Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕެޓިޝަން ކޮމިޓީ

ފާރިސް ހާޒިރު ނުކުރަނީސް ޕެޓިޝަން ކޮމިޓީގެ ޖަލްސާ އިތުރަށް ކުރިއަށް ނުގެންދަން ފާސްކޮށްފި

31 ޖުލައި 2017 | ހޯމަ 06:44

ފާރިސްގެ ޝަރީއަތް ދަނީ ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދަމުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 31 ޖުލައި 2017 | ހޯމަ 06:44
ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު އެ ކޮމިޓީއަށް ހާޒިރު ނުކުރަނީސް އެ ކޮމިޓީގެ މަސައްކަތް ކުރިއަށް ނުގެންދަން ފާސްކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ލައިވް ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ޕެޓިޝަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެ ކޮމިޓީގައި ހިމެނިވަޑައިގަންވަނާ ފާރިސް މައުމޫނު އެކޮމިޓީއަށް ހާޒިރުކޮށްގެން ކޮމިޓީ ބައްދަލުވުން ކުރިޔަށް ގެންދިޔުމަށް އޭނާ ހުށަހެޅުއްވި ކަމަށާއި އެ ހުށަހެޅުމަށް މަތިވެރި ދާއިރާގެ މެންބަރު ހުސެން މުހައްމަދު ތާއިދު ކުރެއްވި ކަމަށެވެ.

Advertisement - newsAdvertisement

އަދި އެކަމާއި އެއްވެސް މެމްބަރަކު ދެކޮޅު ހައްދަވާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ޕެޓިޝަން ކޮމިޓީން ނިންމާފައިވަނީ ފާރިސް ހާޒިރު ކުރުމަށް ފަހުގައި ނޫނީ ޕެޓިޝަން ކޮމިޓީ ކުރިއަށް ނުގެންދިޔުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި މިކަން ރިޔާސަތަށް އަންގަން ވެސް ނިންމާފައިވާ ކަމަށާއި ދެން އެ ކޮމިޓީ ބައްދަލުވުން ކުރިޔަށް ދާނީ ފާރިސް ހާޒިރު ކުރުމުން ކަމަށް ޝާހިދު ވިދާޅުވި އެވެ. އެއްވެސް މެމްބަރަކު ދެކޮޅު ހަދާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނުގައިވެސް މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ޝަރީއަތެއް ހިންގަމުންދާއިރު ވެސް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ފާރިސް ހާޒިރު ކުރުމަށް ކޮމިޓީން ނިންމާފައިވާ އިރު ޝަހުސު އޮޅުވާލުމުގެ މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅޭ ޝަރިއްޔަތެއް މިހާރު ކުރިޔަށް އެބަދެ އެވެ. ފާރިސް ހައްޔަރު ކުރީ އޭނާ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށެވެ.

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

4

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

5

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް