Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ބޮކުމް އަތުން ބަލިވެ، ބަޔާނަށް އިތުރު ޕްރެޝަރެއް

19 ފެބުރުއަރީ 2024 | ހޯމަ 06:19

ބަޔާންގެ މި ބައްޔާއެކު، އެ ޓީމާ އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސަނާ ދެމެދު އޮތް ފަރަގު ވަނީ އަނެއްކާ ވެސް އަށް ޕޮއިންޓަށް ފުޅާވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ފެބުރުއަރީ 2024 | ހޯމަ 06:19
މެޗުގައި ލަނޑު ޖެހުމަށްފަހު ބޮކުމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ބޮކުމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޖަރުމަނު ލީގުގައި ބޮކުމްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކަށް އިތުރު ޕްރެޝަރާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ބޮކުމްގެ ދަނޑުގައި ކުޅުނު މެޗުން ބަޔާން ބަލިވީ 3-2 އިންނެވެ. މިއީ މި ސީޒަންގެ ޖަރުމަނު ލީގުގައި ބަޔާންގެ ހަތަރު ވަނަ ބައްޔެވެ. މުޅި ސީޒަންގައި އެ ޓީމުގެ ހަތް ވަނަ ބައްޔެވެ. އެންމެ ފަހުން ބަޔާން ކުޅުނު ތިން މެޗު ވެސް އެ ޓީމު ނިންމާލަން ޖެހުނީ ބަލިވެގެންނެވެ.

މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ލިއޯން ގޮރެޓްޒްކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖަމާލް މުސިއާލާ އެވެ. އޭގެ ފަހުން 38 ވަނަ މިނެޓުގައި ބޮކުމް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޓަކޫމާ އަސާނޯ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޮކުމްގެ ދެ ވަނަ ލަނޑު ޖަހައި އެ ޓީމަށް ލީޑު ނަގައިދިނީ ކެވެން ޝްލޯޓަބެކް އެވެ.

ދެ ވަނަ ހާފުގަައި ބަޔާނަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި، ޑަޔޫޓް އުޕަމެކާނޯ ދަނޑުން ފޮނުވާލުމުންނެވެ. އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ލާޒިއޯއާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގައި ވެސް އޭނާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ބޮކުމް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ކެވިން ސްޓޯގާ އެވެ. މެޗުގައި ބަޔާންގެ ފަހު ލަނޑު ހެރީ ކޭން ޖެހީ 87 ވަނަ މިނެޓުގަ އެވެ.

ބަޔާންގެ މި ބައްޔާއެކު، އެ ޓީމާ އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސަނާ ދެމެދު އޮތް ފަރަގު ވަނީ އަނެއްކާ ވެސް އަށް ޕޮއިންޓަށް ފުޅާވެފަ އެވެ. މިހާތަނަށް ކުޅުނު 22 މެޗުން ބަޔާނަށް 50 ޕޮއިންޓު ލިބޭއިރު، ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި ލެވަކޫސަނަށް ލިބެނީ 58 ޕޮއިންޓެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް