Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލެޓު ލިސްޓުގެ ތަހުގީގުކުރުން

ފްލެޓްތަކާއި ގުޅިގެން ތަހުގީގުކުރަމުންދާ މައްސަލައިގައި މިހަފްތާތެރޭގައި ގޮތެއް ނިންމާނެ: އޭސީސީ

29 ޖެނުއަރީ 2024 | ހޯމަ 04:31

ތަހުގީގު ކުރިއަށްދާ ގޮތުގެ ޓައިމްލައިން ހާމަކުރުމަށް އޭސީސީން ވަނީ ދެކޮޅު ހަދާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖެނުއަރީ 2024 | ހޯމަ 04:31
އާއްމުން އޭސީސީ އަށް އެއްވެ ނުރުހުން ފާޅުކުރަނީ

އާއްމުން އޭސީސީ އަށް އެއްވެ ނުރުހުން ފާޅުކުރަނީ

ނިމިިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގުކުރަމުންދާ މައްސަލައިގައި މި ހަފުތާ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އާދީއްތަ ދުވަހު އޭސީސީން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފްލެޓާ ގުޅިގެން ކޮމިޝަނަށް ހުށަހެޅުނު މައްސަލައިގައި، ފްލެޓާ ގުޅޭ ކަންކަން މަޑުޖައްސައިލުމަށް ކޮމިޝަނުން އެންގި އެންގުމާ މެދު ކޮމިޝަނުން މި ހަފްތާ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

މި ހަފްތާ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އޭސީސީން ބުނެފައިވާއިރު، ތަހުގީގު ކުރިއަށްދާ ގޮތުގެ ޓައިމްލައިން ހާމަކުރުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

ފްލެޓު ދިނުން ލަސްވާތީ މިދިޔަ ހަފްތާ ތެރޭގައި ވެސް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ އޭސީސީއަށް އެއްވެ، މުޒާހަރާކޮށްފައެވެ. އަދި މި މައްސަލަ ލަސްވާ ކޮންމެ ދުވަހަކީ ގިނަ ބައެއްގެ ހައްގުތައް ގެއްލޭ ދުވަހެއް ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މި ސަރުކާރުން ފްލެޓުގެ މަސައްކަތް ހުއްޓުވީ ސިޔާސީ ވެގެން ކަމަަށާއި، ސަރުކާރުގެ ނުފޫޒުން އޭސީސީން ސިޓީއެއް ފޮނުވާ އެ މަސައްކަތް ހުއްޓާލަން އެންގި ކަމަށެވެ. އަދި ގާނޫނާއި އެއްގޮތަށް ބަލާއިރު، އޭސީސިއަކަށް އެކަން ނުވެސް ހުއްޓުވޭނެ ކަމަށާއި އެކަމުގެ އެއް ހެތްކަކީ، ފުލުހުންގެ އިވެންޓެއް ބޭވުމުގައި އެކަން ހުއްޓަން އޭސީސީން އަންގައިގެން، ޕޮލިހުން ޕީޖީއަށް ދިޔުމުން ޕީޖީން އެންގީ އޭސީސީއަަކަށް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވާން 1 ދުވަހަށް ވެފައި އޮއްވާ އެކަން ހުއްޓުވުމުން ޕީޖީއަށް ނުދެވުނު ކަމަށާއި، އިތުރު މަސައްކަތެއް ކުރަން ފުރުސަތެއް ނުލިބުނު ކަމަށެވެ.

އަކްރަމް ވިދާޅުވީ ގާނޫނާއި ގަވާއިދާ ހިލާފަށް ފުލެޓުގެ މަސައްކަތް ސަރުކާރުން ހުއްޓުވާފައިވާ ކަމަށެވެ. އެ މައްސަލަ އޭސީސީން ތަހުގީގުކުރެވިދާނެ ކަމަށާއި ނަމަވެސް އޭސީސީއަކަށް އެ މަސައްކަތް ނުހުއްޓުވޭނެކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ތަހުގީގުކޮށް، ގޯސްކޮށް ކަންކޮށްފައިވާ ފަރާތަކާއި މެދު ފިޔަވަޅު އެޅިދާނެ ކަމަށާއި ދީފައި ހުރި އެއްޗެއް އަތެއް ނުލެވޭނެ ކަމަށެވެ. އަދި ނުބައި މައުލޫމާތު ދީފައިހުރިކަން އެނގޭނަމަ އެކަން ބެލޭނެ ކަމަށާއި، ނަމަވެސް އޭސީސީއަކަަށް ފުލެޓް ދިނުން ނުހުއްޓުވޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް