ދެކޮޅު ކަމަށް!

4 މާރިޗު 2024 | ހޯމަ 00:49

އިންފަންޓީނޯ ވިދާޅުވީ، ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި ނޫ ކާޑު ބޭނުން ނުކުރާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 މާރިޗު 2024 | ހޯމަ 00:49
ފީފާގެ ރައީސް އިންފަންޓީނޯ

ފީފާގެ ރައީސް އިންފަންޓީނޯ

އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) އިން ހުށަހަޅަން ތައްޔާރުވާ ނޫ ކާޑު ހުށަހެޅުމާ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ދެކޮޅު ކަމަށް، އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ނޫ ކާޑުގެ އުސޫލުގައިވާ ގޮތުން ކުޅުންތެރިޔަކު ގަސްތުގައި ކުރާ ފައުލަކަށް ނުވަތަ ރެފްރީގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ދެކޮޅު ހެދުމުން، ނޫ ކާޑު ދެއްކެ އެވެ. އަދި ނޫ ކާޑު ދައްކައިފި ނަމަ، އެ ކުޅުންތެރިޔަކު 10 މިނެޓު ވަންދެން މެޗު ބާކީކޮށް، ދަނޑުން ފައިބަން ޖެހޭނެ އެވެ. އޭގެ އިތުރުން ދެ ފަހަރަށް ނޫ ކާޑު ދައްކައިފި ނަމަ، މުޅި މެޗު ދޫކޮށް ދަނޑުން ދާން ޖެހޭނެ އެވެ. ނޫ ކާޑަކާއެކު ރީނދޫ ކާޑެއް ދައްކައިފި ނަމަވެސް، މުޅި މެޗުން ބާކީ ކުރެވޭނެ އެވެ،

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި ނޫ ކާޑު ބޭނުން ނުކުރާނެ ކަމަށެވެ. އަދި އެ މަޢުޟޫ އަކީ އޭނާ އަށް ޝައުޤުވެރިކަން ނެތް މަޢުޟޫއެއް ކަމަށް ވެސް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ. އިތުރަށް އިންފަންޓީނޯ ވިދާޅުވީ، ނޫ ކާޑު ތަޢާރަފު ކުރުމާ ފީފާ އިން މުޅިން ދެކޮޅު ކަމަށާއި، އާންމުގެ ތެރޭގައި އެ ވާހަކަ ދެއްކުމުގެ ކުރިން އޭނާ އަށް އެކަން އެނގިފައި ނެތް ކަމަށެވެ.

އައިއެފްއޭބީ އިން ބޭނުން ވަނީ ނޫ ކާޑު، މަތީ ލީގުތަކުގައި ޓެސްޓުކޮށް މިކަމުގެ ސަބަބުން ކުޅުންތެރިންނާއި އޮފިޝަލުންގެ އަމަލުތަކަށް ހެޔޮ ބަދަލެއް ގެނެވިދާނެތޯ ޓެސްޓު ކުރުމަށެވެ. މި ގޮތުން މަދުވެގެން އެއް އަހަރު ވަންދެން މި ކާޑު ބޭނުން ކުރުމަށް އައިއެފްއޭބީ އިން ވަނީ ފާސްކޮށްފަ އެވެ.

އެ ޖަމާއަތުން ބުނެފައި ވަނީ ދަށް ޑިވިޝަންތަކުގައި ނޫ ކާޑު ބޭނުން ކުރުމުން، ކުޅުންތެރިންގެ އަމަލުތަކަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށާއި، މިހެންވެ މިއީ މަތީ ފަންތީގައި ޓެސްޓްކުރަން ނުޖެހޭ ކަމެއްނޫން ކަމަށެވެ.

އިތުރަށް ކިޔާލަން

10 މެއި 2017

ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

10 މެއި 2017
ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި
08 މެއި 2017

ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި

08 މެއި 2017
ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި
04 މެއި 2017

ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް

04 މެއި 2017
ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް
03 މެއި 2017

ރޮނާލްޑޯ އަކީ މުޅިން ތަފާތު ކުޅުންތެރިއެއް: ޒިދާން

03 މެއި 2017
ރޮނާލްޑޯ އަކީ މުޅިން ތަފާތު ކުޅުންތެރިއެއް: ޒިދާން
30 އެޕްރީލު 2017

ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި

30 އެޕްރީލު 2017
ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި
14 އެޕްރީލު 2017

ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު

14 އެޕްރީލު 2017
ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު
06 އެޕްރީލު 2017

ފީފާ ވޯލްޑް ރޭންކިން:ރާއްޖެ އަށް ބޮޑު ވެއްޓުމެއް، އިންޑިއާ އަށް 31 ދަރަޖައިގެ ކުރިއެރުމެއް

06 އެޕްރީލު 2017
ފީފާ ވޯލްޑް ރޭންކިން:ރާއްޖެ އަށް ބޮޑު ވެއްޓުމެއް، އިންޑިއާ އަށް 31 ދަރަޖައިގެ ކުރިއެރުމެއް
11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް