Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ރެއާލްގެ އެއްބަސްވުން މިލިޓާއޯ އައުކޮށްފި

މިހާރު ރެއާލާއެކު އޭނާ ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖެނުއަރީ 2024 | ބުދަ 05:48
ރެއާލްގެ އައު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު މިލިޓާއޯ

ރެއާލްގެ އައު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު މިލިޓާއޯ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ އެޑާ މިލިޓާއޯ، އެ ކުލަބުގެ އެއްބަސްވުން އައުކޮށްފި އެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ރެއާލަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، ރެއާލްގައި މިލިޓާއޯ ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން، އޭނާ އަކީ އެ ޓީމަށް މުހިންމު ކުޅުންތެރިޔެކެވެ. އެހެންކަމުން، ރެއާލުން ވަނީ ބާކީ އެއް އަހަރު އޮއްވާ އޭނާގެ އެއްބަސްވުން އައު ކޮށްފަ އެވެ.

ރެއާލްގެ އެއްބަސްވުން މިލިޓާއޯ އައު ކުރީ އިތުރު ތިން އަހަރު ދުވަހަށެވެ. އެހެންކަމުން، މިހާރު ރެއާލާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ ކުލަބުގައި ބައްޓައި، އެއްބަސްވުން އައު ކުރުމަށް އެންމެ ބޮޑަށް ބާރު އެޅީ އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ. އައު އެއްބަސްވުމުގެ ދަށުން، މިލިޓާއޯގެ ރިލީޒް ކްލޯސް އަކީ އެއް ބިލިއަން ޔޫރޯ އެވެ.

މިިލިޓާއޯ ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 143 މެޗުގައި 11 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ، އަށް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނީޝް ލީގު ދެ ފަހަރު، ކޮޕާ ޑެލް ރޭ އެއް ފަހަރު، ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

އިތުރަށް ކިޔާލަން

15 ޖުލައި 2017

ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ

15 ޖުލައި 2017
ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ
06 ޖުލައި 2017

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި
27 ޖޫން 2017

ބޭލް ދޫކޮށްލަން ރެއާލްގެ ކޯޗު ޒިދާން ބޭނުމެއް ނުވޭ!

27 ޖޫން 2017
ބޭލް ދޫކޮށްލަން ރެއާލްގެ ކޯޗު ޒިދާން ބޭނުމެއް ނުވޭ!
20 ޖޫން 2017

ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް

20 ޖޫން 2017
ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް
16 ޖޫން 2017

ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!

16 ޖޫން 2017
ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު