Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

އަބަދު ވެސް އިސް ކުރީ ކުލަބު: ޒަވީ

އެ ނިންމުން އޭނާ ނިންމީ މިހާތަނަށް ފެނުނު މަންޒަރާއި، އިވުނު އަޑު އަދި ތަޖުރިބާ އަށް ބެލުމަށްފަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖެނުއަރީ 2024 | ހޯމަ 02:01
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

އަބަދު ވެސް އިސްކުރީ ކުލަބުގެ މަސްލަހަތު ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނީ، މި ސީޒަނަށްފަހު ބާސެލޯނާ ދޫކޮށްލާނެކަން އިއުލާން ކުރުމަށްފަހު އެވެ. ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާކަން ޒަވީ އިއުލާން ކުރުމާއެކު، ނޫސްވެރިންގެ ގިނަ ސުވާލުތަކެއް އޭނާ އަށް އަމާޒުވި އެވެ. އެގޮތުން، ދާދި ފަހުން އެއްބަސްވުން އައު ކޮށްފައިވާއިރު، ކުއްލި އަކަށް ކުލަބު ދޫކޮށްލަން ނިންމުމުން ނޫސްވެރިން ޒަވީ އަށް އެ ސުވާލު އަމާޒު ކުރި އެވެ.

ޒަވީ ބުނީ، އޭނާގެ ނިންމުމާ އެއްބަސްވުމާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ. ޚާއްސަކޮށް، އެއްބަސްވުމުގެ އެއްވެސް ކަމެއް މައްސަލަ އަކަށް ނުވާނެ ކަމަށާއި، ނިންމުން ނިންމީ މައްސަލައެއް ދިމާނުވާނެ ގޮތަށް ކަމަށް ޒަވީ ބުންޏެވެ. ޒަވީ ފާހަގަ ކޮށްފައިވާ ގޮތުގައި، އެ ނިންމުން އޭނާ ނިންމީ މިހާތަނަށް ފެނުނު މަންޒަރާއި، އިވުނު އަޑު އަދި ތަޖުރިބާ އަށް ބެލުމަށްފަހު އެވެ.

މީގެ އިތުރުން ޒަވީ ބުނީ، އޭނާ އަކީ އަބަދު ވެސް ކުލަބުގެ މީހެއް ކަމަށާއި، އެކަމާ ދެކޮޅު ހެދޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ. ޚާއްސަކޮށް، އޭނާގެ އަމިއްލަ އެދުމާއި، ބޭނުންތަކުގެ ކުރިއަށް، އަބަދު ވެސް ނެރެފައި ވާނީ ކުލަބުކަން ޒަވީ ވަނީ ފާހަގަ ކޮށްފަ އެވެ. ޚާއްސަކޮށް އޭނާގެ ހުރިހާ ކަމެއް ކުލަބަށްޓަކައި ޤުރުބާން ކޮށްފައިވާނެ ކަމުގައި ވެސް ޒަވީ ބުންޏެވެ.

ބާސެލޯނާ ދޫކޮށްލަން ޒަވީ ނިންމީ، އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވަ އެވެ. އެކަން އޭނާ އިއުލާން ކުރިއިރު، ޒަވީ އަށް އޮތީ ވަރަށް ބޮޑަށް ޕްރެޝަރު ބޮޑުވެފަ އެވެ. ޚާއްސަކޮށް، ބާސެލޯނާ އިން މި ސީޒަންގައި ނެރެމުން އަންނަ ނަތީޖާތައް ދަށްވުމުން، އިންތިހާ އަށް އޭނާ އަށް ފާޑު ކިޔުން އޮތީ އަމާޒުވެފަ އެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު