Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

މަސްތުވާތަކެތީގެ މައްސަލައިގައި ބައިވެރިވުން ކުޑަކަމަށް ދެކޭތީ ބަންދުކުރި މީހަކު ދޫކޮށްލައިފި

އޭނާގެ ހައްޔަރު ބަންދު ރެކޯޑެއް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2024 | ހުކުރު 14:04
ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި

ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި

މަސްތުވާތަކެތީގެ މައްސަލައިގައި ބައިވެރިވުން ކުޑަކަމަށް ދެކޭތީ ބަންދުކުރި މީހަކު ދޫކޮށްލައިފިއެވެ.

އޭނާ ދޫކޮށްލާފައިވަނީ ފުލުހުން އެދިގެން ކްރިމިނަލް ކޯޓުންނެވެ. ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ހިމެނެނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރުމުގައެވެ. އަދި ބަންދުން ދޫކޮށްލާފައިވަނީ ޝަރުތު ކުރުމަށްފަހުއެވެ.

Advertisement - newsAdvertisement

ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ ކުށާ ގުޅުވާލެވޭނެ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވުމެވެ. އެގޮތުން އެ އެޕާޓްމަންޓްގެ ކަނާތްފަރާތުގައި ހުންނަ ކޮޓަރީގައި ހުރި ކަބަޑުން އޭނާއި ގުޅުންހުރި ތަކެތި ފެނިފައިވުމާއި، އަދި ކަބަޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.

އެހެންނަމަވެސް މުޅި މައްސަލައިގައި އޭނާގެ ބައިވެރިވުން އޮތް ނިސްބަތް ބޮޑުކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް މިވަގުތަށް ލިބިފައި ނުވާކަމަށް އަމުރުގައި ބުނެފައިވެއެވެ. އަދި އޭނާގެ ހައްޔަރު ބަންދު ރެކޯޑެއް ނެތުމާއި އޭނާއާ ގުޅުވާލެވޭގޮތަށް ހުރި މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތީގެ ނިސްބަތް ވަރަށް ކުޑަކަމަށް ފެންނާތީ އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު އޭނާއާ ދެކޮޅަށް ހުރި ހެކިތަކަށްވުރެ އޭނާއާއި އެއްކޮޅަށް ހުރި ކަންކަން ބޮޑުކަމަށް ފެންނާތީ އޭނާ ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލަން ވަނީ ނިންމާފައެވެ.

މި އަމުރުގައި ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށެވެ. އަދި އޭނާގެ ހައްޔަރު ބަންދު ރެކޯޑެއް ނެތް ކަމަށެވެ. މީގެ އިތުރުން އެ އެޕާޓްމަންޓަކީ އޭނާގެ ފިރިމީހާއެކު ދިރިއުޅޭތަން ކަމަށާއި، އެއްކޮޓަރި ކުއްޔަށް ދީފައި ހުންނަކަމަށާއި، ކުއްޔަށް ދީފައި ހުންނަ ކޮޓަރީގައި މަސްތުވާތަކެތި ހުރުމަކީ އޭނާގެ ބައިވެރިވުމެއް އެކަމުގައި އޮތްކަމެއް ނޫން ކަމަށާއި، މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ދިރިއުޅޭ ކޮޓަރިން ނޫންކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާ ބާވަތަކަށް ޕޮޒިޓިވްވެފައި ނުވާކަމަށް އައިއޯ ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު