Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑަން ފުޓްސަލް ޗެލެންޖު 2024

ގޯލްޑަން ފުޓްސަލް ޗެލެންޖު: ގަން، އޭދަފުށި، ގާފަރު އަދި ވިލިމާލެ ސެމީ ފައިނަލަށް

2 މާރިޗު 2024 | ހޮނިހިރު 06:51

ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ގަން ނިކުންނާނީ ވިލިމާލެއާ ދެކޮޅަށް، އަދި ގާފަރު ނިކުންނާނީ އޭދަފުއްޓާ ދެކޮޅަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މާރިޗު 2024 | ހޮނިހިރު 06:51
ޕެނަލްޓީގައި މޮޅުވުމުން ގަމު ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޕެނަލްޓީގައި މޮޅުވުމުން ގަމު ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުން، އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމުގެ އިތުރުން، ބ.އޭދަފުށި، ކ.ގާފަރު އަދި ވިލިމާލެ ޖާގަ ހޯދައިފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ގަމުން ސެމީ ފައިނަލްގެ ޖާގައެއް ހޯދީ، ކުއާޓަރ ފައިނަލްގައި އއ. މަތިވެރި ޕެނަލްޓީން ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު 1-1ން އެއްވަރުވެގެންނެވެ. މެޗުގައި އަޙުމަދު ޙަލީމް (އައްމަޑޭ) ގަމަށް ލަނޑު ޖަހައި ލީޑު ނަގައިދީފައި ވަނިކޮށް، މަތިވެރިއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކީޕަރު މުޙައްމަދު އިމްރާނެވެ. ޕެނަލްޓީގައި ގަމުން ވަނީ މަތިވެރީގެ މައްޗަށް ކުރިހޯދައިފައެވެ. އޭގެ ކުރިން ގަދަ 16 ވަނަ ބުރުގައި ކުޅުނު މެޗު ވެސް ގަމުން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ.

އޭދަފުށިން ސެމީ ފައިނަލްގެ ޖާގަ ހޯދީ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ތ. ތިމަރަފުށި ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު 3-3ން އެއްވަރުވެގެންނެވެ. މެޗުގައި އޭދަފުށީގެ ލަނޑުތައް ޖެހީ މުޙައްމަދު ފާސިރު (ފާއްޓޭ) އަދި މުޙައްމަދު ރަޝީދު (ޕޮގްބާ)އެވެ. ފާއްޓޭ ވަނީ ދެ ލަނޑު ޖަހައިފައެވެ. މެޗުގައި ތިމަރަފުށީގެ ލަނޑުތައް ޖެހީ، މުޙައްމަދު އަފްލާޒް، އިސްމާޢީލް މުނީޒް އަދި އިބްރާހީމް ސިނާހެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޭދަފުށިން ކުރި ހޯދީއެެވެ.

ގާފަރުން ވެސް ސެމީ ފައިނަލްގެ ޖާގަ ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. ދ. ކުޑަހުވަދުއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2ން އެއްވަރުވެގެންނެވެ. މެޗުގައި ކުޑަހުވަދޫގެ ލަނޑުތައް ޖެހީ، މުޙައްމަދު އަރީޝް އަދި ޖުމައިލް ޖަމީލެވެ. ގާފަރުގެ ލަނޑުތައް ޖެހީ އިބްރާހީމް ރިމާހު އަދި އަލީ މާއިސްއެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ގާފަރުން ކުޑަހުވަދޫގެ މައްްޗަށް ކުރިހޯދައިފައެވެ.

ކުއާޓަރ ފައިނަލުގައި ވިލިމާލޭން ވަނީ، ސ. ހިތަދޫގެ މައްޗަށް 1-0ން ކުރިހޯދައިފައެވެ. މެޗުގައި ވިލިމާލެއަށް ލަނޑު ޖަހައިދިނީ އިސްމާޢީލް ވަޖީހުއެވެ.

ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ކަމަށްވާ ގަން ނިކުންނާނީ ވިލިމާލެއާ ދެކޮޅަށެވެ. އަދި ގާފަރު ނިކުންނާނީ އޭދަފުއްޓާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 މާރިޗު 2017

ބަލިވީ ޕްރެޝާ ހޭންޑަލް ކުރަން ނޭނގުމުން، ޒިންމާ ނަގަން: ޝަރަފް

24 މާރިޗު 2017
ބަލިވީ ޕްރެޝާ ހޭންޑަލް ކުރަން ނޭނގުމުން، ޒިންމާ ނަގަން: ޝަރަފް
19 މާރިޗު 2017

ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް

19 މާރިޗު 2017
ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް
09 މާރިޗު 2017

ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް

09 މާރިޗު 2017
ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް
08 މާރިޗު 2017

އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް

08 މާރިޗު 2017
އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް
28 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ

28 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ
28 ފެބުރުއަރީ 2017

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
01 ފެބުރުއަރީ 2017

ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ

01 ފެބުރުއަރީ 2017
ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް