Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލެޓު ދިނުމަށް ގޮވާލާ ހުށަހެޅި މައްސަލަ

ފްލެޓު ދިނުމަށް ގޮވާލާ ހުށަހެޅި މައްސަލައިގެ ވޯޓުގައި ސަރުކާރުގެ މެންބަރުން ބައިވެރިނުވި

ސަރުކާރުގެ މެންބަރުން ތިއްބެވީ މަޖިލިސް ކުރާ ގޯތިތެރޭގައި

އަމްނާ އިމާދު
އަމްނާ އިމާދު | 7 ފެބުރުއަރީ 2024 | ބުދަ 05:19
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން- ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން- ފައިލް ފޮޓޯ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފްލެޓް ލިބޭ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ފްލެޓު ދޫކުރުމަށް ގޮވާލައި ހުށަހެޅި މައްސަލާގެ ވޯޓުގައި ބައިވެރިނުވެ ސަރުކާރުގެ މެންބަރުން ޖަލްސާއިން ނުކުމެވަޑައިގެންފިއެވެ.

ބުދަ ދުވަހު ކުރިއަށް ގެންދާ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާއަށް ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މައްސަލަ ހުށަހަޅުއްވާފައެވެ.

މިމައްސަލައަށް ބަހުސް ކުރުމަށް ފެންނަ ކަމަށް ވޯޓަށް އެހުމުން ވޯޓު ދެއްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 24 މެންބަރުންނެވެ.

މައުލޫމާތު ލިބޭގޮތުގައި ސަރުކާރުގެ މެންބަރުން ތިއްބެވީ މަޖިލިސް ކުރާ ގޯތިތެރޭގައެވެ.

މެންބަރު އިވާ ހުށަހެޅުއްވި މިމައްސަލާގައި ބުނެފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލައަކީ އަދިވެސް ހައްލުނުވެ އޮތް މުހިންމު މައްސަލައެއް ކަމަށްވީއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފްލެޓު ދޫކުރުމަށް ހިންގާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފަރާތަށް ފްލެޓް ލިބިފައިވާ ކަމަށް އާއްމުކުރި ދާއިމީ ލިސްޓް ނެރުން ވެގެންދިޔައީ އެތައް ހާސް އާއިލާއަކަށް ރީތި ސާދާ ދިރިއުޅުމެއް އުޅެވޭނެކަމުގެ ފޮނި އުންމީދަކަށެވެ. ނަމަވެސް އެކި ސަބަބުތަކާއި ހުރެ ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ލަސްވެގެން ދިއުމުގެ ސަބަބުން ފްލެޓްތަކުގެ ހައްގުވެރިންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބޭ ކަމަށެވެ. ފްލެޓްގައި ދިރިއުޅެވެންދެން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ ބޮޑުބައެއް ދިރިއުޅެވޭނެ ތަނަކަށް ހަރަދުކުރަންޖެހޭ ފަރާތްތައް ގިނަ ކަމަށެވެ. ހަމައެހެންމެ އާއިލާގެ މެންބަރުންނާއެކު ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅެންޖެހިފައިވާ އެކަތަކެއް އާއިލާއެއް ލިބި ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ބުނެފައިވަނީ މިމައްސަލާގައި ފްލެޓްތައް ދީފައިވާ ގޮތާމެދު ގިނަ ޝަކުވާތަކެއް ހުށަހެޅި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކަމުގެ ތަހުގީގެއް ހިންގާފައިވާއިރު، ފްލެޓް ލިބުމުގެ ޝަރުތު ހަމަވާ އެއްވެސް މައްސަލަ ނެތް ފްލެޓްތަކުގެ ހައްގުވެރިންނަށް އިތުރު ލަސްކުރުމަކާ ނުލައި ފްލެޓްތައް ދޫކުރުމަށާއި، ދަތި ހާލުގައި އާއިލާ ބިނާކުރަމުންދާ ފަރާތްތަކުގެ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަށް މިއީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކެންޖެހޭ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް މިމަސައްކަތް ކުރިއަށް ގެންދެވުމަށް ވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު