Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދެ ވަނަ ޑިވިޝަން

ބޮޑު ހަމަނުޖެހުމުގެ މައްސަލަ ބަލަން އެފްއޭއެމުގައި ޑިސިޕްލިނަރީ ކޮމިޓީއެއްނެތް

ޑިސިޕްލިނަރީ ކޮމިޓީ ނެތި އެފްއޭއެމް ހިނގާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ

ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2024 | ބުރާސްފަތި 03:25
ވިކްޓަރީ އާއި ކުޑަހެންވޭރު ކުޅުނު މެޗުގެ ތެރެއިން

ވިކްޓަރީ އާއި ކުޑަހެންވޭރު ކުޅުނު މެޗުގެ ތެރެއިން

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އިއްޔެ ވިކްޓަރީ އާއި ކުޑަހެންވޭރު ކުޅުނު މެޗުގައި ބޮޑު ހަމަނުޖެހުމެއް ހިނގައި ސަޕޯޓަރުން ދަނޑުމައްޗަށް އަރައި މާރާމާރީ ހިންގައި މެޗު ހުއްޓާލަން ޖެހުނުއިރު، އެކަން ބަލައި ފިޔަވަޅު އަޅާނެ ޑިސިޕްލިނަރީ ކޮމިޓީއެއް އެފްއޭއެމުގައި ނެތެވެ.

ގައުމީ ފުޓްބޯޅަ އިދާރާގެ އެކިއެކި ކޮމިޓީތަކުގެ މުއްދަތު ހަމަވެ، އެކޮމިޓީތަކަށް މީހުން އައްޔަނުނުކޮށް އޮންނަތާ އެތައް ދުވަހެއްވެއްޖެ އެވެ. މިކަން ކަށަވަރުވަނީ މިއަދު ހެނދުނު ބާއްވަން އެފްއޭއެމުން އިއުލާނުކޮށްފައިވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެކުލަވާލަން ހުށަހަޅާފައިވާ ހަތަރު ކޮމިޓީގެ ތެރޭގައި ޑިސިޕްލިނަރީ ކޮމިޓީ ހިމަނާފައިވާތީ އެވެ.

އެފްއޭއެމުން ރޭ ބުނެފައިވަނީ އިއްޔެ މެޗުގައި ހިނގައިދިޔަ ކަންކަމާމެދު ގޮތެއް ނިންމާނީ އެފްއޭއެމުގެ އިމަޖެންސީ ކޮމިޓީން ކަމަށެވެ. އިމަޖެންސީ ކޮމިޓީ އަކީ އެފްއޭއެމުގެ އެކްސްކޯ މެމްބަރުންގެ ތެރެއިން ނަގަންޖެހޭ ތިން މެމްބަރުންގެ ކޮމިޓީއެކެވެ.

އިއްޔެގެ މެޗުގައި ހަމަނުޖެހުން ހިނގައި ސަޕޯޓަރުން ދަނޑަށް އަރައިގަތީ މެޗުގެ 81 ވަނަ މިނިޓްގަ އެވެ. އެއީ ވިކްޓަރީގެ ވަލްޝިއޭވް އެނަޓޯލީ އާއި ކުޑަހެންވޭރުގެ މުހައްމަދު ހާޒިމް ރިފްއަތު ބޯޅަ ހޯދަން އުޅެނިކޮށް އެނެޓޯލީ ކުރި ފައުލަކާ ގުޅިގެންނެވެ. ކުޑަހެންވޭރުން ބުނަނީ އެނަޓޯލީ ހާޒިމަށް ހަމަލާދިނީ ބޯޅަނެތީސް ގަސްތުގައި ކަމަށެވެ. ވިކްޓަރީ ބުނަމުންއައީ އެނަޓޯލީ އަށް މުޅި މެޗުގައި ވެސް ދިޔައީ އަނިޔާކުރަމުން ކަމަށެވެ. މި ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުލުހުން ވެސް ދަނޑަށް އެރި އެވެ.

މިއާއެކު ސަޕޯޓަރުން ދަނޑަށް އަރައި ތަޅައި ގަތުމުން ވިކްޓަރީގެ އެނަޓޯލީ އާއި ކޯޗު ސޮބާހް މުހައްމަދަށް ވެސް އަނިޔާވެ ފަރުވާދޭން ޖެހުނެވެ.

މި ހާދިސާއާ ގުޅިގެން މެޗު ކުރިއަށް ނުގެންދެވި ގާތްގަނޑަކަށް އިރުއޮއްސި 18:30ވީއިރު ވެސް ކުޅުންތެރިން ތިބީ ދަނޑުމަތީގަ އެވެ. އެއިރު ގަލޮޅު ދަނޑު އޮތީ މުޅިން އަދިރިވެފަ އެވެ. މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅެން ހަމަޖައްސާފައި އޮތީ ހަވީރު އެވެ. އެއީ ގަލޮޅު ދަނޑުގެ ބޮކިދަނޑިތައް ހަލާކުވެ، ދިއްލޭގޮތް ނުވެފައިވާތީ އެވެ.

މި މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ވާދަކުރާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު