Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަބޫދާބީގައި ފައްޅިއެއް ހުޅުވުން

ބީޖޭޕީ ސަރުކާރުން އިންޑިއާގެ މިސްކިތްތައް ތަޅާއިރު މޯދީ ޔޫއޭއީގައި ފައްޅި ހުޅުއްވައިދެއްވަނީ

17 ފެބުރުއަރީ 2024 | ހޮނިހިރު 04:44

އިންޑިއާގެ ވެރިރަށް ދިއްލީގައި 800 އަހަރުވީ މިސްކިތެއް ތަޅާލައި އަބޫދާބީގައި މޯދީ ހުޅުވައިދެއްވީ ފައްޅިއެއް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 17 ފެބުރުއަރީ 2024 | ހޮނިހިރު 04:44
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިންދޫންގެ ބޮޑު ފައްޅިއެއް އަބޫދާބީގައި ހުޅުއްވައިދެއްވުން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިންދޫންގެ ބޮޑު ފައްޅިއެއް އަބޫދާބީގައި ހުޅުއްވައިދެއްވުން

އަބޫދާބީގައި ދީނީ އެއްބައިވަންތަކަމުގެ އުފާފާޅުކުރަމުންދާ މި ދަނޑިވަޅުގައި، އިންޑިއާގައި މުސްލިމުންނަށް ކުރިމަތިވެފައިވާ ހަގީގަތާ ކުރިމަތިލާން ޖެހެއެވެ. މިސްކިތްތައް ތަޅާލުމާއި މައިނޯރިޓީ ކޮމިއުނިޓީތަކާ ދެކޮޅަށް ހުއްޓުމެއް ނެތި ހިންގަމުންދާ ހަމަނުޖެހުންތަކަކީ އިންޑިއާ ސަރުކާރާއި މުޅި މުޖުތަމައުގެ އަވަސް ސަމާލުކަމާއި ފިޔަވަޅު އެޅުމަށް އެދޭ ކަމެކެވެ.

އަބޫދާބީގެ ރަސްގެފާނުގެ ދީލަތި ބިން ހަދިޔާކުރުމުގެ ސަބަބުން، އަބޫދާބީގައި ހިންދޫންގެ ފައްޅިއެއް ހުޅުވުމަކީ ދީނީ އެއްބައިވަންތަކަން ދައްކުވައިދޭ ވަރަށް ފާހަގަކޮށްލެވޭ ކަމެއްކަމަށް ބަޔަކު ދެކޭއިރު، މި ހަރަކާތުގައި ބޮޑުވަޒީރު މޯދީ ބައިވެރިވެވަޑައިގަތުމުން، ބައިނަލްއަޤްވާމީ ފެންވަރެއްގައި ދީނީ ގޮތުން އެއްބައިވަންތަކަމާއި އެއްބާރުލުން ދިނުމުގައި އިންޑިއާގެ ދައުރު ވަރަށް ރީތިކޮށް ހާމަވެގެން ދިޔައެވެ.

ބޮޗަސަންވާސީ އަކްޝަރު ޕުރުޝޮތަމް ސްވާމީނާރަޔަން ސަންސްތާ (ބީއޭޕީއެސް) އިން ބިނާކޮށްފައިވާ މި ޓެމްޕަލް ރަމްޒުކޮށްދެނީ އިންޑިއާ އާއި ޔޫއޭއީއާ ދެމެދު އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަމާއި ޓޮލަރެންސްގެ އެއްބައިވަންތަ އަސާސްތަކެއް ކަމަށް ދުނިޔޭގެ ބައެއް ލީޑަރުން ޤަބޫލުކުރައްވައެވެ.

އެހެންނަމަވެސް، އެއްބައިވަންތަކަން ދައްކުވައިދިނުމާ ދެކޮޅަށް، އިންޑިޔާގައި، ޚާއްޞަކޮށް، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ވެރިކަން ކުރާ ސްޓޭޓްތަކުގައި މިސްކިތްތައް ތަޅާލުމުގެ ހިތްދަތި ޙަޤީޤަތަކީ މުސްލިމުންނަށް މިއަދު ހަޖަމް ކުރެވޭނެ ކަމަކަށް ނުވާނެއެވެ.

މިސްކިތްތަކާއި މަދްރަސާތަކާއި ގަބުރުސްތާނުތައް ތަޅާލާފައިވާކަން ފަހުގެ ރިޕޯޓުތަކުން ފާހަގަކޮށްފައިވާއިރު، ޒަމާނުއްސުރެ އިންޑިއާގައި ދަނީ ސުލުހަ ގާއިމު ކުރުމުގެ ނަމުގައި މުސްލިމުންގެ ގިނަ ދީނީ މުހިންމު ތަންތަން ބިމާ ހަމަކުރަމުންނެވެ. މި އަމަލުތަކުގެ ސަބަބުން، އިންޑިއާގައި ދީނީ މިނިވަންކަމާއި މައިނޯރިޓީ ހައްގުތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ހޯދުންތަކުން އެނގެނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ތަންތަނަށް އަމާޒުކޮށް، ހާއްސަކޮށް ބީޖޭޕީގެ ވެރިކަން ކުރާ ސްޓޭޓްތަކުގައި މުސްލިމުންގެ ބިނާތައް ތަޅާލުމުގެ ހިތާމަވެރި ވައްޓަފާޅިއެކެވެ. މިފަދަ ހާލަތްތަކުގައި ގާނޫނުގެ ވެރިކަމަށް އިހުމާލުވުމުގެ ސަބަބުން ނުތަނަވަސްކަން އިތުރުވެ، އިންޑިއާގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ޑިމޮކްރަސީ އާއި ސެކިއުލަރިޒަމްގެ އުސޫލުތަކަށް އުނިކަން އަންނާނެއެވެ.

މީގެ އިތުރުން ކަނާތު ފިޔައިގެ ހިންދޫވާ ޖަމާއަތްތަކުން މުސްލިމުންނަށް އަމާޒުކޮށް ހިންގާ އަނިޔާވެރިކަމާއި، ފުރައްސާރަ ކުރުމުގެ ހާދިސާތައް އިންތިހާއަށް އިތުރުވުމަކީ އިންޑިޔާގެ ކޮމިއުނިޓީ މައިދާނަށް އިތުރު ނުތަނަވަސްކަމެއް ގެނެސްދޭ ކަމެކެވެ. ދީނީ ގޮތުންނާއި ފިކުރީ ގޮތުން ހިންދޫންނަށް ހިތްވަރު ލިބޭ ގެރި ހިމާޔަތް ކުރުމުގެ ސަބަބުން މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން މައިނޯރިޓީ ކޮމިއުނިޓީތަކުގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އަބޫދާބީގައި ހިންދޫ ންގެ މިސްކިތް ހުޅުވުމަކީ އެކި ދީންތަކުގެ މެދުގައި ސުލްހަވެރި އެކުވެރިކަމާއި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމުގެ ފުރުޞަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް ބަޔަކު ދުށް ނަމަވެސް، މިއީ ދީނީ ތަފާތުކުރުންތަކާއި، ނުތަނަވަސްކަން ނައްތާލުމުގައި ކުރަންޖެހޭ މަސައްކަތްތަކެއް ކަމަކަށް މުސްލިމް ކޮމިޔުނިޓީ ނުދެކޭނެއެވެ. ޙަޤީޤީ އެއްބައިވަންތަކަން ޙާޞިލުކުރެވޭނީ ދީނީ ޢަޤީދާތަކަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންގެ ޙައްޤުތަކާއި ކަރާމާތް ޙިމާޔަތްކުރުމަށް ޙަޤީޤީ މަސައްކަތްކޮށްގެންނެވެ.

އަބޫދާބީގައި ހިންދޫންގެ މިސްކިތް ހުޅުވުމާއި، އިންޑިއާގެ މިސްކިތް ތަޅާލުމާ އެކު، އިންޓަފެއިތު ވިސްނުން ކުރިއެރުވުމަށް ލިބިފައިވާ ކުރިއެރުންތަކާއި، ހަގީގީ ދީނީ އެއްބައިވަންތަކަން ގާއިމުކުރުމަށް ހުރި ގޮންޖެހުންތައް ހާމަވެގެން ދެއެވެ. އިންޑިޔާގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ސެކިއުލަރިޒަމް، ޕްލޫރަލިޒަމް އަދި ހަމަހަމަކަމުގެ އުޞޫލުތައް ދަމަހައްޓައި، ހުރިހާ ފަރުދުންނަށްވެސް މިނިވަންކަމާއި، އަނިޔާވެރިކަމުގެ ބިރަކާ ނުލައި، އެމީހެއްގެ ޢަޤީދާއަށް ޢަމަލުކުރެވޭނެ ގޮތް ހެދުމަކީ ލީޑަރުންނާއި ރައްޔިތުންގެ މައްޗަށް ލާޒިމުކަމެކެވެ. މުޖުތަމަޢުތަކުގައި ދެމެހެއްޓެނިވި ޞުލްޙައާއި އެއްބައިވަންތަކަން ޤާއިމުކުރެވޭނީ ޙަޤީޤީ ވާހަކަދެއްކުމާއި، ހަމްދަރުދީއާއި، ތަފާތުކަމަށް އިޙްތިރާމްކޮށްގެންނެވެ.

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2017

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

18 ޑިސެމްބަރު 2017
ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!
06 ޑިސެމްބަރު 2017

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟
22 ނޮވެމްބަރު 2017

ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

22 ނޮވެމްބަރު 2017
ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!
09 ނޮވެމްބަރު 2017

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017
40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި
23 އޮކްޓޯބަރު 2017

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

23 އޮކްޓޯބަރު 2017
ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!
14 އޮކްޓޯބަރު 2017

ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

14 އޮކްޓޯބަރު 2017
 ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން
15 އޯގަސްޓު 2017

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟
21 ޖުލައި 2017

އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

21 ޖުލައި 2017
އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ
14 ޖޫން 2017

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް