Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު

ކަޑައެއް ނުޖަހާނެ، އެކަމަކު ބަޖެޓުގައި ނެތަސް ކުރާނެ!

މިހާތަނަށް އައިއިރު، ސަރުކާރަށް ހަރުދަނާ އެންމެ ކަމެއް ވެސް ނުކުރެވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2024 | ބުދަ 09:39
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

މިހާރު އުފެދިފައި މި އޮތް ސަރުކާރަށް ތިން މަސް ހަމަވާން ކައިރިވެފައިވާއިރު، މިހާތަނަށް ކުރެވުނު ހަރުދަނާ ހަމަ އެންމެ ކަމެއް ވެސް ނެތީ އެވެ. މި ވާހަކަ މި ދަންނަވަނީ، ބައެއް ބޭފުޅުން އަޅުގަނޑު ދެކެ ރުޅި އަންނާނެ ކަން ވެސް އެނގި ހުރެ އެވެ. އެކަމާ ހަމަ ކުޑަ ވެސް ފަރުވާލެއް ނެތެވެ. ސަރުކާރަށް ތިން މަސް ވާން ކައިރިވެފައިވާއިރު، އަތޮޅު ތެރޭގައި އެއްވެސް ކަމެއް ނުހިނގަ އެވެ. ކުރީ ސަރުކާރުގައި ފަށާފައި ހުރި ބައެއް މަޝްރޫއުތައް، ސަރުކާރު ބަދަލުވުމާއެކު ހުއްޓުނު ގޮތަށް އެ އޮތީ ހުއްޓިފަ އެވެ. ބައެއް ކަންކަން މި ސަރުކާރުން ކުރަމުން ގެންދިޔަ ނަމަވެސް، އެއީ ކުރީ ސަރުކާރުގައި ފަށާފައި ހުރި ކަންކަމެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒަކީ، ބަހާއި އަމަލާއި އަދި ދައްކަވާ ވާހަކަފުޅުތައް ވެސް ދިމާނުވާކަމުގެ ސާފު ރެކޯޑެއް އޮތް ބޭފުޅެކެވެ. ލައްކަ ހުވަފެނާއި، ލައްކަ އަވާމެންދުރު ރައްޔިތުންނަށް ދައްކަވައިގެން ވެރިކަމަށް ވަޑައިގެން، އަދި މި އުޅެނީ ހަމަ އެއްވެސް ވަރެއް ނުވެގެންނެވެ. އަދި ފެންނަނީ އަމިއްލަ ޕާޓީގެ ކުދިން ކޮޅަށް ވަޒީފާ ދެއްވުމާއި، އަމިއްލަ އާއިލާ ބޭފުޅުންނަށް މަޤާމުތައް ދެއްވުމުގަ އެވެ. ހަރުދަނާ ހަމަ އެންމެ ކަމެއް ވެސް މި ސަރުކާރަށް އަދި ކުރެވިފައެއް ނެތެވެ. ސަރުކާރަށް ތިން މަސް ވެގެންދާއިރު، އަދި ހަމަ ސުމެއްގަ އެވެ.

ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދުފުޅާ އެއް ގޮތަށް، ރައީސް މުޢިއްޒު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ބުދަ ދުވަހު ވަޑައިގެންނެވީ ތ އަތޮޅު ގުރައިދޫ އަށެވެ. އެއީ ރިޔާސީ އިންތިޚާބުގައި ނިސްބަތުން އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުންނެވެ. އެއީ ސަރުކާރުގެ ވަރަށް މުހިންމު ވައުދުފުޅެއް ކަމަށް، ސަރުކާރުން ދެކިވަޑައިގަންނަވަނީ ހެއްޔެވެ؟ އާދޭހެވެ! އެހެންވީއިރު، އަތާއި ފައިން ހަން ދަންދެން، މިފަހަރު ވެސް އަތް ޖައްސަވާށެވެ.

ގުރައިދޫއަށް ވަޑައިގެންނެވުމުގެ ކުރިން، ތ އަތޮޅު ދިޔަމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވާ، ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅަށް އަލިއަޅުވާލުން މުހިންމެވެ. މޮޅު، އިޤްތިޞާދީ މާހިރު، ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތައް ނުބައްލަވާ، ކަޑަ ޖައްސަވާ ވެރިޔަކަށް ނުވާނެ ކަމަށެވެ. މާލީ ދަތިކަމުގެ ސަބަބުން، ސަރުކާރުން ރަށްރަށުގައި ހިންގަން ރާވާފައިވާ ތަރައްޤީގެ މަޝްރޫއުތައް ނުފެށިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރެއްވި އެވެ. އެ ވާހަކަފުޅު ތަކާއެކު، ރައީސްގެ ސަޕޯޓަރުންނަށް ހީވީ، ދެ ޢީދު އެއް ފަހަރާ އައިސްގެން އުޅޭ ހެންނެވެ. އެއްވެސް ކަމެއް އޮޅުވާލެއްވުމެއް ނެތި، ރައްޔިތުންނަށް ކޮންްމެ ކަމެއް ސާފުކޮށް ވިދާޅުވެ ދެއްވާތީޔޯލައެވެ!

ދެން ޖެހިލާނީ ގުރައިދޫގައި ދެއްކެވި ވާހަކަފުޅަށެވެ. އެ ރަށުގައި ވިދާޅުވި މުޅިން އެހެން ރާގެއްގެ ލަވަ އެކެވެ. ގުރައިދޫގަައި ހުންނަވާ ރައީސް ވިދާޅުވީ، ބަޖެޓުގައި ނެތް ނަމަވެސް، އެ ރަށުގައި އެއާޕޯޓު ޤާއިމު ކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަަމަށެވެ. ރައީސް ވިދާޅުވީ، ބަޖެޓުގައި ނެތް ކަންކަންް ކުރެވޭނެ ކަން މި ސަރުކާރުން މީގެ ކުރިން ވެސް ސާބިތު ކޮށްދީފައިވާނެ ކަމަށެވެ.

ދެން ވެސް މި ދަނޑިވަޅުގައި އެއްޗެއް ބުނެލާނަމެވެ. މިކަމުގައި ވެސް ގޯސް ވާނީ އަޅުގަނޑުކަން އެނގި ހުރެ އެވެ. އެކަމަކު ވެސް، އެއްވެސް ފަރުވާލެއް ނެތެވެ. އަތޮޅުތެރޭގެ ދަތުރުފުޅުތައް ފެއްޓެވީ ވަރަށް އެހެން ކަހަލަ ވަގުތެއްގަ އެވެ. ސަރުކާރުން ގިނަ ގޯސްތަކެއް ހަދައިފައި ވަނިކޮށެވެ. މި ސަރުކާރު ގެންނަން މަސައްކަތް ކުރި ގިނަ ރައްޔިތުން ވެސް "އަލިފާން" ރުޅި ސަރުކާރު ދެކެ އައިސްފައިވާ ވަގުތެއްގަ އެވެ. ބޯ މައްޗަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ.

ރަށްރަށަށް ވަޑައިގެން ރައީސް އުޅުއްވާއިރު، ސަރުކާރުގެ ބޭބޭފުޅުން ވިދާޅުވަމުން ގެންދަަވަނީ، އެއީ އެއްވެސް ޙާލެއްގައި މަޖިލިސް އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ދަތުރުފުޅެއް ނޫން ކަމަށެވެ. އެވާހަކަ ޤަބޫލު ކުރާނެ ބަޔަކު ވެސް ތިބެދާނެ އެވެ. އެކަމަކު، ހަމަބުއްދިން ވިސްނައި، ހިނގަމުން މިދާ ކަންކަމަށް ނަޒަރު ހިންގާލާނަމަ، ހަމަ އެންމެ ރައްޔިތަކު ވެސް އެއިން ވާހަކަ އެއް ޤަބޫލު ނުކުރާނެކަން ޔަގީން ކަށަވަރެވެ. ސަބަބު ވެސް ބުނެލަދޭނަމެވެ. ރައީސް ވަޑައިގަންނަވާ ހަމަ ކޮންމެ ރަށެއްގައި ވެސް، ޕޯޑިއަމް ދޮށުގައި ހުއްޓި ވަޑައިގެން، އެންމެ ފުރަތަމަ ވެސް ވިދާޅުވަނީ ސަރުކާރަކަސް، މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ވާހަކަފުޅެވެ.

ރައީސް އެކަންޏެއް ވެސް ނޫނެވެ. މި ސަރުކާރުގެ ހުންނެވި ހަމައެކަނި ސީނިއަރ މިނިސްޓަރު، ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވެސް ވިދާޅުވީ އެ ވާހަކަ އެވެ. ރަށްރަށުގައި ތަރައްޤީގެ މަޝްރޫއުތައް ހިންގަން ބޭނުންވާ ނަމަ، ސަރުކާރަށް މެޖޯރިޓީ ދޭން ޖެހޭ ވާހަކަ އެވެ. މިކަމުގައި ވެސް އަދުރޭ ބައި ކޮޅަށް ލަނޑެއް ޖައްސަވައިފި އެވެ. މީގެ ކުރިން ވިދާޅުވެފައި ވަނީ، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، އިދިކޮޅަށް ސަރުކާރު ޖަވާބުދާރީ ކުރުމަށް އުނދަގޫވާނެ ކަމަށެވެ.

މިއީ މުޅިން ވެސް މިކަހަލަ ތާކުންތާކު ނުޖެހޭ، ދޯހަޅި ކަންތައްތައް ކުރާ އަދި އެ ކަހަލަ ވާހަކަ ދައްކާ ސަރުކާރެކެވެ. ރައްޔިތުން ވެސް ޤަބޫލު ކުރެ އެވެ. ސަރުކާރާއި، ސަރުކާރެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަންޓް ޔަޤީން, އެކަމަކު ރަށްރަށް ކަނު އަނދިރީގައި

ކަރަންޓް ޔަޤީން, އެކަމަކު ރަށްރަށް ކަނު އަނދިރީގައި

17 ނޮވެމްބަރު 2017
ރައީސް ނަޝީދަށް ކުރިމައްޗެއް ނުލެވޭނެޔޯ؟ އެކަމަކު ނަޝީދުގެ އެންޓި ކެންޕޭން

ރައީސް ނަޝީދަށް ކުރިމައްޗެއް ނުލެވޭނެޔޯ؟ އެކަމަކު ނަޝީދުގެ އެންޓި ކެންޕޭން

09 ނޮވެމްބަރު 2017
ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!

10 އޮކްޓޯބަރު 2017
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު