Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ ބަޔާނުގެ ޖަވާބު- އިޖްތިމާއީ ރައްކާތެރިކަން

ރައީސްގެ ރިޔާސީ ބަޔާނުގައި އިޖްތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުތަކަށް އެއްވެސް މިންވަރަކަށް އަލިއަޅުވާލާފައިނުވޭ: އެމްޑީޕީ

އިޖްތިމާއި އެކިއެކި ދާއިރާތަކުގައި ކަންބޮޑުވާ އެތައް ކަމެއް އެބަހުރި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2024 | ހޯމަ 09:07
ހޯމަ ދުވަހު އޮތް ޖަލްސާއަށް ރިޔާސީ ބަޔާނުގެ ޖަވާބު ހުށަހަޅުއްވައިދެއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން

ހޯމަ ދުވަހު އޮތް ޖަލްސާއަށް ރިޔާސީ ބަޔާނުގެ ޖަވާބު ހުށަހަޅުއްވައިދެއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން

ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި އިޖްތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުތަކަށް އެއްވެސް މިންވަރަކަށް އަލިއަޅުއްވާލައްވާފައިނުވާ ކަމަށް ރިޔާސީ ބަޔާނުގެ ޖަވާބުގައި އެމްޑީޕީން ބުނެފިއެވެ.

ހޯމަ ދުވަހު އޮތް ޖަލްސާއަށް ރިޔާސީ ބަޔާނުގެ ޖަވާބު ހުށަހަޅުއްވައިދެއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އިޖްތިމާއީ ގޮތުން ރާއްޖެ މިހާރު ތަހައްމަލުކުރަމުން މި އަންނަ ގޮންޖެހުންތަކަކީ އެކަމުގެ އަސަރު މުޅި އިގްތިސާދަށް ވެސް ކުރާނެ ކަންކަން ކަމަށެވެ. ނަމަވެސް އިޖްތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުތަކަށް އެއްވެސް މިންވަރަކަށް އަލިއަޅުވައިނުލައްވައި ރައީސްގެ ރިޔާސީ ބަޔާން ނިންމަވާލެއްވީ ކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ތައުލީމާއި، ސިއްހަތާއި، އިސްލާމްދީނުގެ ސައްހަ އަގީދާއާއ،ި ކުޑަކުދިން އަދި މިނޫންވެސް އިޖްތިމާއި އެކިއެކި ދާއިރާތަކުގައި ކަންބޮޑުވާ އެތައް ކަމެއް އެބަހުރި ކަމަށެވެ.

ދިވެހިން އެންމެ އިސްކަން ދެނީ ކުދިންނަށް ދޭ ތައުލީމްކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ ތައުލީމީ މަންހަޖާއި ޓީޗަރުންގެ ފެންވަރާއި ސްކޫލްތަކުގެ ވަސީލަތްތައް ހަމަކުރުމާއި ހުރިހާ ކަމަކަށް ބަލާއިރު ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރާ އެއް ދާއިރާއަކީވެސް ތައުލީމީ ދާއިރާ ކަމަށެވެ.

ރިޔާސީ ބަޔާނުގައި މުދައްރިސުންގެ ގޮތުގައި އެކި މާއްދާތައް ކިޔަވައިދޭނެ ގާބިލް ދިވެހީން ގިނަކުރާން ފެއްޓެވި ކަމަށް ވިދާޅުވިއިރު ތައުލީމީ ދާއިރާއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަވުން ކަމުގައި ތަކުރާރުކޮށް އަޑުއިވެމުން އައި ކަމަށެވެ. އެކަން ހައްލުކުރީވެސް އެމްޑީޕީ ސަރުކާރުން ކަން މެންބަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ތައުލީމީ ދާއިރާގެ 9000 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ކަށަވަރުކުރުމުގެ ނަތީޖާއަކީ މި ދާއިރާއަށް އާ ޖީލެއް ބިނާކުރެވެން ފެށުން ކަމަށެވެ.

މީގެ އިތުރުން މެންބަރު ވިދާޅުވީ ތައުލީމީ ދާއިރާށް މިވީ މަދު ދުވަސްތެރޭގައި ސަރުކާރުން ބޮޑެތި ބަދަލުތައް ގެންނަނީ އެއްވެސް މަޝްވަރާއެއް ނެތި ސިޔާސީ ބޭނުމުގައި ކަމަށެވެ. ދިރާސީ އަހަރު ފެށޭ ތާރީޚު ބަދަލުކުރުމުގެ ނުރަނގަޅު އަސަރު ކުދިންނަށް ކުރާނެ ކަމަށާއި، ކުރުކޮށްގެން ސިލަބަސް ނިންމުން އެއީ ކަންބޮޑުވާ ކަމެއް ކަމަށް މެންބަރު ވިދާޅުވިއެވެ.

ސިއްހީ ދާއިރާއަށް އިޝާރާތް ކުރައްވައި މެންބަރު ވިދާޅުވީ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައި ހުރީ މުޅިންވެސް އެމްޑީޕީ ސަރުކާރުގައި ފަށާފައިވާ ހިނގަހިނގާ ހުރި ކަންކަން ކަމަށެވެ.

މެންބަރު ވިދާޅުވީ ބޭސްގަތުމަށް ހިނގާ ޚަރަދު ކުޑަކުރުމަށް ބަލްކް ޕްރޮކިއުމަންޓް ނިޒާމެއް ގާއިމްކޮށް އަގުހެޔޮ އަދި ފެންވަރު ރަނގަޅު ބޭސް ލިބޭނެ އިންތިޒާމްތައް ގާއިމްކުރުމުގެ ސިޔާސަތެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއިރު، ބަލްކް ޕްރޮކިއުމަންޓާއި ޕޫލް ޕްރޮކިއުމަންޓާ ގުޅޭ އެއްބަސްވުމުގައި ޔޫއެންޑީޕީއާއެކު 2023 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ސޮއިކޮށްފައިވާ ކަމަށެވެ. އަދި ބޭހުގެ ފެންވަރު ކަށަވަރުކުރުމަށް ބޭސް ތަހުލީލުކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ ހަރުދަނާގޮތެއްގައި ތަހުލީލުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއިރު، ނެޝަނަލް ހެލްތް ލެބޯޓްރީ ގާއިމުކުރުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއިއެކު ސޮއިކުރީ ވެސް އެމްޑީޕީ ސަރުކާރުން ކަމަށް މެންބަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޑްރޯން ޑެލިވަރީ ނިޒާމުވެސް ތައާރަފްކުރީ އެމްޑީޕީ ސަރުކާރުން ކަމަށް މެންބަރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު