Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަޑު އިވުމުން މަހުރޫމްވުން

އަޑު އިވުމުގެ ހިއްސު އުނިކޮށް އުފަންވި އައިސަމްގެ އެންމެ ޖީންއަކަށް ފަރުވާ ދީގެން، ދިރިއުޅުމަށް ބޮޑު އުފަލެއް!

27 ޖެނުއަރީ 2024 | ހޮނިހިރު 07:00

އައިސަމް އުފަން ވި އިރު އެއްވެސް ވަރަކަށް އަޑެއް ނީވޭ، ހަމަ މުޅިން ބީރު, ފަރުވާއާ ހިސާބަށް، އެއްވެސް އަޑެއް އޭނައަށް އިވިފައެއް ނެތް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 27 ޖެނުއަރީ 2024 | ހޮނިހިރު 07:00
އައިސަމް އުފަންވީ އޯޓޯފަރލިން ޖީންގައި ހުރި މައްސަލައެއްގެ ސަބަބުން، އަޑު އިވުމުގެ ހިއްސު އުނި ކުއްޖެއްގެ ގޮތުގައި

އައިސަމް އުފަންވީ އޯޓޯފަރލިން ޖީންގައި ހުރި މައްސަލައެއްގެ ސަބަބުން، އަޑު އިވުމުގެ ހިއްސު އުނި ކުއްޖެއްގެ ގޮތުގައި

ފެނުމާއި، އަޑު އިވުމާއި، އިޙްސާސްވުން އަދި ވަސްދުވުމާއި ރަހަލުމުގެ ހިއްސަކީ އަހަރެމެން އިންސާނުންގެ ޢާންމު ދިރިއުޅުމަށް އިންތިހާއަށް ބޭނުން ހިއްސުތަކެކެވެ. ނަމަވެސް އުފެދުމުގައި ހުންނަ އުނިކަމެއްގެ ސަބަބުން ބައެއް މީހުންގެ ހުރިހާ ހިއްސެއް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުހުރެއެވެ. އަނެއް ބައި މީހުންނަކީ އެއްވެސް ވަރަކަށް އެ ހިއްސު ނުވަތަ ހިއްސުތަކެއްގެ ނަޞީބު ލިބިފައި ނުވާ މީހުންނެވެ. ސައެންސްއާއި ޓެކްނޮލޮޖީ އަދި ބޭސްވެރިކަން މަސްހުނިވެ، ހޯދަމުން ދާ ކުރިއެރުންތަކާއެކު، ހިއްސުތަކުގައި އުނިކަން ނުވަތަ އައިބު ހުންނަ މީހުންގެ ދިރިއުޅުމަށް އުޖާލާ ބަދަލުތަކެއް ލިބުމުގެ ފުރުޞަތު އޮވެއެވެ.

ޢުމުރުން 11 އަހަރުގެ އައިސަމް ދާމްއަކީ ވިހޭ އިރުވެސް އަޑު އިވުމުގެ ހިއްސުގައި އުނިކަމެއް ހުރި ކުއްޖެކެވެ. ނަމަވެސް މިއަދު އޭނާއަށް މާޙައުލުގެ އަޑުތައް އަހާލުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. އެ ތުއްތު ޙަޔާތުގައިވެސް ފުރަތަމަ ފަހަރަށް އެ ފުރުޞަތު ލިބުނީ ދާދި ފަހުން ފައްކާ ކުރަން ފެށި ޖީން ތެރަޕީގެ ފަރުވާގެ އެހީގައެވެ. އައިސަމްގެ އޮޕަރޭޝަން ކުރި ޑޮކްޓަރު ވަނީ، އެ ފަރުވާއަކީ، އަޑު އިވުމުން މަހްރޫމު ވެފައި ވާ މީހުންގެ ފަރުވާގެ މުސްތަޤުބަލަށް އިންތިހާއަށް މުހިންމު ފަރުވާއަކަށް ވުމުގެ ފުރުޞަތު އޮތް ކަމަށް ވިދާޅުވެފައެވެ.

އައިސަމް ސަރޖަރީ ހެދީ މިދިޔަ އޮކްޓޯބަރ މަހުއެވެ. އޭގެ ފަހުން މިހާތަނަށް އައި އިރު، އޭނާގެ އަޑު އިވުމުގެ ހިއްސުގައި އުޅެނީ ކުޑަ ވަރެއްގެ އުނިކަމެއް ޗިލްރަންސް ހޮސްޕިޓަލް އޮފް ފިލަޑެލްފިއާ (ޗޮޕް)ގެ ޑރ ޖޯން ޖަމިލަރ ވަނީ ފާހަގަ ކުރައްވާފައެވެ.

އައިސަމްއަކީ މޮރޮކޯއަށް އުފަންވި ކުއްޖެކެވެ. ނަމަވެސް އޭނާ ދިރިއުޅެމުން ދަނީ ސްޕެއިންގެ ބަރސެލޯނާގައެވެ. އެމެރިކާގެ ފިލަޑެލްފިއާއަށް، އޭނާގެ ޢާއިލާއާ އެކު ބަދަލުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ އޭނާގެ މުޅި ޙަޔާތް ބަދަލުކޮށްލަނިވި ބޮޑު އޮޕަރޭޝަން ކުރުމަށްޓަކައެވެ.

އައިސަމް އުފަންވީ އޯޓޯފަރލިން ޖީންގައި ހުރި މައްސަލައެއްގެ ސަބަބުން، އަޑު އިވުމުގެ ހިއްސު އުނި ކުއްޖެއްގެ ގޮތުގައެވެ. އައިސަމްއަށް ދެމުން ދަނީ މުޅިން އައު ފަރުވާއެކެވެ. ފަރުވާގެ ތެރެއިން، އައިސަމްގެ ކަންފަތުގެ އެންމެ އެތެރެއަށް، އޯޓޯފޮ ޖީން ފޮނުވައިގެންނެވެ.

އައިސަމްގެ ފަރުވާ ސްޕޮންސަރ ކޮށްފައި ވަނީ އެލި ލިލީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށް ވާ އަކޫޒްއިންނެވެ. ޑރ ޖޯން ޖަމިލަރ ހުންނެވީ ކްލިނިކަލް ޓްރަޔަލް މަރުހަލާގައި އޮތް ފަރުވާ ކާމިޔާބު ވާނެ ކަމުގެ ފޮނި އުންމީދުގައެވެ. އަދި ޖީންގެ އުނިކަމެއްގެ ސަބަބުން އަޑު އިވުމުގެ ހިއްސުގައި އުނިކަން ހުންނަ މީހުންނަށް ފަރުވާ ކުރުމުގެ ރޮނގުން ބޮޑު، ކުރިއެރުންތަކެއް ލިބޭނެ ކަމަށް ޑރ ޖޯން ޖަމިލަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 އޯގަސްޓު 2018

ޕާކިސްތާނުގައި ކުލަ ލުމުގެ މަސައްކަތްކުރާ މީހެއްގެ ރީތި އަޑުން އެންމެންގެ ހިތް އަތުލައިފި

10 އޯގަސްޓު 2018
ޕާކިސްތާނުގައި ކުލަ ލުމުގެ މަސައްކަތްކުރާ މީހެއްގެ ރީތި އަޑުން އެންމެންގެ ހިތް އަތުލައިފި
20 ޖޫން 2018

ކައިވެނި ބެއްލެވިތާ މަހެއް، މޭގަން މާކްލް އާލާސްވެ އިންނެވި ކަމުގެ އަޑު ފެތުރެން ފަށައިފި!

20 ޖޫން 2018
ކައިވެނި ބެއްލެވިތާ މަހެއް، މޭގަން މާކްލް އާލާސްވެ އިންނެވި ކަމުގެ އަޑު ފެތުރެން ފަށައިފި!
17 ޖޫން 2018

ޝަލަބީގެ އަޑުން ކިޔާފައިވާ ލޯބީގެ އައު ލަވައެއް ރިލީޒް ކޮށްފި

17 ޖޫން 2018
ޝަލަބީގެ އަޑުން ކިޔާފައިވާ ލޯބީގެ އައު ލަވައެއް ރިލީޒް ކޮށްފި
29 ޑިސެމްބަރު 2017

އުފަންވި އިރު ދެ މޫނު ހުރި ބުޅާ މަރުވެއްޖެ

29 ޑިސެމްބަރު 2017
އުފަންވި އިރު ދެ މޫނު ހުރި ބުޅާ މަރުވެއްޖެ
21 ޖުލައި 2017

އާޖެންޓީނާއަށް އުފަންވި ބަކަރިއެއް އެންމެން ބިރުގަންނަވާލައިފި!

21 ޖުލައި 2017
އާޖެންޓީނާއަށް އުފަންވި ބަކަރިއެއް އެންމެން ބިރުގަންނަވާލައިފި!
21 ޖޫން 2017

"ސްޕައިޑާމެން-ހޯމް ކަމިން" ގެ ހިންދީ ވާޝަންއަށް އަޑުއަޅަނީ ޓައިގާ ޝްރޮފް

21 ޖޫން 2017
"ސްޕައިޑާމެން-ހޯމް ކަމިން" ގެ ހިންދީ ވާޝަންއަށް އަޑުއަޅަނީ ޓައިގާ ޝްރޮފް
22 މެއި 2017

"އާދޭސް"އަކީ ގިނައިން އަޑުއެހިވަރަކަށް ރީތިވާ ކަހަލަ ލަވައެއް: ޝަލަބީ

22 މެއި 2017
"އާދޭސް"އަކީ ގިނައިން އަޑުއެހިވަރަކަށް ރީތިވާ ކަހަލަ ލަވައެއް: ޝަލަބީ
25 ފެބުރުއަރީ 2017

"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ

25 ފެބުރުއަރީ 2017
"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
06 ފެބުރުއަރީ 2017

އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ

06 ފެބުރުއަރީ 2017
އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް