Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޑރ. މުއިއްޒާއި އަބްދުއްރަހީމް

މުއިއްޒު ރިޔާސީ ޓިކެޓް ހޯއްދެވީ އަބްދުއްރަހީމަށް ނާޖާއިޒް މަންފާތަކެއް ހޯދައިދީގެންކަމަށް ތުހުމަތުކުރެވޭ، އޭސީސީން މައްސަލަ ބަލަން ޖެހޭ - ފަލާހް

25 ޖެނުއަރީ 2024 | ބުރާސްފަތި 10:02

މިކަމުގެ ހަގީގަތް ރާއްޖޭގެ ރައްޔިތުންނަށް އޮޅުންފިލުވާދޭން ޖެހޭ ކަމެއް ކަމަށް ފަލާހު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ޖެނުއަރީ 2024 | ބުރާސްފަތި 10:02
ރައީސް ޑރ. މުއިއްޒު އާއި ޕީއެންސީގެ ޗެއާޕަރސަން އަބްދުއްރަހީމް

ރައީސް ޑރ. މުއިއްޒު އާއި ޕީއެންސީގެ ޗެއާޕަރސަން އަބްދުއްރަހީމް

ރައީސް ޑރ.މުހައްމަދު މުއިއްޒު ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ޓިކެޓް ހޯއްދެވީ ޕީއެންސީގެ ޗެއާޕަރސަން އަބްދުއްރަހީމް އަބްދުﷲ އަށް ގިނަ ނާޖާއިޒް މަންފާތަކެއް ހޯއްދަވާދެއްވައިގެން ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ބަލަން ޖެހޭނެ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

މެންބަރު ފަލާހު މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު އަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވި ގޮތާ މެދު ވެސް ސުވާލު އުފެދޭ ކަމަށާއި، އެއީ ވިޔަފާރި އުސޫލުން ބައްލަވައިގަތް ޓިކެޓެއް ކަަމަށް ތުހުމަތުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މާލޭގެ މަސްމާރުކޭޓު މަތީގައި ހުރި ކުދި ހޮޓާފަދަ ތަންތަން ކުއްޔަށްދީފައި ހުރީ ކޮން ބަޔަކަށް ފައިދާ ލިބޭގޮތަށް ތޯ ބަލަން ޖެހޭ ކަމަށް މެންބަރު ފަލާހު ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ އެ ތަންތަން ދީފައި ހުރީ މިހާރު މި ސަރުކާރުގައި އެންމެ އިސްކޮށް އުޅުއްވާ އަބްދުއްރަހީމަށް އޭގެ މަންފާ ލިބޭ ގޮތަށް ކަމަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ޕީއެންސީގެ ރިޔާސީ ޓިކެޓް ބައްލަވައިގަތީ އަބްދުއްރަހީމަށް ގިނަ ފައިދާތަކެއް ހޯއްދަވާދެއްވައިގެން ކަަމަށް ޤަބޫލުކުރައްވާ ކަމަށް މެންބަރު ފަލާހު ވިދާޅުވިއެވެ.

މެންބަރު ފަލާހު ވިދާޅުވީ މި ކަމުގެ ހަގީގަތް ރާއްޖޭގެ ރައްޔިތުންނަށް އޮޅުންފިލުވާދޭން ޖެހޭ ކަމެއް ކަމަށެވެ. މީގެ އިތުރުން ޕްރޮޖެކްޓްތައް ހިންގާއިރު މާލީ ތަނަވަސްކަން ނެތްނަމަ، ސަރުކާރުތަކުން އެކަން ކުރަނީ މަޝްރޫޢު ހިންގާ ފަރާތަށް ޓުއަރިޒަމް އަދި އެހެނިހެން ބޭނުންތަކަށް ރާއްޖެއިން ބައެއް ދީގެން ކަމަށް ފަލާހު ވިދާޅުވިއެެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ ތަނެއްގެ މެދުން ބަޔަކަށް ދިގު މުއްދަތަކަށް 70 ހެކްޓަރު ދިނުމަކީ ރާއްޖޭގެ ސިޔާސަތާއި މަސަލަސްކަމަށް ވެސް ބުރޫ އަރާނެ ކަމެއް ކަމަށް ފަލާހު ވިދާޅުވިއެވެ. ރައީސް މުއިއްޒު އެކަން ވެސް ކުރައްވަނީ ވިޔަފާރި އުސޫލުން ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވަނީ ރައީސް ޑރ. މުއިއްޒު ކަންކަން ކުރައްވާ އިރު ބައްލަވަން ޖެހޭ ވަރަށް ކަންކަން ނުބައްލަވާ ކަމަށް ވެސް ތުހުމަތުކުރައްވާފައެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަނީ އަވަސް އަވަހަށް ވިޔަފާރި އުސޫލުން ކަންކަން ނިންމަވާލައްވަން ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ. މީގެ އިތުރުން މި ސަރުކާރުގެ ކޮރަޕްޝަން އިންތިހާ އަށް އިތުރުވެފައިވާ ކަމަށް ފާހަގަކުރައްވާ ފަލާހު ވަނީ އެކަމަށް ވެސް ފާޑުވިދާޅުވެފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

އަމާނާތުގެ ޓިކެޓް ވިއްކަން ފަށައިފި

01 ފެބުރުއަރީ 2017
އަމާނާތުގެ ޓިކެޓް ވިއްކަން ފަށައިފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް