Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އަލްގީ ދަނޑުން

މަގުމަތީގެ އަޑުފަށްގަނޑު ގަދަވާތީ އުނދަގޫވޭތަ؟ އަލްގީ 'ދަނޑުން' ފިލާވަޅު ލިބިގަންނަމާ؟

އަލްގީވޭވްއިން ޢަމާޒު ހިފާފައި ވަނީ، ވެށި ސާފު ކުރުމާއެކު، ދެމެހެއްޓެނިވި ހަކަތަ ނުވަތަ ތެލުގެ މަސްދަރެއް ތަރައްޤީ ކުރުމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2024 | އަންގާރަ 07:06
ދިރާސާ ޓީމުން ބުނާ ގޮތުގައި އަލްގީވޭވްގެ ސަބަބުން، ބަޔޯމާސް އުފެއްދޭ މިންވަރު 30 ޕަސެންޓް އިތުރުވޭ، އަދި 27 ޕަސެންޓް ޚަރަދު ކުޑަވޭ

ދިރާސާ ޓީމުން ބުނާ ގޮތުގައި އަލްގީވޭވްގެ ސަބަބުން، ބަޔޯމާސް އުފެއްދޭ މިންވަރު 30 ޕަސެންޓް އިތުރުވޭ، އަދި 27 ޕަސެންޓް ޚަރަދު ކުޑަވޭ

އަބަދުވެސް ވަގުތު ކުޑަތަންވެގެން އުޅެން ޖެހިފައި އޮތް އަދުގެ ދުނިޔޭގައި، އެމީހަކަށް ހޯދުނު ގޮތަކަށް ލުއި ފަސޭހާ މަގުތައް ހޯދައެވެ. ނަމަވެސް އެ ހޯދާ ބައެއް މަގުތަކަކީ ދެމެހެއްޓެނިވި ދިރިއުޅުމަކަށް އެންމެ އެކަށޭނަ މަގަކަށް ނުވަތަ ގޮތަކަށް އޮންނަނީ ނުވެފައެވެ. އެ ބަދަލަކަށް އިންސާނުން ހޭނިފައި އޮތް ބަދަލަކީ ދަތުރުފަތުރުގެ ނިޒާމަށް އައިސްފައި ވާ ލުއިފަސޭހަ ކަމެވެ. އެއްތަނުން އަނެއް ތަނަށް ދިއުމަށް ހޭދަ ކުރަން ޖެހޭ ވަގުތު އެތައް ގުނައެއް ކުޑަކޮށް، ހަށިގަނޑަށް ކުރާ ޖިސްމާނީ ބާރަށް ލުއި ލިއްބައިދިން އެކައްޗަކީ، އިންޖީނު އެޅި އުޅަނދުތަކެވެ.

ކިތަންމެ ބޮޑު ލުޔެއް ލިބުނު ކަމުގައި ވީ ނަމަވެސް، އެއްގަމު އުޅަނދުތަކުގެ ސަބަބުން ކުރިމަތިލާން ޖެހޭ ގެއްލުންތައް ވަކި މަދެއް ނޫނެވެ. ކުޑައެއްވެސް ނޫނެވެ. މަގުމަތީގެ އެކްސިޑެންޓްތަކާއި، ޖައްވުގެ ތެރެއަށް އަރައިގެންދާ ވިހަ ގޭސްތަކާއި، މެއިންޓަނަންސްއަށް ހިނގާ ޚަރަދުތަކުގެ ވާހަކަދައްކާ ކޮޅުންލާކަށް ނެތެވެ. ނުވިތާކަށް، އުޅަނދުތަކުން ގޮވާ އަޑުފަށްގަނޑުގެ ވާހަކަ ކޮބައި ހެއްޔެވެ؟ މުޅި ވެށީގެ ހިމޭންކަން ނަގާލައި، ތަޣައްޔަރު ކޮށްފިއޭ ދެންނެވުމަކުން ގޯހެއް ނެތެވެ. އުޅަނދުތަކުގެ ސަބަބުން ކުރިމަތިވާ އަޑުގެ ތަޣައްޔަރު ކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދަން އަތުކުރި އޮޅާލި އެއް މަޝްރޫޢަކީ އިނގިރޭސިވިލާތުގެ 'އަލްގީވޭވް'އެވެ.

އަލްގީވޭވްއިން ޢަމާޒު ހިފާފައި ވަނީ، ވެށި ސާފު ކުރުމާއެކު، ދެމެހެއްޓެނިވި ހަކަތަ ނުވަތަ ތެލުގެ މަސްދަރެއް ތަރައްޤީ ކުރުމަށެވެ. މަޝްރޫޢު ކުރިއަށް ދަނީ ލަންޑަންގައެވެ. އެއީ އުޅަނދުތަކުގެ އަޑުފަށްގަނޑުން ތަޣައްޔަރުވެފައި އޮތް ސިޓީތަކުގެ ތެރެއިންވެސް އަރާ އޮތް ސިޓީއެކެވެ. 

އަލްގީވޭވްއިން ތައްޔާރު ކޮށްފައި ވާ އިންޤިބާލީ ނިޒާމު ފަރުމާ ކޮށްފައި ވަނީ، އުޅަނދުތަކުން ބޭރުވާ އަޑުފަށްގަނޑުގެ އެހީގައި މައިކްރޯ-އަލްގީ އުފެއްދޭ މިންވަރު އިތުރު ކުރުމަށެވެ. އެގޮތުން އުފެދޭ މައިކްރޯ-އަލްގީއަކީ، ބަޔޯފިއުލްތައްވެސް އޭގެ ތެރޭގައި ހިމެނޭ އެކި ކަހަލަ ބަޔޯކެމިކަލްތައް އުފައްދަން ބޭނުން ކުރެވޭނެ އެއްޗެކެވެ. ދިރާސާ ޓީމުން ބުނާ ގޮތުގައި އަލްގީވޭވްގެ ޚާއްޞަ ނިޒާމު ފަރުމާ ކޮށްފައި ވަނީ، ވައިޑް-ބޭންޑް ނޮއިސް، ވަކި ފްރީކުއަންސީތަކަކަށް ބަދަލުކޮށް، މައިކްރޯއަލްގީ ހެދިގަތުމަށް ހިތްވަރު ދެނިވި މާޙައުލެއް އުފެދޭނެ ގޮތަކަށެވެ. ވައިޑް-ބޭންޑް ނޮއިސްއަކީ، އަޑު ފޯރާ ހިސާބުގެ ބޮޑު ސަރަޙައްދަތަކަށް ހަކަތަ ފެތުރޭ އަޑުތަކެވެ. މައިކްރޯއަލްގޭ ނުވަތަ މައިކްރޯފައިޓްސް އަކީ އިންސާނާގެ ހަމަ ލޮލަށް ނުފެންނަ މައިކްރޯސްކޯޕިކް އަލްގޭ އެވެ. އެއީ އާންމުކޮށް ސާފު ފެނާއި ކަނޑުގެ ނިޒާމުތަކުގައި ހުންނަ ފައިޓޯޕްލެންކްޓަން ތަކެކެވެ. ފެނާއި، ފެނު ތެރޭގައި އުފެދިފައިވާ އެކި ކަހަލަ މުރަކައާއި ވެލިގަނޑުތަކުގައިވެސް މި ތަކެތި ދިރިއުޅެއެވެ.

ރޯޔަލް ކޮލެޖް އޮފް އަރޓް (އާރްސީއޭ) އާއި ޔުނިވަރސިޓީ ކޮލެޖް ލަންޑަން (ޔޫސީއެލް) ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ޚިޔާލު އައީ، ލަންޑަންގެ ބިމު އަޑިން ދަތުރު ކުރެވޭ ގޮތަށް އަޅާފައިވާ ލަންޑަން އަންޑަގްރައުންޑްއިން ދަތުރު ކުރަމުން ދިޔައިރު އިވުނު އަޑުފަށްގަނޑުގެ ސަބަބުން ކަމަށްވެއެވެ.

އަލްގީވޭވްގެ އިންޤިލާބީ  ނިޒާމު ބަހައްޓާފައި ހުންނަނީ ކާރޫބާރޫ ބޮޑު މަގުތަކުގެ އަރިމައްޗެއްގައެވެ. އެކަތި މައްޗަށް އަނެކަތި ޖެހޭ ގޮތަށް ފަރުމާކޮށްފައި ހުރި މޮޑިއުލްތަކަކީ، އޭގައި، އަޑު ހުއްޓުވާ ހުރަހެކޭވެސް  ބުނެވިދާނެއެވެ. އަދި އެއީ ކުޑަވަރެއްގެ އަލްގީ ދަނޑެކޭވެސް ބުނެވިދާނެއެވެ.

އަލްގީވޭވް އެކުލެވިގެން ވަނީ މައިގަނޑު 3 ބައެއްގެ މައްޗަށެވެ. އެއީ ބައެއް ކަހަލަ އަޑުތަކަށް ބަދަލު ގެނެސްދޭ ރެޒޮނޭޓަރއާއި، އެ ރެޒޮނޭޓަރއަށް އަޑު ސަޕްލައިކޮށްދޭ ޓްވީޓަރ ނުވަތަ ލައުޑް ސްޕީކަރު އަދި އިނގިރޭސި އަކުރުގެ "ޓީ" ގެ ބައްޓަމަށް އޮންނަ ކަނެކްޓަރެކެވެ.

އަލްގީވޭވްއަކީ މަގުމަތިން އިވޭ އަޑުފަށްގަނޑު ދަމައިގަންނަ ނިޒާމެއް އެކަންޏެއް ނޫނެވެ. ވައިގެ ތެރޭގައި ދައުރުވަމުންދާ ކާބަންޑައިއޮކްސައިޑްއާއި، ހަމަލޮލަށް ނުފެންނަ ކުދިކުދި ކުނޑިތަކާއި، އިރުގެ އަވިވެސް އޭގެ ތެރެއަށް ދަމާލައެވެ. އެއާއެކު، އަލްގީ ޢާލާވެ، އުފެދިގެން ދިއުމަށް ހިތްގައިމު މާޙައުލެއް ތަނަވަސް ކުރެވެއެވެ.

އަލްގީވޭވްގެ ތެރެއަށް ދަމާލާ ކާބަންޑައިއޮކްސައިޑް ފިލްޓަރކޮށް، އޮކްސިޖަންއަށް ބަދަލުކުރެއެވެ. އަދި އެ ސަރަޙައްދުގެ ވައި ސާފު ކުރަން އެހީވެދެއެވެ.

ދިރާސާ ޓީމުން ބުނާ ގޮތުގައި އަލްގީވޭވްގެ ސަބަބުން، ބަޔޯމާސް އުފެއްދޭ މިންވަރު 30 ޕަސެންޓް އިތުރުވެއެވެ. އަދި 27 ޕަސެންޓް ޚަރަދު ކުޑަވެއެވެ. އެއީ އެންމެ އިހުގެ އަލްގީ ދަނޑުތަކާ އަޅާ ބަލާނަމައެވެ. މިކަމަކީ ބަޔޯފިއުލްސްއާއި، ބަޔޯފާމަސޫޓިކަލްސް އަދި ކާބޯތަކެތި އުފެއްދުމުގެ ސިނާޢަތަށް މުހިންމު ކަމަކަށް ވާނެއެވެ.

މިދިޔަ ޑިސެމްބަރު މަހު ދުބާއީ ގައި ކުރިއަށް ގެންދިޔަ އދގެ ތިމާވެއްޓާ ބެހޭ އެންމެ ވަރުގަދަ ޖަލްސާ ނުވަތަ ކޮޕް-28ގެ  "ޕްރޯޓޯޓައިޕްސް ފޮރ ހިއުމެނިޓީ" މައުރަޒުގައި، އަލްގީވޭވް ވަނީ، ޢާންމުކޮށް ދައްކާލާފައެވެ.

އަލްގީ ފަރމް

ކޮމެންޓް

އިތުރަށް ކިޔާލަން

ތާ އަބަދު ބަރިސްތާއިން ބަދަލުވެ ތަމްރީނު ދޭން ޖެހޭތީ އުނދަގޫވޭތަ؟ އެހެންވިއްޔާ އެޑަމް ހޯދާ!

ތާ އަބަދު ބަރިސްތާއިން ބަދަލުވެ ތަމްރީނު ދޭން ޖެހޭތީ އުނދަގޫވޭތަ؟ އެހެންވިއްޔާ އެޑަމް ހޯދާ!

11 ޖެނުއަރީ 2024
ބަޑީގެ އަޑުފަށްގަނޑު އިވެމުން ދިޔަ ސޫރިޔާއިން މިއުޒިކް

ބަޑީގެ އަޑުފަށްގަނޑު އިވެމުން ދިޔަ ސޫރިޔާއިން މިއުޒިކް

25 ޖުލައި 2022

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު