Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓީބިލު ވިއްކުން

ޓީބިލު ވިއްކައިގެން 2.1 ބިލިއަން ރުފިޔާ ހޯދައިފި

އެތެރޭގެ ބާޒާރުން ޓީބިލާއި ޓްރެޝަރީ ބޮންޑު ވިއްކައިގެން 3.95 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ހަމަޖެހިފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 ޖެނުއަރީ 2024 | އަންގާރަ 03:26
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ޓީބިލް ވިއްކައިގެން 2.1 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ ޓީބިލްތަކަކީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގެ ދަށުން ވިއްކާފައިވާ ޓީބިލްތަކެވެ. ސަރުކާރުން ވަނީ 2.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލާފައެވެ. އެހެންކަމުން ޓީބިލް ވިއްކުނު އަދަދަކީ އިޢުލާން ކުރި އަދަދަށް ވުރެ 146 މިލިއަން ރުފިޔާ މަދު އަދަދެކެވެ. ނުވިކި ހުރި ޓީބިލްތަކަކީ ތިން މަސް ދުވަހުން ދައްކާ ޓީބިލުތަކާއި ހަ މަސް ދުވަހުން ދައްކާ ޓީބިލުތަކެވެ.

Advertisement - newsAdvertisement

ޓީބިލުތަކާއި އަހަރު ދުވަހުން ދައްކާ ގޮތަށް ވިއްކި ޓީބިލުތަކުން ބޭނުންވި ލިބުނު ފައިސާގެ އަދަދު ގިނަކަން ފާހަގަކޮށްލެވެއެވެ. އެއް މަސް ދުވަސް ތެރޭގައި ދައްކާ ގޮތަށް 974 މިލިއަން ރުފިޔާ ހޯދަން ހުޅުވާލުމުން ލިބިފައި ވަނީ 997 މިލިއަން ރުފިޔާއެވެ. އަދި އަހަރެއްހާ ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް 842 މިލިއަން ރުފިޔާ ހޯދަން ހުޅުވާލީމައި 852 މިލިއަން ވަނީ ލިބިފައެވެ.

އެތެރޭގެ ބާޒާރުން ޓީބިލާއި ޓްރެޝަރީ ބޮންޑު ވިއްކައިގެން 3.95 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު