Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އިޝާރާތުގެ ބަހުރުވާ

އިޝާރާތުގެ ބަހުރުވައާއި މި ރެސްޓޯރަންޓާ އޮތީ ކޮން ގުޅުމެއް؟

ވެންގް ގަދަ އަޅާ މަސައްކަތް ކުރަމުން ދަނީ، އޭނާގެ ފަރާތުން މުޖުތަމަޢަށް ކޮންމެވެސް ކަމެއް ކޮށްދެވޭތޯ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2023 | ބުދަ 07:40
އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންގެ ރެސްޓޯރެންޓް

އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންގެ ރެސްޓޯރެންޓް

ތިބާގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ އެކަމެއްގެ ސަބަބުން ތިބާގެ ޝަޚްސަށް ކުޑަ ނަމަވެސް އުނިކަމެއް ގެނުވާ ކަމެއް ނޫން ކަން ޤަބޫލު ކުރުމަށް ބައެއް ފަހަރު ފަސްޖެހެވޭ ގޮތްވެއެވެ. އެކަން އެހެން ދިމާވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މެދު މުޖުތަމަޢުގެ ބައެއް މެންބަރުން ޢަމަލު ކުރާ ގޮތުންނެވެ. ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މެދު މުޖުތަމަޢުތަކުން ދެކޭ ގޮތެއްގެ ސަބަބުންނެވެ. ހަމަ އެފަދައިން، މުޖުތަމަޢުގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނަމަ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް އެމީހުންގެ ފަރާތުން ޤައުމަށް އެތައް ފައިދާއަކާއި މަންފާއެއް ލިއްބައިދޭނެ ބައެއްކަން ސާބިތުކޮށްދެމުން ދާ މީހުންވެސް މަދެއް ނޫނެވެ. އެފަދަ އެކަކީ ޗައިނާއަށް އުފަން، ވެންގް ޓާއޯއެވެ.

ވެންގްއަކީ އަޑުއިވުމުގެ ހިއްސު އުނި މީހެކެވެ. ނަމަވެސް މިއަދު އޭނާއަކީ ޗައިނާގެ ޗޮންޗީންގް މުނިސިޕަލްޓީގައި ކާމިޔާބު ރެސްޓޯރަންޓެއް ހިންގާ ވިޔަފާރިވެރިއެކެވެ. އެ މަސައްކަތުގައި ދަރުމަވެރިންގެ އިތުރުން، އޭނާ ފަދައިން އަޑުއިވުމުގެ ހިއްސު އުނި އެތައް ބައެއްގެ އެހީތެރިކަން ވެންގްއަށް ލިބެއެވެ. ވެންގް ގަދަ އަޅާ މަސައްކަތް ކުރަމުން ދަނީ، އޭނާގެ ފަރާތުން މުޖުތަމަޢަށް ކޮންމެވެސް ކަމެއް ކޮށްދެވޭތޯއެވެ.

ވެންގްގެ ރެސްޓޯރަންޓް ހުންނަނީ ޗޮންގްޗީންގްގައި ކެފޭ އަދި ރެސްޓޯރަންޓް ފަދަ ކެއިންބުއިމުގެ ޚިދުމަތްތައް އެންމެ ގިނަ ޢަދަދަކަށް ހުންނަ ސަރަޙައްދުގައެވެ. ވެންގްގެ ރެސްޓޯރަންޓަކީ ހޮޓްޕޮޓް ރެސްޓޯރަންޓްއެކެވެ. ހޮޓްޕޮޓް ޑިޝްއަކީ، ކާ ސުފުރާ މަތީގައި ހޫނު އުފައްދާ މަސްދަރެއްގެ މަތީގައި ކެކިކެކި ހުންނަ ސޫޕްއަކާއެކު ލިބެން ހުންނަ ކޭމެކެވެ. ހޮޓްޕޮޓް ސޫޕާއެކު ކައިބޮއެ ހެދުމަށް، ޗައިނާގެ ތަފާތު އެކި ބާވަތްބާވަތުގެ އެއްޗެހިވެސް ހޮޓްޕޮޓްއާއެކު ސަރވް ކުރެއެވެ. ޗޮންގްޗީންގްގައި ހިންގާ ހޮޓްޕޮޓް ރެސްޓޯރަންޓްތަކާއި، ވެންގްގެ ރެސްޓޯރަންޓް ތަފާތެވެ. އެ ރެސްޓޯރަންޓަކީ ވަރަށް ހަމަހިމޭން ރެސްޓޯރަންޓެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ވެންގްގެ އިތުރުން، އޭނާގެ ގިނަ ކަސްޓަމަރުންނަކީވެސް އޭނާ ފަދައިން އަޑު އިވުމުގެ ހިއްސު އުނި މީހުންނެވެ.

ވެންގްއަށް ޤަވައިދުން ކަސްޓަމަރުން ލިބެއެވެ. އޭނާގެ ވިޔަފާރިވެސް ދަނީ ދުވަހަކަށް ވުރެ ދުވަހެއް ކުރިއަރަމުންނެވެ. ނަމަވެސް، މި އަހަރުގެ މެއި މަހު، ޙާލަތު މުޅިން ތަފާތެވެ. އެއީ ރެސްޓޯރަންޓް ހުޅުވި ދުވަސްވަރެވެ. އެއީ ވިޔަފާރީގެ ތެރެއަށް ވެންގް އަލަށް ނުކުތް ދުވަސްވަރެވެ. ރެސްޓޯރަންޓަށް ޚާއްޞަ ރަހަތައް ދެނެގަތުމާއި، ކަސްޓަމަރުންގެ ސަމާލުކަން ދަމައިގަތުމުގައި ވެންގްއަށް ގޮންޖެހުންތަކާ ކުރިމަތިވިއެވެ.

ވިޔަފާރީގައި ދެމި ހުރުމަށް ވެންގް ހިތުގައި އޮތް ޢަޒުމު ފުނޑުފުނޑު ވިޔަ ނުދީ، އޭނާ ބެލީ ކުރިއަށް ދެވޭތޯއެވެ. އެކި ގޮތް ގޮތުން، އެކި މީސްމީހުން ގާތު އޭނާ އެހީއަށް އެދެމުން ދިޔައެވެ. ވެންގްއަށް ދީލަތި އެހީގެ އަތެއް ދިއްކޮށްލީ ކޭޓަރިންގްގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްފައިވާ ދަރުމަވެރިއެއް ކަމަށްވާ ލީ ޑެލަންއެވެ.

ލީ އަކީ އަޑު އިވުމުގެ ހިއްސުގައި ނުކުޅެދުންތެރިކަން ހުންނަ އޭނާގެ އެކުވެރިންނަށް ރެސްޓޯރަންޓް ހިންގުމުގައި އަތްގާތް ކޮށްދީ އުޅުނު މީހެކެވެ. އެހެން ކަމުން ލީއަކީ ހަމަ އެކަނި ކޭޓަރިންގް ދާއިރާގެ ތަޖުރިބާކާރެކޭ ބުނެވޭކަށް ނެތެވެ. ލީ އަކީ، އަޑު އިވުމުގެ ހިއްސުގައި އުނިކަން ހުންނަ މީހުން ވާހަކަދައްކާ އުޅުމަށް އާންމުކޮށް ބޭނުން ކުރާ އިޝާރާތުގެ ބަހުރުވަ ނުވަތަ ސައިން ލޭންގުވިޖްއަށްވެސް ފަރިތަ މީހެކެވެ.

ވިޔަފާރީގެ ޙާލަތު އޮތް ގޮތުގެ އެތައް ދިރާސާއަކާއި ތަހުލީލުތަކެއް ހެދުމަށް ފަހު ވެންގްއާއި ލީ ނިންމީ ހޮޓްޕޮޓް ރެސްޓޯރަންޓެއް ހިންގާށެވެ. އަދި އެއީ ހައްޓަށް ލުއި، ޞިއްޙަތަށް ފައިދާ ކުރަނިވި ސޫޕެއް، ރެސްޓޯރަންޓްގެ މައިގަނޑު ޑިޝްގެ ގޮތުގައި ސަރވް ކުރާ ރެސްޓޯރަންޓަކަށް ހެދުމަށް ނިންމިއެވެ.

ކަސްޓަމަރުންނަށް ކަމުދާނެހެން ވެންގް ހެޔޮކޮށްލި ރަހަތަކާއެކު އޭނާގެ ވިޔަފާރި ހިނގައިގަތީ ފަތުއަޑުކިޔާފައެވެ. ފަހަރަކަށް ވުރެ ފަހަރެއް، އެ ވިޔަފާރި ދިޔައީ މަޤުބޫލު ވަމުންނެވެ. ކަސްޓަމަރުން އިތުރު ވަމުން ދިޔަ ވަރަކަށް، އެ ޑިމާންޑަށް ކޭޓަރ ކުރުމަށްޓަކައި އިތުރު މުވައްޒަފުން ހޯދުމަށްވެސް ވެންގް ނިންމީއެވެ. ރެސްޓޯރަންޓަށް މުވައްޒަފުން ހޮވުމުގައި، އަޑު އިވުމުގެ ހިއްސުގައި އުނިކަން ހުންނަ މީހުންނަށް ވެންގް އިސްކަން ދިނެވެ.

މިއަދު، ވެންގްގެ ހޮޓްޕޮޓް ރެސްޓޯރަންޓްގެ ކޭންތައް ތަޖުރިބާ ކުރުމަށް، ޗައިނާގެ އެކި ޕްރޮވިންސްތަކުން މީހުން އާދެއެވެ. ގިނައީ އަޑު އިވުމުގެ ހިއްސުގައި އުނިކަން ހުންނަ މީހުންނެވެ.

ވިޔަފާރި އޭގެ މެކުހަށް ޖަހާފައި ވާ އިރު، ވެންގް އަދިވެސް ހުރީ މަޑުޖެހޭ ގޮތަކަށް ނޫނެވެ. އޭނާ މިހާރު މިޞްރާބު ޖަހާފައި ހުރީ އިތުރު ރެސްޓޯރަންޓެއް ހުޅުވުމާ ދިމާއަށެވެ. އެ ރެސްޓޯރަންޓުގައި މަސައްކަތް ކުރަންވެސް އޭނާ އިޚުތިޔާރު ކުރާނީ، އަޑު އިވުމުގެ ހިއްސުގައި އުނިކަން ހުންނަ މީހުން ކަމަށް ވެންގް ވަނީ ބުނެފައެވެ.

ރެސްޓޯރެންޓްޗައިނާއަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު