Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެެލްސީ

އެންމެން މިތިބީ އެކުގައި: ޕޮޗެޓީނޯ

ވެރިންގެ ހިތްވަރާއި، ސަޕޯޓު ވެސް ލިބުނުކަަން ފާހަގަކޮށް އޭނާ ބުނީ، އެކަމުގައި އެންމެން ތިބީ އެކުގައި ކުރިއަށް ދާން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ފެބުރުއަރީ 2024 | ބުދަ 01:58
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީއާއެކު ކުރިއަށް ދާން އެންމެން ތިބީ އެކުގައި ކަމަށް އެ ޓީމުގެ ކޯޗު މަައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ޕޮޗެޓީނޯ މިހެން ބުނީ، އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ޗެލްސީ ގަދަ 10 އިން ވެސް ބޭރުވެފައި ވަނިކޮށެވެ. ޗެލްސީގެ ނަތިޖާތައް ދަށްވެފައިވާއިރު، ޕޮޗެޓީނޯ އަށް އިންތިހާ އަށް ފާޑު ކިޔުންތައް ވެސް އަމާޒުވެ އެވެ. އަދި ކުލަބުގެ ވެރިންގެ ޕްރެޝަރު ވެސް އޭނާ އަށް ބޮޑުވާ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅިގެން ޕޮޗެޓީނޯ ބުނީ، ވުލްވްސް މެޗުގެ ފަހުން ވެސް، ކުލަބުގެ ވެރިންގެ ފަރާތުން އޭނާ އަށް ލިބުނީ ރަނގަޅު މެސެޖެއް ކަމަށެވެ. އަދި ވެރިންގެ ހިތްވަރާއި، ސަޕޯޓު ވެސް ލިބުނުކަަން ފާހަގަކޮށް އޭނާ ބުނީ، އެކަމުގައި އެންމެން ތިބީ އެކުގައި ކުރިއަށް ދާން ކަމަށެވެ. ކުޅުންތެރިންނަށް ވެސް އެކަން ވިސްނައި ދީފައި އޮންނާނެ ކަމަށް ޕޮޗެޓީނޯ ބުންޏެވެ.

މީގެ އިތުރުން ޕޮޗެޓީނޯ ބުނީ، ކުޅުންތެރިންނަށް އޭނާ ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށާއި، އެކަން ކުޅުންތެރިން ގާތު ވެސް ބުނެފައިވާނެ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް، ކުރިއަށް އޮތް ތަނުގައި ކުޅުންތެރިންނަށް ކުރާ އިތުބާރު ބޮޑު ވާނެ ކަމަށާއި، އެމީހުންނަށް ދޭ ސަޕޯޓު ވެސް ބޮޑު ވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ހަމައެހެންމެ، އޭނާ އަކީ އާދައިގެ ވެރިއެއް ނޫން ކަމަަށާއި، މުޅި ޗެލްސީ ކުޅުންތެރިންގެ ލީޑަރަކީ އޭނާ ކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ. އެހެންކަމުން އިތުބާރާއެކު ކުރިއަށް ގޮސް، ޙާލަތު ރަނގަޅު ކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މި ސީޒަންގެ ލީގުގައި މިހާތަނަށް ޗެލްސީ ވަނީ 23 މެޗެއް ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ ނުވަ މެޗުން މޮޅުވެފަ އެވެ. ހަތަރު މެޗުން އެއްވަރުވެފައިވާއިރު، 10 މެޗުން ވަނީ ބަލިވެފަ އެވެ. މިހާތަނަށް ލިބުނު 31 ޕޮއިންޓާއެކު އެ ޓީމު އޮތީ 11 ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2019

ޓޮޓެންހަމްގެ ކޯޗުކަން ޕޮޗެޓީނޯ ދޫކޮށްލަނީ

19 ނޮވެމްބަރު 2019
ޓޮޓެންހަމްގެ ކޯޗުކަން ޕޮޗެޓީނޯ ދޫކޮށްލަނީ
29 ޖޫން 2019

ޓޮޓެންހަމަށް ކުޅުންތެރިން ގެނައުމުގެ ބާރެއް އަހަރެން އަތުގައި ނެތް: ޕޮޗެޓީނޯ

29 ޖޫން 2019
ޓޮޓެންހަމަށް ކުޅުންތެރިން ގެނައުމުގެ ބާރެއް އަހަރެން އަތުގައި ނެތް: ޕޮޗެޓީނޯ
10 އެޕްރީލު 2019

ކޭންއަށް ލިބުނު އަނިޔާއާ އެކު ސީޒަނުގެ ބާކީބައި ނުކުޅެވުން ގާތް: ޕޮޗެޓީނޯ

10 އެޕްރީލު 2019
ކޭންއަށް ލިބުނު އަނިޔާއާ އެކު ސީޒަނުގެ ބާކީބައި ނުކުޅެވުން ގާތް: ޕޮޗެޓީނޯ
19 ޑިސެމްބަރު 2018

ޕޮޗެޓީނޯ ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރަނީ!

19 ޑިސެމްބަރު 2018
ޕޮޗެޓީނޯ ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރަނީ!
04 ނޮވެމްބަރު 2018

ރައީސް ޕެރޭޒް ބޭނުންވަނީ ރެއާލްގެ ކޯޗަކަށް ޕޮޗެޓީނޯ ގެންނަން!

04 ނޮވެމްބަރު 2018
ރައީސް ޕެރޭޒް ބޭނުންވަނީ ރެއާލްގެ ކޯޗަކަށް ޕޮޗެޓީނޯ ގެންނަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު