Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިން ފޭރުން

ފަޒުލް ޖެހޭނީ އިސްތިއުފާ ދޭން: އާޒިމާ

އެއްބަނޑު އެއްބަފާ މީހަކަށް، އެތަނެއް މެދުވެރިވެ، އެތައް މިލިއަން ރުފިޔާ އެއްގެ ބިމެއް ލިބިދީފައިވާނަމަ، އެބޭފުޅަކު ބައިވެރިވުން އޮތަސް އަދި ނެތަސް އިސްތިއުފާ ދޭން ޖެހޭނެ

ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2024 | ބުރާސްފަތި 09:19
ފަޒުލް ރަޝީދު - ބުދަ ދުވަހުގެ ރޭ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ފަޒުލް ރަޝީދު - ބުދަ ދުވަހުގެ ރޭ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

އެޗްޑީސީ ގެ އެމްޑީ ފަޒުލް ރަޝީދުގެ ބޭބެ އަށް ހުޅުމާލެ އިން ބިމެއް ދިން މައްސަލައިގައި ފަޒުލް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

ގާނޫނާއި ގަވައިދާ ޚިލާފަށް ވަގަށް ހުޅުމާލެއިން ބަޔަކަށް ގޯތި ދިން މައްސަލަ ފެންމަތިވުމާ ގުޅިގެން ސޯޝަލް މީޑިއާ ގައި އާޒިމާ ކުރެއްވި ޕޯސްޓެއްގައި އެއީ އިއްތިފާގަކުން ނުވަތަ އެކްސިޑެންޓަކުން ހިނގި ކަމެއް ކަމުގައި ވިޔަސް ފަޒުލް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދައުލަތުގެ އެންމެ އަގު ބޮޑު އެއް ކުންފުނި ހިންގަވަން ހުންނެވި ބޭފުޅެއްގެ އެއްބަނޑު އެއްބަފާ މީހަކަށް، އެތަނެއް މެދުވެރިވެ، އެތައް މިލިއަން ރުފިޔާ އެއްގެ ބިމެއް ލިބިދީފައިވާނަމަ، އެބޭފުޅަކު ބައިވެރިވުން އޮތަސް އަދި ނެތަސް، އަދި އެއީ އިއްތިފާގަކަށް ވީ ނަމަވެސް ނުވަތަ އެކްސިޑެންޓަކަށް ވީ ނަމަވެސް، އަޅުގަނޑު ދެކޭ ގޮތުގައި އެބޭފުޅަކު އިސްތިއުފާ ދެއްވަން ޖެހޭނެއެވެ." އާޒިމާ ލިޔުއްވާފައިވެއެވެ.

އާޒިމާ ވިދާޅުވީ މިއީ އޭނާގެ "ރައުޔު" ކަމުގައެވެ.

ބުދަ ދުވަހު މައްސަލަ ފަޅާ އަރާ އާންމުން ނުކުމެ އެޗްޑީސީ އޮފީހުގެ ދޮރުމަތީގައި ހިނގައިގެން އުޅޭ ކަންތައްތަކާ މެދު ހިތްހަމަ ނުޖެހުން ފާޅު ކޮށްފައިވަނިކޮށް ބުރާސްފަތި ދުވަހު ފަޒުލް ވަނީ މަސްއޫލިއްތުތަކުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފައެވެ.

ފަޒުލް އާ މެދު ވަގުތީ ފިޔަވަޅެއް އެޅި އިރު، އޭނާ ވަނީ ބުދަ ދުވަހުގެ ރޭ އެޗްޑީސީ ގައި ކުއްލި ނޫސް ކޮންފަރެންސް އެއް ބާއްވާ އޭނާގެ ބޭބެ އަށް ވަގަށް ގޯތި ދިން މައްސަލަ ދިފާއު ކުރައްވަން މަސައްކަތް ކުރައްވާފައެވެ.

މައްސަލަ ފަޅާ އެރުމާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ގަވައިދާ ޚިލާފަށް ގޯތި ދިން މީހުންގެ ތެރޭގައި އޭނާގެ ބޭބެ ހިމެނުނީ "އިއްތިފާގަކުން ކަމަށް" ފަޒުލް ވިދާޅުވިއެވެ.

އަދި އެކަމުގައި އޭނާގެ އެއްވެސް ރޯލެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމުން މި ސަރުކާރުން ގަވައިދާ ޚިލާފަށް ގޯތިތަކެއް ދިން މައްސަލަ ފެންމަތިވުމާ ގުޅިގެން އެޗްޑީސީ އިން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވީ، ގަވައިދާ ޚިލާފަށް ކަމެއް ހިނގައިގެން އުޅޭކަން އެޗްޑީސީ އަށް އެނގުނީ އެއް ގޯއްޗެއްގެ އިންފާރު ރާނަން ދެ ފަރާތަކުން ހުއްދަ އަށް އެދި ހުށަހެޅުމުން ކަމަށެވެ.

އެހިސާބުން އެޗްޑީސީ އިން ފިޔަވަޅު އެޅި ކަމަށް ފަޒުލް ވިދާޅުވި އިރު، އޭނާގެ ވާހަކައިގައި ހަމަ ނުޖެހޭ އެތައް ކަމެއް ސާފު ކުރުމަށް ނޫސްވެރިން ގެންދިޔައީ ފުލުފުލުގައި ސުވާލު ކުރަމުންނެވެ.

މައްސަލަ ފެންމަތިވުމުން އެކަން "ވެރިފައި" ކުރަން ހައުސިންގ މިނިސްޓްރީ އަށް ފޮނުވީ އެޗްޑީސީ އިން ކަމަށް ވިދާޅުވެ އޭނާ އަމަލު ކުރެއްވީ ރަނގަޅަށްކަން ދައްކަން ނޫސްވެރިންގެ ބައްދަލުވުމުގައި މަސައްކަތް ކުރެއްވި އިރު، ހައުސިންގ މިނިސްޓްރީން އެކަން ސާފު ކޮށްދިނުގެ ކުރިން ފަޒުލް ގެ ބޭބެއަށް ގޯތީގެ ވަށާފާރު ރާނަން އެޗްޑީސީ އިން ހުއްދަ ދިން ކަމަށް ވެސް ފަޒުލް އަށް އެއްބަސްވެވުނު ކަން ފާހަގަ ކުރެވެއެވެ.

ނޫސް ކޮންފަރެންސް ގައި ވަގަށް ދިން ގޯތީގައި އިންފާރު ހުރީ ރާނާފައިތޯ ނޫސްވެރިން ސުވާލު ކުރުމުން ފަޒުލް ވިދާޅުވީ "ނުރާނާ" ކަމަށެވެ. އެހެން ނަމަވެސް އެ ކަމުގައިވެސް ފަޒުލް ދޮގު ހެއްދެވިކަން އިސާހިތަކު ވަނީ ފަޅާ އަރާފައެވެ. ނުރާނާ ކަމަށް ފަޒުލް ވިދާޅުވި ގޯތީގައި ހުރީ ހަތަރު ފޫޓަށް ވަށާފާރު ރާނާފައެވެ.

އެޗްޑީސީ ގެ ތެރެއިން ހިންގި މި ބޮޑު ވައްކަމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވެސް އަންނަނީ ފަޒުލް ގެ އިސްތިއުފާ އަށް ގޮވަމުންނެވެ.

ބިން ފޭރުންބިންވެރިޔާ ސްކީމްއިބްރާހީމް ފަޒުލް ރަޝީދު

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
21 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން

21 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން
29 އޮކްޓޯބަރު 2025

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

29 އޮކްޓޯބަރު 2025
ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް
20 އޮކްޓޯބަރު 2025

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި
17 އޮކްޓޯބަރު 2025

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

17 އޮކްޓޯބަރު 2025
75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް
09 ޖުލައި 2025

ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި

09 ޖުލައި 2025
ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި
04 ފެބުރުއަރީ 2025

ފަޒުލްގެ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ އަނބުރާ ދީފި

04 ފެބުރުއަރީ 2025
ފަޒުލްގެ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ އަނބުރާ ދީފި
03 ފެބުރުއަރީ 2025

ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި

03 ފެބުރުއަރީ 2025
ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި
24 ޑިސެމްބަރު 2024

ފުލުހުން ފަޒުލް ދިރިއުޅުއްވާ ގެ ބަލައިފާސްކޮށްފި

24 ޑިސެމްބަރު 2024
ފުލުހުން ފަޒުލް ދިރިއުޅުއްވާ ގެ ބަލައިފާސްކޮށްފި
21 ޑިސެމްބަރު 2024

ފެންމަތިވެގެން އުޅޭ ގޯއްޗާއި ފްލެޓް މައްސަލައިގެ ތަހުގީގަށް ދޭ މައުލޫމާތު ސިއްރު ކުރާނެ: ޕޮލިސް

21 ޑިސެމްބަރު 2024
ފެންމަތިވެގެން އުޅޭ ގޯއްޗާއި ފްލެޓް މައްސަލައިގެ ތަހުގީގަށް ދޭ މައުލޫމާތު ސިއްރު ކުރާނެ: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު