Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމްގެ ޝަރީއަތް

ގާސިމްގެ ޝަރީއަތުގެ އަޑުއެހުމެއް މާދާމާއަށް ތާވަލު ކޮށްފި

31 ޖުލައި 2017 | ހޯމަ 15:24

ގާސިމްގެ ބަލިހާލުކޮޅަށް ރިއާޔަތްކޮށް ޝަރީއަތް ކެންސަލް ކުރި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 31 ޖުލައި 2017 | ހޯމަ 15:24
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލު ކޮށްފި އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް ތާވަލު ކޮށްފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު 13:30 އަށެވެ.

Advertisement - newsAdvertisement

ގާސިމްގެ މައްޗަށް ދައުލަތުން ފުރަތަމަ ދައުވާ އުުފުލީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ. އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ދަނިކޮށް، ޖުލައި މަހުގެ 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ދައުލަތުގެ ވަކީލުން ގަސްތުގައި ހާޒިރުނުވުމުން އެ މައްސަލަ ބާތިލްކޮށް، އަނބުރާ ވަނީ ފޮނުވާލާފަ އެވެ. އެއިރު މައްސަލަ ބެއްލެވީ، ކްރިމިނަލް ކޯޓުގެ އެއިރުގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފާއި، ގާޒީ އަހުމަދު ޝަކީލުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓް ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.

ގާސިމްގެ މައްސަލަ ބާތިލްކޮށް، އަނބުރާ ފޮނުވާލިތާ މާގިނަ އިރުތަކެއް ނުވަނީސް، ގާޒީ ބާރީ ޖުވެނައިލް ކޯޓަށް، އަދި ގާޒީ ޝަކީލް ފެމިލީ ކޯޓަށް ބަދަލު ކުރުމަށް ޖުޑިޝަލް ސާރވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމި އެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ބާތިލް ކުރުމުން، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ އަލުން އަނބުރާ އެ މައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލައިގައި ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު ބޭއްވި އަޑުއެހުމުގައި ގާޒީ އާދަމް އާރިފް ވަނީ ފަހުން އުފުލި ދައުވާގެ ސީޣާގައި ވެސް ހަމަ އެއްވާހަކަތަކެއް ފާހަގަކޮށް، ބާތިލްކުރި ގަޒިއްޔާ، ބާތިލްކުރުމާ ހަމައަށް ކުރިއަށް ގޮސްފައިވާ ހިސާބުން ފެށުމަށް ނިންމަވާފައެވެ. އަދި 25 ވަނަ ދުވަހުގެ ރެއަށް ވެސް އަޑުއެހުމެއް ތާވަލުކުރި އެވެ.

ނަމަވެސް ގާސިމްގެ ބަލިހާލަތު ހުރިގޮތުން އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދުމުން ގާޒީ ވަނީ އަޑުއެހުން ކެންސަލް ކުރައްވާފަ އެވެ. އެ އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ ނޫސްވެރިންނާއި އާންމުން ނުވައްދާ ސިއްރުކޮށްގެންނެވެ.

އެ އަޑުއެހުމަށް، ގާސިމް ކޯޓަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ބޮޑީގާޑުގެ އަތުގައި ހިއްޕަވައިގެން ކޮރުޖައްސަވަމުންނެވެ. އަޑުއެހުމުގައި ވެސް ގާސިމް ވަނީ އާލާސްކަންފުޅާ އުޅުއްވާ ކަމާއި، ގިނަ ބޭސްތަކެއް ބޭނުންކުރައްވަން ޖެހިވަޑައިގެންފައިވާތީ ހަށިގަނޑު ވަރަށް ބޮޑަށް ވަރުބަލިވާ ކަމަށް ވިދާޅުވެފަ އެވެ.

ޖުލައި މަހުގެ 16 ވަނަ ދުވަހު ގާސިމް ހޮސްޕިޓަލުގައި އެޑްމިޓް ކުރިގޮތަށް ދޫކޮށްލާފައިވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. ގާސިމްގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފައިވާތީ، ރާއްޖެއިން ބޭރަށް ފަރުވާއަށް ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.

އާލާސްކަންފުޅާ ފަރުވާ ހޯއްދަވަން ފެއްޓެވި ފަހުން ސިޔާސީ ހަރަކާތްތަކާ ދުރުގައި ހުންނެވުމަށް ފަހު އާދިއްތަ ދުވަހުގެ ރޭ މ. ކުނޫޒުގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ގާސިމް ވާހަކަފުޅު ދެއްކެވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
20 މާރިޗު 2017

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު
20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
19 މާރިޗު 2017

ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

19 މާރިޗު 2017
ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި
26 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް