Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހަމަލާއިން ސަލާމަތްވި ތުއްތު ކުއްޖެއްގެ ވާހަކަ

ހަމަލާގައި ސަލާމަތްވީ ތުއްތު ހޫރު އެކަނި، މިއަދު ވެސް ގޮވަމުންދަނީ މަންމައަށް

އެކުއްޖާގެ ކަނާ އަތް ވަނީ ބުރިކޮށްލާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2024 | ހުކުރު 18:19
ދޮޅު އަހަރުގެ ހޫރު ނަސީރު

ދޮޅު އަހަރުގެ ހޫރު ނަސީރު

ނިރުބަވެރި އިސްރާއީލް ސިފައިން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން ކޮންމެ ދުވަހަކު ވެސް ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވެއެވެ. އާއްމު ރައްޔިތުން ދިރިއުޅޭ ގޮތަކަށް އާމާޒުކޮށް ކުއްލިއަކަށް ދެމުންދާ ހަމަލާތަކުގައި އާއިލާތައް އެއްކޮށް ޝަހީދުވެގެންދެއެވެ. ބައެއް ފަހަރު އެއާއިލާއަށް ނިސްބަތްވާ އެކަކު މަދުފަހަރެއްގައި ހަނި ފުރުސަތަކުން ސަލާމަތްވާ ފަހަރު ވެސް އާދެއެވެ. އެގޮތަށް އާއިލާތަކުން ސަލާމަތްވި އެއް ކުއްޖަކީ ހޫރު ނަސީރެވެ.

ގައްޒާގެ ޑެއިރް އަލްބާލާ އަވަށުގައި ދިރިއުޅުމުންދިޔަ އެއާއިލާގެ ގެއަށް އިސްރާއީލު ސިފައިން ހަމަލާދީފައިވަނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހެވެ. ވައްޓާލި ބޮމާއެކު ހޫރުގެ މަންމައާއި ބައްޕަ އަދި އެ އަންހެން ކުއްޖާގެ ތިން ބޭބެ ވަނީ ޝަހީދުވެފައެވެ.

ބޭރުގެ މީޑީއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދޮޅު އަހަރުގެ ހޫރު ސަލާމަތްވެފައިވަނީ ހަނިފުރުސަތަކުން މާތްﷲގެ ކުޅަދުންވަންތަކަމުންނެވެ. އެތުއްތު ކުއްޖާ ދުނިޔޭގައި ހުރި ނަމަވެސް އެކުއްޖާއަށް މިއަދު ވަނީ ވަރަށް ބޮޑަށް ބޭސްފަރުވާ ބޭނުންވެފައެވެ.

މިހާރު ވެސް ހޫރަށް ފަރުވާ ދެމުންދާއިރު، ލިބުނު ޒަހަމްތަކާއި ގުޅިގެން އެކުއްޖާގެ ކަނާ އަތް ވަނީ ބުރިކޮށްލާފައެވެ. އަދި ބޮލަށާއި، ފައިގައި ވެސް ވަރަށް ގިނަ ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ. އެކުއްޖާއަށް ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. ޑޮކްޓަރުންނާއި ހަވާލާދީ ފާތިމަތު ބުނެފައިވަނީ ހޫރު އިތުރު އޮޕަރޭޝަންތައް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ގައްޒާއިން މިދަނޑިވަޅު އެކަށީގެންވާ ފަރުވާއަށް ދެވިދާނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ. އަދި ގެއްލިފައިވާ އަތުގެ ބަދަލުގައި ޕްލާސްޓިކް އަތެއް ޖެހޭނެ ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ.

ހޫރު ބަލަމުންދަނީ އޭނާގެ ދައްތަ އެއް ކަމަށްވާ ފާތިމަތު ނަސީރެވެ. އެކުއްޖާ ފެންކަޅިވެ، ސިހިސިހިގެންދާއިރު، ހަމައެކަށް އެޅުވުމަށް ފާތިމަތު އަބަދުވެސް މަސައްކަތް ކުރެއެވެ. ނަމަވެސް ހޫރު އާއްމު ހާލަތަކަށް ދިއުމަށް ދުވަސްނަގާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

24 އަހަރުގެ ފާތުމަތު ބުނެފައިވާ ގޮތުގައި ހޫރު މިއަދު ވެސް އެންމެ ބޭނުންވަނީ އޭނާގެ މަންމައާއި ބައްޕައެވެ. އެ ދެމީހުންގެ ޚިދުމަތްތައް އެހެން މީހަކަށް ފޫ ބަައްދައިނުދެވޭނެ ކަމަށް ފާތިމަތު ބުންޏެވެ.

ހޫރު މިއަދު ތަހައްމަލް ކުރަމުން އެދަނީ ބޮޑެތި ވޭންތަކެކެވެ. އެމަންޒަރުތައް ބަލަން އެހެން މީހުންނަށް ވެސް އަސަރުކުރެއެވެ. އެ އުމުރުގައި އަތް ނެތުމުގެ ސަބަބުން ހޫރަށް މިއަދު ވަރަށް ބޮޑަށް ސަމާލުކަން ބޭނުންވެއެވެ. ކުޅޭ އެއްޗެއްގައި ނުހިފޭއިރު، އެކުއްޖާއަކީ ވެސް އެހެން ކުދިންނެކޭ އެއްފަދައިން ކުޅުމުގައި ޝާމިލްވެ އުޅެން ބޭނުންވާ ކުއްޖެކެވެ. މި ޒަހަމްތަކާއި އަނިޔާތައް ވުމުގެ ކުރިން އެކުއްޖާއަކީ އުފާވެރި އާއިލާއެއްގައި ކުޅެ، ދުވެ ހީސަމާސާކޮށް އުޅުނު ހަލަނި މަޖާ ކުއްޖެކެވެ. ނަމަވެސް އިސްރާއީލްގެ ޔަހޫދީން ދިން ލާއިންސާނީ ހަމަލާއެއްގައި އެ ތުއްތު ކުއްޖާގެ މުޅި ދިރިއުޅުން މިވަނީ ހަލާކުވެގެން ގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

2017: ޚާރިޖީ ސިޔާސަތު ލާހޫރުނު އަހަރެއް

2017: ޚާރިޖީ ސިޔާސަތު ލާހޫރުނު އަހަރެއް

18 ނޮވެމްބަރު 2017
މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

04 އޮކްޓޯބަރު 2017
ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!

ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!

02 އޮކްޓޯބަރު 2017
ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ

ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ

01 އޮކްޓޯބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު