Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މައުމޫން

ތީމުގޭ އޮޑިޓް ރިޕޯޓުގެ މައްސަލައިގައި އޭސީސީން ރައީސް މައުމޫނުގެ ބަޔާން ނަގަައިފި

ރައީސް މައުމޫންގެ ބަޔާން ނެގީ އަންގާރަ ދުވަހު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 1 އޯގަސްޓު 2017 | އަންގާރަ 12:05
ރައީސް މައުމޫން އަބްދުލްގައްޔޫމް

ރައީސް މައުމޫން އަބްދުލްގައްޔޫމް

ތީމުގޭ އޮޑިޓް ރިޕޯޓުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބަޔާން ނަގައިފި އެވެ.

ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ރާއްޖެއެމްވީއަށް ވިދާޅުވީ އޭސީސީގެ ތަހުގީގު ޓީމެއް އަންގާރަ ދުވަހު ރައީސް މައުމޫންގެ އޮފީހަށް ގޮސް، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅޭ ގޮތުން ބަޔާނެއް ނަގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ތީމުގޭގެ 2007 އަދި 2008 ވަނަ އަހަރު އޮޑިޓް ރިޕޯޓާއި ގުޅިގެން ރައީސް މައުމޫންގެ ބަޔާނެއް ނެގުމަށް އޭސީސީން އެމަނިކުފާނަށް ސިޓީއެއް ފޮނުއްވީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. އެ ސިޓީގައި ބުނެފައިވަނީ އެމަނިކުފާނަށް ފަސޭހަފުޅު ވަގުތެއް އަންގަވާލަ ދެއްވުމުން ކޮމިޝަނުގެ ޓީމެއް އެމަނިކުފާނު ހުންނަވާ ތަނަކަށް ދާނެ ކަމަށެވެ.

ނަމަވެސް، ރައީސް މައުމޫން ވިދާޅުވީ ބަޔާން ދެއްވާނީ އޭސީސީއަށް ވަޑައިގެން ކަަމަށާއި، އެތަނުގައި މީޑިއާ ވެސް ހާޒިރުވެތިބެން ވާނެ ކަމަށެވެ. އޭސީސީއަށް ވަޑައިގެންނެވޭނެ ފަސޭހަފުޅު ވަގުތަކާއި ތާރީޚަކާއެކު ޖުލައި 2 ވަނަ ދުވަހު ރައީސް މައުމޫން އޭސީސީއަށް ސިޓިއެއް ފޮނުއްވި އެވެ.

ނަމަވެސް، އޭސީސީން ބުނެފައިވަނީ ރައީސް މައުމޫނު އޭސީސީއަށް ވަޑައިގެންނެވުމަކީ އެ ކޮމިޝަންގެ އުސޫލާ ހިލާފު ކަމަކަށް ވާތީ، ރައީސް މައުމޫނުގެ ބަޔާން ނަގާނެ ގޮތެއް ކޮމިޝަންގައި މަޝްވަރާކުރުމަށް ފަހުގައި ނިންމާނެ ކަމަށެވެ.

އެ ސިޓީ ފޮނުއްވި ފަހުން ޖުލައި 8 ވަނަ ދުވަހު ރައީސް މައުމޫން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ކުރިން އޭސީސީއަށް ސިޓީއެއް ފޮނުއްވައި، ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ބަޔާން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި 10 އަހަރު ފަހުން ރައީސް މައުމޫނާ ސުވާލުރައްވާއިރު، މި މައްސަލައިގައި ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް އޭސީސީ އަށާއި ޕޮލިހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު