Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ކޮންގްރެސް

ގިނަ ކުލަބުތަކަކަށް އެފްއޭއެމް ކޮންގްރެސް ''ބަންދު''

8 ފެބުރުއަރީ 2024 | ބުރާސްފަތި 04:17

ކުލަބުތަކުން އެދެނީ އަސާސީ ގަވާއިދާ އެއްގޮތަށް ގެންދަން

ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2024 | ބުރާސްފަތި 04:17
އެފްއޭއެމްގެ ކުރީގެ ކޮންގްރެސްއެއްގައި ބައްސާމް ވާހަކަ ދައްކަނީ

އެފްއޭއެމްގެ ކުރީގެ ކޮންގްރެސްއެއްގައި ބައްސާމް ވާހަކަ ދައްކަނީ

މިއަދު ހެނދު ބާއްވާ އެފްއޭއެމް ކޮންގްރެސް އަށް 10 ކުލަބަކުން ބޮއިކޮޓް ކުރަން ނިންމާފައިވާކަން ކަށަވަރުވެއްޖެ އެވެ.

ފީފާއިން ކެންސަލްކުރި އިންތިހާބުގައި ވާދަކުރަން ހުށަހެޅި ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) އަށް ތާއީދުކުރާ ގިނަ ކުލަބުތަކަކުން މިއަދު ހެނދުނު ނުވައެއް ޖަހާއިރު ޗަމްޕާ ސެންޓްރަލްގައި ބާއްވާ އިންތިހާބު ބޮއިކޮޓް ކުރަން ނިންމީ އަސާސީ ގަވާއިދާ ހިލާފަށް ބާއްވާތީ އެވެ.

އެފްއޭއެމުން މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އިއުލާނުކުރީ މި ކޮންގްރެސް ބާއްވާނީ އޮންލައިންކޮށް ކަމަށެވެ. ނަމަވެސް މިކަމާ ގިނަ ކުލަބުތަކަކުން ދެކޮޅު ހަދައި ފީފާ އަދި އޭއެފްސީ އަށް މައްސަލަ ހުށަހެޅުމުން އެންމެން އެއްތަނަކަށް ހާޒިރުވެގެން ކޮންގްރެސް ބާއްވާނެކަން އެފްއޭއެމުން އިއުލާނުކުރީ އިއްޔެ މެންދުރު ފަހު އެވެ.

ނަމަވެސް އެފްއޭއެމުގެ އަސާސީ ގަވާއިދުގައިވަނީ ކޮންގްރެސް ބާއްވާ ތަނާއި ވަގުތު ހަތް ދުވަސް ކުރިން އަންގަންޖެހޭ ކަމަށެވެ. މީގެ އިތުރުން އޮންލައިންކޮށް ބާއްވަން އެންގުމުން ގިނަ ކުލަބުތަކަކުން ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާފައިނުވާ ކަމަށް ވެސް މައުލޫމާތުލިބެ އެވެ.

މިއަދު ހެނދުނު ބާއްވާ ކޮންގްރެސްގެ ކޯރަމް ހަމަނުވެއްޖެނަމަ ދެން ކޮންގްރެސް ބާއްވަން ޖެހޭނީ 24ގަޑިއިރުގެ ތެރޭގައި ކަމަށް ގަވާއިދުގައިބުނެ އެވެ. އެކޮންގްރެސް އަށް ކޯރަމެއް ބޭނުމެއްނުވާނެ އެވެ. މިހެންވެ ކުލަބުތަކުން ދަނީ ފަހުން ކޮންގްރެސްއެއް ބާއްވާނަމަ އަދި މިއަދު އެންމެން ހާޒިރުވެގެން ބާއްވާ ކޮންގްރެސް އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ދިނުމަށް ގޮވާލަމުންނެވެ.

މީގެ އިތުރުން ކްލަބް ވެލެންސިއާ އަށް ދައުވަތު ނުދޭ ކަމަށް އެކުލަބުން ވަނީ ބުނެފަ އެވެ. ނަމަވެސް އެފްއޭއެމުގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވަނީ ވެލެންސިއާ އަށް ދައުވަތު ދިންކަމަށް ބުނެފަ އެވެ.

މި އިންތިހާބާ ގުޅިގެން ވެލެންސިއާ ދެބައިވެ، އިންތިހާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުންނަށް ވެސް ވަނީ ސިޓީ ދީފަ އެވެ. ޓޮމްގެ ކެނޑިޑެސީ ބާތިލްވީ ވެސް ވެލެންސިއާގެ ސިޓީ ބަލައިނުގަންނަން ބާތިލްވި އިންތިހާބާ ކޮމިޓީން ނިންމުމުންނެވެ.

އެފްއޭއެމް ކޮންގްރެސް މި ބާއްވަނީ އެ އިދާރާގައި ސައްހަ އިންތިހާބީ ކޮމިޓީއަކާއި އެޕީލްސް ކޮމިޓީއެއް ނެތުމުން ފީފާއިން އެކަން ކުރަން އެންގުމުންނެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

3

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
26 ޖެނުއަރީ 2017

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް