Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"ބިންވެރިޔާ" ސްކީމް

"ބިންވެރިޔާ"ގެ ދަށުން ގޯއްޗާ ހަވާލުވުމަށް އިތުރަށް ފުރުސަތު ދޭނަން - މިނިސްޓްރީ

4 ފެބުރުއަރީ 2024 | އާދީއްތަ 14:53

މީގެ ކުރިން މިނިސްޓްރީން ހާމަކުރި މައުލޫމާތުތަކުން، އާދިއްތަ ދުވަހު ގޯއްޗާ ހަވާލުނުވާ މީހުންނަށް ގޯތި ނުލިބިދާނެކަމަށް ބެލެވުނު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 ފެބުރުއަރީ 2024 | އާދީއްތަ 14:53
ބިންވެރިޔާ ސްކީމް

ބިންވެރިޔާ ސްކީމް

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތި ލިބުނު ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ގޯތި ލިބުނުކަމުގެ ލިޔުން ހަވާލުކުރުމަށް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާކަމަށް، ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ބިންވެރިޔާ ސްކީމްގެ ދަށުން 2022 ވަނަ އަހަރު މާލޭ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓްރީއާއި ގޯތި ލިބުނުކަމުގެ ލިޔުމާ ހަވާލުކުރުމަށް އިތުރު ފުރުސަތެއް ދީފައިވާކަމަށެވެ. އަދި މިނިސްޓްރީން ދިން މުއްދަތުގައި ހާޒިރުނުވި ފަރާތްތަކަށް ވެސް އިތުރު ފުރުސަތެއް ދޭނެކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މީގެ ކުރިން މިނިސްޓްރީން ހާމަކުރި މައުލޫމާތުތަކުން، އާދިއްތަ ދުވަހު ގޯއްޗާ ހަވާލުނުވާ މީހުންނަށް ގޯތި ނުލިބިދާނެކަމަށް ބެލެވުނެވެ. ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުމާބެހޭ އިތުރު ތަފްސީލެއް މިނިސްޓްރީއަކުން އަދި ނުދެއެވެ.

އެ މިނިސްޓްރީން މިފަދަ އިއުލާނެއް ނެރެފައި މި ވަނީ، ނުހިއްކި ހުރި ސަރަހައްދުތަކުން ގޯތި ލިބޭ މީހުންނަށްވެސް ގޯތި ލިބޭނެކަމުގެ ޔަގީންކަން ދިނުމަށް ސަރުކާރުން ވަގުތީ ލިޔުން ދޫކުރަމުން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ ވަރަށް ގިނަ ރައްޔިތުންނާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ.

ރައީސް ވަނީ، ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު އެންމެންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދިނުމުގެ މަސައްކަތް ސަރުކާރުން ބާރަށް ކުރިއަށް ގެންދާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ރަޖިސްޓްރީ ހެދުމާއި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ނުހިއްކި ހުރި ސަރަޙައްދުތަކުން ގޯތި ލިބޭ މީހުންނަށް ވެސް ގޯތި ލިބޭނެކަމުގެ ޔަގީންކަން ދިނުމަށް ސަރުކާރުން ވަގުތީ ލިޔުން ދޫކުރަމުން ދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

29 އޮކްޓޯބަރު 2025
ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް
20 އޮކްޓޯބަރު 2025

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި
17 އޮކްޓޯބަރު 2025

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

17 އޮކްޓޯބަރު 2025
75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް
09 ޖުލައި 2025

ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި

09 ޖުލައި 2025
ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި
03 ފެބުރުއަރީ 2025

ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި

03 ފެބުރުއަރީ 2025
ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި
21 ޑިސެމްބަރު 2024

ފެންމަތިވެގެން އުޅޭ ގޯއްޗާއި ފްލެޓް މައްސަލައިގެ ތަހުގީގަށް ދޭ މައުލޫމާތު ސިއްރު ކުރާނެ: ޕޮލިސް

21 ޑިސެމްބަރު 2024
ފެންމަތިވެގެން އުޅޭ ގޯއްޗާއި ފްލެޓް މައްސަލައިގެ ތަހުގީގަށް ދޭ މައުލޫމާތު ސިއްރު ކުރާނެ: ޕޮލިސް
21 ޑިސެމްބަރު 2024

ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!

21 ޑިސެމްބަރު 2024
ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!
20 ޑިސެމްބަރު 2024

ބިންވެރިޔާ ސްކީމް ގޯތީގެ ވައްކަމާއި ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

20 ޑިސެމްބަރު 2024
ބިންވެރިޔާ ސްކީމް ގޯތީގެ ވައްކަމާއި ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި
19 ޑިސެމްބަރު 2024

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީން އަމުރުކޮށްފި

19 ޑިސެމްބަރު 2024
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީން އަމުރުކޮށްފި
19 ޑިސެމްބަރު 2024

ފަޒުލް ޖެހޭނީ އިސްތިއުފާ ދޭން: އާޒިމާ

19 ޑިސެމްބަރު 2024
ފަޒުލް ޖެހޭނީ އިސްތިއުފާ ދޭން: އާޒިމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް