Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ގޮތްދޫކުރައްވަން މަސީހު ބޭނުމެއްނުވި، އެއިންނަވަނީ ވަށައިގެން ސިފައިން އަތުރައިގެން: އިބޫ

މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިންވެސް ސިފައިން ވަނީ ޗެމްބަރުގެ ތެރެއަށް ވަދެފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 31 ޖުލައި 2017 | ހޯމަ 09:22
މަޖިލީހުގެ ރައީސް މަސީހު ރިޔާސަތުގައި އިންނެވިއިރު، އިދާރީ މުވައްޒަފުން ކޮޅަށް، އަދި ސިފައިން ޗެމްބަރުގެ އެތެރޭގައި

މަޖިލީހުގެ ރައީސް މަސީހު ރިޔާސަތުގައި އިންނެވިއިރު، އިދާރީ މުވައްޒަފުން ކޮޅަށް، އަދި ސިފައިން ޗެމްބަރުގެ އެތެރޭގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުއާއި ބައްދަލުކުރައްވައި މަޖިލީހުގެ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރެއްވި ނަމަވެސް މަސީހުގެ ވަށައިގެން ސިފައިން ބައިތިއްބައިގެން ހަމައެއްގޮތަކަށްވެސް ގޮތް ދޫކުރައްވަން ނޫޅުއްވި ކަމަށް ރައްޔިތުންގެ މައިނޯރިޓީ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ބާއްވަން އުޅުނު މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ އަށް ވަނަ ޖަލްސާ ކުރިއަށް ގެންވޭގޮތް ނުވެ، ބޮޑު ހަމަނުޖެހުމަކަށް ގޮސްފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުޙައްމަދު ކަންކަން ކުރައްވަމުން ގެންދަވާތީ ކަމާއި ކަންކަން ހައްލު ކުރުމަށް މަސީހު ބޭނުންފުޅު ވެނުލައްވާކަމަށްވެސް އިބޫ ވިދާޅުވިއެވެ.

Advertisement - newsAdvertisement

"މަޖިލީހުގެ ކަންކަން ހައްލުކުރުމަށް ބައްދަލުކުރުމަށް އައިއިރު މިއޮތީ މަޖިލީހުގެ ރައީސްގެ ކޮޓަރި ކޮޅު ދޮރުމަތީ އެމްއެންޑީއެފް މީހުން އަތުރާލާފަ. ބައްދަލުވީކީނޫން. ވާހަކައެއް ނުދެއްކޭ. ދެން އަޅުގަނޑަކަށް ނޭނގޭ މަޖިލިސްގެ މަސައްކަތްތައް ކުރާނެ ގޮތެއް. ގަވާއިދެއް އެއްޗަކަށް އަމަލުކުރަނީއެއް ނޫން. ގަވާއިދުގެ ތެރެއިން މިހާރު ކަންކަން ކުރަން އުޅުމުގެ ބޭނުމެއް މިހާރަކުނެތް. އަޅުގަނޑުމެން މިހާރުވެސް މަސައްކަތް މިކުރަނީ މަޖިލިސްގެ ކަންކަން ރަނގަޅުކުރެވޭނެ ގޮތެއް ފެނޭތޯ. ހަމަ ހިލާ ގޮތް ދޫނުކުރަންވަން އެއިންނަވަނީ މަސީހު ވަށައިގެން ސިފައިން ލައިގެން،" އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ ޗެމްބަރުގެ ތެރެއަށް ސިފައިން ވަނުމަކީ މަނާކަމެއް ކަމަށެވެ.

މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިންނަށް މަޖިލީހުގެ ޗެމްބަރުގެ ތެރެއަށް ވަނުމުގެ ހުއްދަ ލިބިގެން ވަނީ މަޖިލީހުގެ ރިޔާސަތުން މެމްބަރެއްގެ ނަން އިއްވުމުން، ޗެމްބަރުގެ ތެރެއިން އެ މެމްބަރު ނިކުމެވަޑައި ނުގެންފިނަމަ، އެ މެމްބަރުން ޗެމްބަރުގެ ތެރެއިން ނެރުމަށްޓަކައި ލިޔުމުން އެކަން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކާއި އެންގުމުންނެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ވިދާޅުވެފައިވަނީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސީހު ޗެމްބަރުގެ ތެރެއަށް ވެންނެވި ނަމަވެސް މަޖިލިސް ކުރިއަށް ނުގެންދެވޭ ކަމަށެވެ.

މަސީހު ރިޔާސަތުގައި އިންނެވުމަށްފަހު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މަސީހު ވަނީ މަޖިލިސް ދޫކުރައްވާ ޗެމްބަރުގެ ތެރެއިން ނިކުމެވަޑައިގަންނަވާފައެވެ.

މަޖިލީހުގެ ރައީސްގެ ކޮޓަރިކޮޅަށް މަސީހު ވެންނެވުމާއިއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ފަރާތުން އިބޫ ވަނީ މަސީހާއި ބައްދަލުކުރެއްވުމަށް މަސައްކަތް ކުރައްވާފައެވެ.

ނަމަވެސް މަޖިލީހުގެ ރައީސްގެ ކޮޓަރި ކޮޅު ކައިރީގައި 15 ވަރަކަށް ސިފައިން ވަނީ އެއްވެސް މެމްބަރަކަށް ނުވަދެވޭގޮތަށް ސަފަކަށް އެތުރިފައެވެ.

މަޖިލީހުގެ ޗެމްބަރުގެ ތެރެއަށް ގިނަ އަދަދެއްގެ ސިފައިން ވަދެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބައެއް މެމްބަރުން ޗެމްބަރުން ނެރުމަށް ސިފައިން މަސައްކަތް ކުރުމުގެ ތެރޭގައި ބައެއް މެމްބަރުންނަށް އަނިޔާވެފައިވެސްވެއެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
11 މާރިޗު 2017

މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް

11 މާރިޗު 2017
މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް
09 މާރިޗު 2017

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

09 މާރިޗު 2017
މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
08 މާރިޗު 2017

މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

08 މާރިޗު 2017
މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު