Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލެޓުގެ މައްސަލަ

ފްލެޓު މައްސަލާގައި ސިއްރު މައުލޫމާތު ހިމެނޭތީ މިނިވަން މުއައްސަސާ ކޮމިޓީ ސިއްރުކޮށްފި

މި ސަރުކާރުގެ ހައުސިންގ މިނިސްޓްރީގެ އިސް އޮފިޝަލުންނާއި އޭސީސީގެ މެންބަރުން ހާޒިރުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 28 ފެބުރުއަރީ 2024 | ބުދަ 11:30
މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީ ހާޒިކުރުން - ފައިލް ފޮޓޯ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީ ހާޒިކުރުން - ފައިލް ފޮޓޯ

މިދިޔަ ސަރުކާރުން ދޫކުރި 4،000 ފްލެޓްގެ މައްސަލަތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާ ކޮމިޓީން ކުރިއަށްގެންދިޔަ ބައްދަލުވުން ސިއްރުކޮށްފިއެވެ.

ބުދަ ދުވަހު ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ ކުރީ ސަރުކާރުގެ ހައުސިންގ މިނިސްޓްރީގައި ފްލެޓާގުޅޭ ކަންކަމުގައި އިސްކޮށް އުޅުއްވި އޮފިޝަލުންނާއި މި ސަރުކާރުގެ ހައުސިންގ މިނިސްޓްރީގެ އިސް އޮފިޝަލުން، އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުންނެވެ.

މި ކޮމިޓީ ސިއްރުކުރަން ނިންމާފައިވަނީ ފްލެޓުތަކާ ގުޅޭގޮތުން އޭސީސީން މިނިވަން މުއައްސަސާތަކުގެ ކޮމެޓީއާ ހިއްސާކޮށްފައިވާ މައުލޫމާތުގައި ސިއްރު މައުލޫމާތު ހިމެނޭތީއެވެ. ބުދަ ދުވަހުގެ ކޮމިޓީގައި މި ސިއްރު މައުލޫމާތުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ. އެކަން އެންމެ ފަހުން މި މައްސަލާގައި ބޭއްވި ކޮމިޓީގައި ފާހަގަކޮށް، ކޮމިޓީ ސިއްރުކުރަން ވަނީ ނިންމާފައެވެ.

މީގެ ކުރިން ބޭއްވި ކޮމިޓީގައި އޭސީސީން ބުނެފައިވަނީ ފުލެޓް ލިބޭނެކަމަށް ބުނެފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބެންޖެހޭ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ މަސައްކަތް ލަސްވެެ، މީހެއްގެ ހައްގެއް ގެއްލޭ ހިސާބަށް ގޮސް، ކޮރަޕްޝަނަށް މަގުފަހިވާނަމަ އޭސީސީން އެކަމުގެ ތެރެއަށް ވަންނާނެކަމަށެވެ. އޭސީސީން ބުނީ ތަހުގީގުގައި ޝަރުތުހަމަވެ، އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވަނީ 20.7 އިންސައްތަ ފޯމުގައި ކަމަށެވެ.

މީގެ އިތުރުން އޭސީސީން ވަނީ ފްލެޓުގެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު ފާހަގަވި ކަންކަން ވެސް ހިއްސާކޮށްފައި ވެއެވެ. އެގޮތުން، މާލޭގައި 15 އަހަރުވެފައިވާ ފަރާތްތައް ކަނޑައެޅުމުގައި ހަމައެކަނި ގޭގެ ވެރިފަރާތުގެ ލިއުންތަކަށް ބަރޯސާވެގެން ޕޮއިންޓް ދީފައިވާ ކޭސްތައްވެސް ފާހަގަވެފައިވާ ކަމަށެވެ. ބައެއް ފަރާތްތައް ދަފްތަރުގައި ޖެހުމުން އިތުރަށް ބަލަންޖެހޭ ކަންކަން ކަށަވަރުވުމެއް ނެތި ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ކުންފުނި ރަޖިސްޓްރީ ކޮށްފައިވާ ތާރީޚުގެ މާ ކުރިން އެ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާކަމަށް ވެސް ހުށަހަޅާފައިވާ ބައެއް ފޯމު ޝަރުތު ހަމަވާކަމަށް ކަނޑަައަޅާފައިވާކަންވެސް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް އޭސީސީން ބުނެއެވެ. އަދި މަހަކަށް ޖެހޭ ޖުމުލަ އާމްދަނީ 60،000 ރުފިޔާއަށްވުރެ އިތުރަށް ލިބޭ ފަރާތްތައްވެސް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ މައްސަލަަތައް އޭސީސީން ފާހަގަކޮށްފައި ވެއެވެ.

އޭސީސީން ބުނީ، ދައުލަތުގެ މުއައްސަސާތަކުން ފަސޭހައިން ހޯދެން ހުރި މައުލޫމާތުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކަށަވަރުކޮށްފައި ނެތުމުގެ ސަބަބުން، ޕޮއިންޓް ދިނުމުގައި މައްސަލަތައް ދިމާވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

މި މައްސަލަތައް ބެލުމަށްފަހު، މައްސަލައެއް ނެތް، ޝަރުތު ފުރިހަވާ ފަރާތްތަކަށް ފްލެޓްތައް ދޫކުރުން ކުރިއަށް ގެންދިއުމަށް ހައުސިންގ މިނިސްޓްރީގައި އޭސީސީން ވަނީ އެދިފައެވެ. ނަމަވެސް ފްލެޓްތައް ދޫކުރުން ލަސްވާތީ، ފްލެޓް ލިބިފައިވާ މީހުން ކަންބޮޑުވުންފާޅުކޮށް، ދޭތެރެދޭތެރެއިން ހައުސިންގ މިނިސްޓްރީއަށް އެއްވެ، ދަނީ މުޒާހަރާތައް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު