Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ލީގު ހޯދުމަކީ އުނދަގޫ ކަމެއް: ޒަވީ

ބާސެލޯނާ އާއި އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެެމެދު އޮތް ފަރަގު ވަނީ 10 ޕޮއިންޓަށް ބޮޑުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ފެބުރުއަރީ 2024 | އަންގާރަ 01:04
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

މި ސީޒަންގެ ސްޕެނިޝް ލީގުގެ ތަށި ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް، ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނީ، ލީގުގައި ގްރަނަޑާއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ އެއްވަރުވުމުންނެވެ. އެ މެޗުން އެއްވަރުވުމާއެކު، ބާސެލޯނާ އާއި އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެެމެދު އޮތް ފަރަގު ވަނީ 10 ޕޮއިންޓަށް ބޮޑުވެފަ އެވެ. އެހެންކަމުން، މި ސީޒަންގެ ސްޕެނިޝް ލީގު ކާމިޔާބު ކުރުމަކީ އެ ޓީމަށް އުނދަޫ ކަމަކަށް ވާނެ އެވެ.

އެންމެ ފަހުން ބާސެލޯނާ އަށް މިދިޔަ ސީޒަންގައި ވެސް ސްޕެނިޝް ލީގު ކާމިޔާބު ކޮށްދިން ޒަވީ ބުނީ، ބާސެލޯނާ އަށް ލީގު ދިފާއު ކުރުމަކީ މިހާރު އުނދަގޫ ކަމެއް ކަމަށެވެ. ޚާއްސަކޮށް ގްރަނަޑާ މެޗަށްފަހު، އެކަން އިތުރަށް އުނދަގޫ ވެއްޖެ ކަމުގައި ވެސް ޒަވީ ބުންޏެވެ. އޭނާ ސިފަ ކުރި ގޮތުގައި އެ މެޗަކީ ބާސެލޯނާ އަށް މޮޅުވެވޭނެ މެޗެކެވެ. އެހެން ނަމަވެސް މެޗު އެއްވަރުވެ، ގެއްލުމީ މުހިންމު ދެ ޕޮއިންޓު ކަމަށް ވެސް ޒަވީ ބުންޏެވެ.

މީގެ އިތުރުން ޒަވީ ބުނީ އެއް ވަނައިގައި އޮތް ރެއާލާ ދެމެދު އޮތް ފަރަގު ވެސް ބޮޑުވެއްޖެ ކަމަށާއި، ނަމަވެސް އަދިވެސް ލީގު ކާމިޔާބު ކުރުމަކީ ނުވާނެ ކަމަކަށް ނުވާނެ ކަމަށެވެ. އޭނާ ބުނީ ބާސެލޯނާ އަށް ފެއިލްވެވެން ނެތް ކަމަށާއި، ހިތްވަރާއެކު މަސައްކަތްކޮށްގެން ކުރިއަށް ދާން ޖެހޭ ކަމަށެވެ.

މިހާތަނަށް ލީގުގައި ކުޅުނު 24 މެޗުން 51 ޕޮއިންޓާއެކު ބާސެލޯނާ އޮތީ ތިން ވަނަައިގަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި ރެއާލަށް 61 ޕޮއިންޓު ލިބޭއިރު، ދެ ވަނައިގައި އޮތް ޖިރޯނާ އަށް ލިބެނީ 56 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު