Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑޮލަރު ލިމިޓް ބޮޑު ނުކުރެވުން

ސަރުކާރުން ނިންމި ގޮތަށް ފެބްރުއަރީ 1ން ފެށިގެން ޑޮލަރު ލިމިޓް ބޮޑެއް ނުކުރެވުނު، އެކަމުގެ މަޝްވަރާތައް ކުރިއަށް

މި ސިޔާސަތު މިވަގުތު ތަންފީޒުކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަވެ، ރާއްޖޭގައި މިވަގުތު ޑޮލަރު ޑިމާންޑް އަދި ހުރި ހުރަސްތައް ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2024 | ބުރާސްފަތި 01:55
ބީއެމްއެލް

ބީއެމްއެލް

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު 750 އެމެރިކާ ޑޮލަރުން، 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުން ތަންފީޒުނުކުރެވޭނެކަމަށް ސަރުކާރުން ބުނެފިއެވެ.

ދިވެހި ރައްޔިތުންނަށް ބޭރު ފައިސާ ލިބުމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅު ފުރިހަމަކުރުމުގެ ފުރަތަމަ މަރުޙަލާގެ ގޮތުގައި ޑޮލަރުގެ ލިމިޓް ބޮޑުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް އޭގެ އެއްދުވަސްފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި، ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަށް ޢަމަލުކުރަން ފަށާ ތާރީޙަކީ 2024 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަސް ކަމަށެވެ.

ނަމަވެސް 31 ޖެނުއަރީގައި ފިނޭންސް މިނިސްޓްރީން މިކަމާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ބީއެމްއެލްގެ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓް އިތުރުކުރުމުގެ ގޮތުން ބީއެމްއެލް، އެމްއެމްއޭ އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކްލިސް ޑިވެލޮޕްމަންޓާއެކު މިފަދަ ނިޒާމެއް އެކުލަވާލުމަށާއި ވީހާވެސް އަވަހަށް މި ސިޔާސަތު ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކުރަމުން އަންނަކަމަށެވެ.

އަދި މި ސިޔާސަތު މިވަގުތު ތަންފީޒުކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަވެ، ރާއްޖޭގައި މިވަގުތު ޑޮލަރު ޑިމާންޑް އަދި ހުރި ހުރަސްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. ކާޑު ލިމިޓް އިތުރުކުރުމުގެ ފައިދާ ސީދާ ދަރިވަރުންނަށް ލިބޭނެކަން ޔަގީންކުރުމަށްޓަކައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ އަދާ ހަމަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ އާއި ލޭބަރ އެންޑް ސްކްލިސް ޑިވެލޮޕްމަންޓުން ކުރަމުން އަންނަކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުކުރުމަށާއި ބޭންކިންގ ނިޒާމަށް މާރުކުރެވޭ ޑޮލަރުގެ ނިސްބަތް އިތުރުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭ އަދި ބޭންކުތައް ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މަޝްވަރާތައް ކުރަމުންދާއިރު ޖެނުއަރީ މަހުގެ ތެރޭގައި އެ ބޭންކުގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި ބީއެމްއެލްގެ ހުރިހާ ނޮންއެކްޒެކެޓިވް މެންބަރުން ވަކިކޮށްފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން ދެ ޑިރެކްޓަރަކު ފަހުން ވަނީ މަގާމަށް އައްޔަނުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުޑޮލަރުފިނޭންސް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު