Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެންބަރުންގެ އަދަދު

މެންބަރުންގެ އަދަދުކަނޑައެޅުމާއި މެދު ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލައަކީ އަމިއްލަ މަންފާ ހޯދަން ހުށަހެޅި ބާތިލް މައްސަލަ އެއް - ބިގޭ

މިހާރު ފެނިގެން ދަނީ އެއްބާރުން އަނެއް ބާރަށް އިޚުތިރާމް ނުކުރާ މަންޒަރުކަމަށް ބިގޭ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 ފެބުރުއަރީ 2024 | ބުރާސްފަތި 14:11
 އަލިފުށީ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

އަލިފުށީ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ ބާތިލް މައްސަލަ އެއް ކަމަށާއި، ވަކި ބޭނުމެއްގައި އަމިއްލަ މަންފާ އެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލަ އެއް ކަމަށް މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިހާރު ފެނިގެން ދަނީ އެއްބާރުން އަނެއް ބާރަށް އިޙްތިރާމް ނުކުރާ މަންޒަރުކަމަށާއި އެއީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މަޖިލީހުގެ ޤަވާއިދުގެ 49 ވަނަ މާއްދާގެ ކ،އ އަދި ވ އަށް އަކުރެއް އިތުރުކޮށް ބަދަލުތައް ގެނެސްފައިވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އެ ބަދަލުތަކާއި ގުޅިގެން ސުޕްރީމްކޯޓަށް މައްސަލަ އެއް ހުށަހަޅައިގެން ކުރިއަށް ގެންދަވާ އިރު އެ މައްސަލަ ހުށަހެޅުއްވީ ބަންޑާރަނައިބުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ބަންޑާރަނައިބަކީ މަޖިލީހުގެ މަސްލަހަތު ހިމާޔަތްކޮށް މަޖިލީހުގެ ކަންކަމުގައި ވެސް ވަކާލާތުކުރަން ޖެހޭ ފަރާތްކަން އޭނާ ވަނި ފާހަގަކުރައްވާފައެވެ. 49 ވަނަ މާއްދާ އާއި މެދު މި މައްސަަލަ ސުޕްރީމްކޯޓުގައި ކުރިއަށް ދަނިކޮށް މަޖިލީހުގެ ކޮމިޓީން ފާސްކޮށްގެން 49ވަނަ މާއްދާގެ އ،ވ އަދި ކ އުނިކޮށް އަކުރެއް އިތުރުކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިހާރު ސުޕްރީމްކޯޓުގައިކުރިއަށް ދަނީ ބާތިލް މައްސަލަ އެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިހާރު މަޖިލީހުން ދަނީ ކުރިން އަމަލުކުރަމުންދިޔަ މާއްދާތައް އުނިކުރުމަށް ފަހު އެކުލަވާލި މާއްދާއަކަށް ކަމަށް ވެސް ބިގޭ ވަނީ ވިދާޅުވެފައެވެ.

އޭނާ އެފަދައިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ބުރާސްފަތި ދުވަހު ވަނީ ނިންމާލައްވާފައެވެ. ސުޕްރީމްކޯޓަށް މައްސަލަ އެއް ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ ތިން އިސްލާހާއި ގުޅިގެން ކަމަށް ވާއިރު އެ އިސްލާހުތައް އެ މާއްދާއިން އުނިކުރުމަށް ދާދި ފަހުން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެގޮތުން ކޮމިޓީން ފާސްކުރީ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ ތިން އިސްލާހު އެ މާއްދާއިން އުނިކޮށް، މަޖިލީހުގެ ގަވާއިދުގެ 242 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުމަށެވެ. އެގޮތުން 'ހުސްވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި މަޖިލީހުގެ މެމްބަރުން އަދަދު ގުނާނެ ގޮތް' ކިޔާ މާއްދާއެއް މަޖިލީހުގެ ޤަވާއިދުގެ 242 ވަނަ މާއްދާއަށް އިތުރު ކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު