Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެންބަރުންގެ އަދަދު

މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

18 ޑިސެމްބަރު 2023 ގެ ނިޔަލަށްވެސް ރައްޔިތުންގެ މަޖިލީހުން ޖުމުލަ މެމްބަރުންގެ އަދަދު ގުނާފައިވަނީ ހުސްވެފައިވާ ގޮނޑިތައް ހިމެނޭގޮތަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2024 | ބުދަ 07:58
މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭ ދުސްތޫރީ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން

މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭ ދުސްތޫރީ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ބުދަ ދުވަހު ސުޕްރީމް ކޯޓުން ބޭއްވި އަޑުއެހުމުގައި އޭޖީ އޮފީހުގެ ވަކީލު ވިދާޅުވީ، މިއީ ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ، އަދި ޤައުމު ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ މައްސަލައެއްކަމަށް އެ އޮފީހަށް ޤަބޫލު ކުރެވޭ ކަމަށެވެ.

Advertisement - newsAdvertisement

އަދި މިއީ ޤައުމުގެ އާންމު މަސްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއްކަންވެސް އޭޖީ އޮފީހުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

އޭޖީ އޮފީހުން ވަނީ އެކަމާ ގުޅޭ މާއްދާތަކަށް މި މައްސަލަ ފެތޭ ސަބަބުތައްވެސް ކިޔާދީފައެވެ.

ވަކީލު ވިދާޅުވީ، މި މައްސަލައަކީ މަޖިލީހުގެ މެމްބަރުން ގުނުމުގައި މަޖިލީހުގައި އޮންނަންޖެހޭ ނިސްބަތް މަދުވާ ގޮތަށް، ރައްޔިތުންނަށް ލިބިގެންވާ ބާރުތައް ހަނިވާގޮތަށް މަޖިލީހުން އަމަލުކޮށްފައިވާ މައްސަލައެއް ކަމަށެވެ.

މިއީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެ ބާރުގެ ދެމެދުގައި ޤާނޫނުއަސާސީ މާނަ ކުރުމާއި ގުޅޭގޮތުން އުފެދިފައިވާ މައްސަލައެއްކަމަށް ޤަބޫލު ކުރައްވާކަމަށްވެސް އޭޖީ އޮފީހުގެ ވަކީލު ވިދާޅުވިއެވެ.

ވަކީލު ވަނީ މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށްވެސް މި އަޑުއެހުމުގައި އަލިއަޅުވާލައްވާފައެވެ. ވަކީލު ވިދާޅުވީ، 18 ޑިސެމްބަރު 2023 ގެ ނިޔަލަށްވެސް ރައްޔިތުންގެ މަޖިލީހުން ޖުމުލަ މެމްބަރުންގެ އަދަދު ގުނާފައިވަނީ ހުސްވެފައިވާ ގޮނޑިތައް ހިމެނޭގޮތަށް ކަމަށެވެ.

ވަކީލު ވިދާޅުވީ، އާންމު އުސޫލުން 87 މެންބަރުން ތިބޭނަމަ، 58 މެމްބަރުންގެ ވޯޓުން ރައީސް އަޒުލު ކުރެވޭ ކަމަށެވެ. ނަމަވެސް މިހާރު ގެނެސްފައިވާ އިސްލާޙުގެ ސަބަބުން 54 މެމްބަރުންގެ ވޯޓާއެކު ރައީސަކު އަޒުލު ކުރެވިދާނެކަމަށް ވަކީލު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ)، (އ) އަދި (ވ) ގައި، "މަޖިލީހުގެ ޖުމްލަ މެންބަރުން" މި އިބާރާތަށް ދީފައިވާ މާނަކުރުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށް ދީފައިވާ މާނަކުރުމެއް ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެއެވެ.

އޭޖީ އޮފީހުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި "މަޖިލީހުގެ ޖުމްލަ މެންބަރުން" މި އިބާރާތަށް އެ މަޖިލީހުން މިހާރު ދީފައިވާ މާނަކުރުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ، އެއްވެސް ސަބަބަކާ ގުޅިގެން މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ އަދަދެއްކަމަށް ބަޔާންކޮށްފައިވާތީ، މިއީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ އެ މަޖިލީހުގެ ޖުމްލަ އަދަދާ ޚިލާފު މާނަކުރުމެއް ކަމަށެވެ.

އަދި މިއީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާއާއި 87 ވަނަ މާއްދާއާއި 88 ވަނަ މާއްދާ، އަދި ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ކަންކަން ބަޔާންކުރާ އެހެނިހެން މާއްދާތަކާ ތައާރުޒުވާ މާނަކުރުމެއްކަމަށްވެސް ބުނެފައިވެއެވެ.

މި އަޑުއެހުމުގައި ފަނޑިޔާރުންވެސް ވަނީ ބައެއް ސުވާލުތައް ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫނާއި، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

މި މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.

މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ ތިން އިސްލާހު އެ މާއްދާއިން އުނިކުރުމަށް ދާދި ފަހުން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެގޮތުން ކޮމިޓީން ފާސްކުރީ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ ތިން އިސްލާހު އެ މާއްދާއިން އުނިކޮށް، މަޖިލީހުގެ ގަވާއިދުގެ 242 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުމަށެވެ. އެގޮތުން 'ހުސްވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި މަޖިލީހުގެ މެމްބަރުން އަދަދު ގުނާނެ ގޮތް' ކިޔާ މާއްދާއެއް މަޖިލީހުގެ ޤަވާއިދުގެ 242 ވަނަ މާއްދާއަށް އިތުރު ކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެ މާއްދާގައި ހިމެނުމަށް ކޮމިޓީން ފާސްކޮށްފައިވަނީ "މެމްބަރުކަމުން ވަކިވުމުން، ކުރިއަށް މަޖިލިސް އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެޔަށްވުރެ ކުރު މުއްދަތެއް އޮންނަ ހާލަތުގައި، މަޖިލީހުގެ ޖުމަލް މެމްބަރުންގެ އަދަދު ގުނުމުގައި އެ ގޮނޑިއެއް ނުހިމަނާނެ" ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު