Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފަސްޓް ލޭޑީއާއި އަތްދަބަހުގެ މައްސަލަ

ފަސްޓް ލޭޑީއާއި އަތްދަބަހުގެ މައްސަލަ: ގޮތް ނިންމާނީ ރައްޔިތުން!

ފެޝަންގެ ދުނިޔޭގައި ނަން ހިނގާ ބްރޭންޑެއްގެ، އަގު ބޮޑު ދަބަހެއް، ހަދިޔާއެއްގެ ގޮތުގައި ކިމް ޤަބޫލުކުރައްވާ މަންޒަރު ފެންނަ ވީޑިއޯ ޢާންމު ކުރީ ނޮވެމްބަރު މަހުގެ ތެރޭގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2024 | ބުރާސްފަތި 06:01
ކިމްއަށް ދަބަސް ހަދިޔާ ކުރަމުން، ސިއްރުން އެ މަންޒަރުތައް ރެކޯޑް ކުރި މީހަކީ އުތުރު ކޮރެޔާއާ ގުޅުންތަކެއް އޮންނަ މީހެއް

ކިމްއަށް ދަބަސް ހަދިޔާ ކުރަމުން، ސިއްރުން އެ މަންޒަރުތައް ރެކޯޑް ކުރި މީހަކީ އުތުރު ކޮރެޔާއާ ގުޅުންތަކެއް އޮންނަ މީހެއް

ވާދަވެރި އިންތިޚާބަކަށް ފަހު ޢާންމުންގެ މަންދޫބެއްގެ ގޮތުގަ އެކިއެކި ބާރުތަކާ ޙަވާލުވާ ސިޔާސީ ޝަޚްސުންނަށް ޢަމާޒުވާ ސަމާލުކަމަކީ، ގިނަ ފަހަރަށް ހަމަ އެކަނި އެމީހުންނާ ހިސާބުން ނިމޭ ކަމަކަށް އޮންނަނީ ނުވެފައެވެ. އަނބިދަރިންނާ ހިސާބަށްވެސް އެ ކަން ދެމިގެން ދެއެވެ. ހަސަދަވެރިންނާއި، ފާރަވެރިންނާއި، ޖާސޫސުންނާއި އެފަދަ އެތައް ބައެއްގެ ލޯތަކާއި، ކެމެރާގެ ލެންސްތައް، ރައްޔިތުން އިންތިޚާބު ކުރި މަންދޫބުގެ ޢާއިލާއަށް ހުއްޓެއެވެ. ވެރިކަމުގެ އާރާއިބާރު ލިބޭ ހިސާބުން ދިރިއުޅުމަށް އަންނަ ބަދަލުތަކަށް ކަޅިޖަހާނުލާ ބަލަން ތިބެއެވެ. ވަކިން ޚާއްޞަކޮށް ކެމްޕޭންގެ ދުވަސްވަރު، ވަކިން ބޮޑަށް "ފޯރި" ގަދަވެސްވެއެވެ.

ދާދި ފަހުން، ޢާންމުންގެ އިންސާފުގެ ދަރުބާރަށް ހުށަހެޅުނު އެފަދަ އެއް ބޭފުޅަކީ ދެކުނު ކޮރެއާގެ ފަސްޓް ލޭޑީ، ކިމް ކިއޯން ހީއެވެ. ދެކުނު ކޮރެއާގެ ގިނަ ބަޔަކު މިއަދު ޤަބޫލު ކުރާ ގޮތުގައި، 'ޑީއޯ ދަބަހުގެ މައްސަލައިގެ' ޒިންމާ އުފުލަން ޖެހޭ ފަރާތަކީ ކިމްއެވެ. ހުރިހާވެސް މައްސަލައަކަށް ވީ، އެ ފަދަ އަގު ބޮޑު ދަބަހެއް، ހަދިޔާއެއްގެ ގޮތުގައި ޤަބޫލުކުރެއްވުމެވެ. އެ މަންޒަރުތައް ޢާންމުންނާ ހިސާބަށް ތިލަވީ، ދަބަސް "ހަދިޔާ ކުރި" މީހާ، ސިއްރު ކެމެރާއެއް ބޭނުން ކޮށްގެން، މަންޒަރުތައް ރެކޯޑް ކުރުމުގެ ސަބަބުންނެވެ.

ސަރުކާރު އޮފިޝަލެއްގެ ޙަޔާތުގެ ބައިވެރިޔާ، 2250 ޑޮލަރުގެ އަގުހުރި ދަބަހެއް ޤަބޫލުކުރެއްވުމަކީ، ރިޝްވަތު ދިނުމުގެ ޤާނޫނާ ޚިލާފު ޢަމަލަކަށް ވުން އެކަށީގެންވާކަމަށްވެސް ދެކުނު ކޮރެއާގެ ބައެއް މީހުން ޤަބޫލު ކުރެއެވެ.

ދެކުނު ކޮރެއާގެ ރައީސް، ޔޫން ސުކް ޔިއޯލްގެ ސަޕޯރޓަރުންގެ ފިކުރު ތަފާތެވެ. އެމީހުން ބުނާ ގޮތުގައި ފަސްޓް ލޭޑީ ކިމްއަކީ، އޭނާގެ އަގު ވައްޓާލާ، ކެމްޕޭން ގަޑުބަޑު ކުރުމަށް ބަޔަކު ރޭވި ޣައިރު ޤާނޫނީ ރޭވުމެއްގެ ޝިކާރައަކަށް ވެފައި ވާ މީހެކެވެ.

މާލީ ޚަބަރުތައް ގެނެސްދޭ ނިއުސް ޓޮމާޓޯއިން ޑިސެމްބަރު މަހު ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ސަރވޭއެއްގެ ނަތީޖާއަށް ބަލާއިރު، ކިމްގެ ޢަމަލުތައް ހުރީ ބަލައިގަނެވޭ ފަދަ ގޮތަކަށް ނުންކަމަށް 53 ޕަސެންޓް މީހުން ބުނިއިރު، ލަދު ގަންނަވާލަން ޖެހި ދަންތުރައެއްގެ ޝިކާރައަކަށް ވި ކަމަށް ބުނެފައި ވަނީ އެންމެ 27 ޕަސެންޓް މީހުންނެވެ.

ހަމަ އެ މައްސަލާގައި، ވައިޓީއެން ކޭބަލް ނިއުސްއިން ދާދި ފަހުން ކުރިއަށް ގެންދިޔަ ސަރވޭއެއްގެ ނަތީޖާ ދައްކާ ގޮތުން، 69 ޕަސެންޓް މީހުން ވަނީ، ފަސްޓް ލޭޑީގެ ޢަމަލުތައް ހުރި ގޮތާ ގުޅިގެން ފެންމަތިވެފައި ވާ ވާހަކަތަކާ ގުޅިގެން ރައީސް ޔޫން ތަފްސީލު ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަންތައްތަކެއް ހުރި ކަމަށެވެ. އެ މައްސަލާގައި ރައީސް ޔޫން ދެކެވަޑައިގަންނަވާ ގޮތް ވިދާޅުވެދެއްވަން ޖެހޭ ކަމަށް އެ މީހުން ބުނެއެވެ.

ކަން އެހެން އޮތް ނަމަވެސް، ޔޫންގެ އޮފީހުން އަދި އެއްވެސް އިޖާބައެއް ދީފަ ނެތެވެ. އެހެނއް ކަމަކު، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި، މި މައްސަލާގައި ޔޫން އެއްޗެއް ވިދާޅުވާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފެޝަންގެ ދުނިޔޭގައި ނަން ހިނގާ ބްރޭންޑެއްގެ، އަގު ބޮޑު ދަބަހެއް، ހަދިޔާއެއްގެ ގޮތުގައި ކިމް ޤަބޫލުކުރައްވާ މަންޒަރު ފެންނަ ވީޑިއޯ ޢާންމު ކުރީ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ކިމްއަށް ދަބަސް ހަދިޔާ ކުރަމުން، ސިއްރުން އެ މަންޒަރުތައް ރެކޯޑް ކުރި މީހަކީ އުތުރު ކޮރެޔާއާ ގުޅުންތަކެއް އޮންނަ މީހެކެވެ. އަބްރަހަމް ޗޯއީ ނަމަކަށް ކިއާ އެމީހާ ޤައްސީސެއް ނުވަތަ ޕެސްޓަރ އެއް ކަމަށް ބުނާ އެމީހަކީ، އެމެރިކާ ދަރިކޮޅުގެ މީހެކެވެ.  އޭނާ ކިމްއާ ބައްދަލުކޮށްފައި ވަނީ، އުތުރު ކޮރެއާއާ މެދު ޔޫން ގެންގުޅުއްވާ ހަރުކަށި ސިޔާސަތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށްވެސް އަބްރަހަމް ވަނީ ބުނެފައެވެ.

ކިމްއާއިއެކު ކުރިއަށް ގެންދިޔަ ފުރަތަމަ ބައްދަލުވުމަށްފަހު، ސަރުކާރު ހިންގުމުގައި ކިމްގެ ދައުރު އޮތް ގޮތާ މެދު ކަންބޮޑުވުންތަކެއް އުފެދުނު ކަމަށާ، އެހާ ހިސާބުން ޔޫޓިއުބްގައި ޗެނަލް ހިންގާ ރިޕޯޓަރަކާއެކު މަސައްކަތް ފެށީ ކަމަށްވެސް އަބްރަހަމް ބުނެއެވެ. ކިމް އަށް ދަބަސް ހަދިޔާ ކުރީ ދެވަނަ ބައްދަލުވުމުގައެވެ.

ދެކުނު ކޮރެޔާގެ ފަސްޓް ލޭޑީ ކިމްއަކީ، މީގެ ކުރިންވެސް އިޚްލާސްތެރިކަން ކުޑަވުމުގެ ތުހުމަތު ޢަމާޒުވެ، އެކަމަށް މަޢާފަށްވެސް އެދިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާގެ މަސައްކަތު ތަޖުރިބާގެ އަސްލު އޮޅުވާލާފައި އޮތުމާއި، ޕީއެޗްޑީ ތީސިސްގައި އެހެން ބައެއްގެ މަސައްކަތް ނަކަލު ކޮށްފައި ވާ ކަމަށް ޢިއުތިރާފުވެވަޑައިގެން، 2021 ވަނަ އަހަރު ވަނީ ޢާންމުކޮށް، މަޢާފަށް އެދިވަޑައިގެންފައެވެ.

ޔޫންގެ ރަސްމީ އޮފީހާއި ޕާޓީއާ ދެމެދު "ޑީއޯ ދަބަހުގެ މައްސަލަ" ހޫނުވެ، އަނެއްކާވެސް އެ ވާހަކައިގެ އަޑު ގަދަވެފައި މި ވަނީ، ފަރަންސޭސި ރަންޏެއް ކަމަށްވާ މަޣީ އޮންޓުއަނޭޓްއާއި ފަސްޓް ލޭޑީ ކިމްއާ އެއްގޮތް ކަންތައްތަކެއް ހުރި ކަމަށް ދޭހަވާފަދަ ގޮތަކަށް، ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރެއް ކަމަށް ވާ، ކިމް ކިޔުންގް-ޔުލް ވާހަކަތަކެއް ދެއްކެވި ހިސާބުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"102ނޮޓް އައުޓް" ގެ ފަސްޓް ލުކް ދައްކާލައިފި

"102ނޮޓް އައުޓް" ގެ ފަސްޓް ލުކް ދައްކާލައިފި

21 މެއި 2017
ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި

ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި

18 މެއި 2017
ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ

ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ

12 މެއި 2017
ބަކަރި ނުވަތަ ކަންބަޅިން ސްކޫލް ފީ ދެއްކޭ ގޮތް ޒިމްބާބުވޭގައި ހަދައިފި

ބަކަރި ނުވަތަ ކަންބަޅިން ސްކޫލް ފީ ދެއްކޭ ގޮތް ޒިމްބާބުވޭގައި ހަދައިފި

19 އެޕްރީލު 2017
ދިވެހި ފިލްމް "ވިޝްކާ" ގެ މައްސަލަ ކޯޓުން ބޭރު ކޮށްފި

ދިވެހި ފިލްމް "ވިޝްކާ" ގެ މައްސަލަ ކޯޓުން ބޭރު ކޮށްފި

14 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު