Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޭޕާކް މައްސަލަ

ކޭ ޕާކް މައްސަލައިގައި ހިމެނޭ ޖައިޝާން ޝަހުސު އޮޅުވާލައިގެން ކައިވެންޏެއް ކޮށްދިން މައްސަލައެއް

17 ޖެނުއަރީ 2024 | ބުދަ 13:17

03 މެއި 2019 ދުވަހު، ސައްޙަ ކައިވެނިކުރުމުގެ ހުއްދަ އޮންނަ ޝަރުޢީ މައުޒޫނެއްކަމަށް ހެދިގެން ކައިވެއްޏެއް ކޮށްދީފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ޖެނުއަރީ 2024 | ބުދަ 13:17
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ޖައިޝާން ސައީދް ޝަހުސުއޮޅުވާލައިގެން ކައިވެންޏެއްކޮށްދިންކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓްތަކުގެ މައްސަލައިގައި ރާއްޖެއެމްވީން މައުލޫމާތު ހޯދުމުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދިން މައުލޫމާތުންނެވެ. އެގޮތުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގައި ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ހަސަން މަމްދޫހު (މަންޑޭ) އާއެކު ދެން އެ މައްސަލައިގައި ދައުވާ އުފުލާފައިވަ ޖައިޝާން ސައީދަށް މީގެ ކުރިންވެސް އެހެން މައްސަލައެއްގައި ދައުވާކޮށްފައިވާއިރު، ޝަހުސު އޮޅުވާލުމުގެ ކުށުގެ ދައުވާއެއް، އެއީ ކޮން މައްސަލައެއްތޯ އަދި އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ސަބަބަކީ ކޮބައިތޯ އަދި އެ މައްސަލަ މިހާރު އޮތީ ކިހާ ހިސާބެއްގައިތޯ ކުރެވުނު ސުވާލުގައި ޕީޖީ އޮފީހުން ބުނީ ޖައިޝާން ސައީދަށް މީގެ ކުރިންވެސް އެހެން މައްސަލައެއްގައި ދައުވާކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެ މައްސަލައަކީ، ޖައިޝާން ސަޢީދު، 03 މެއި 2019 ދުވަހު، ސައްޙަ ކައިވެނިކުރުމުގެ ހުއްދަ އޮންނަ ޝަރުޢީ މައުޒޫނެއްކަމަށް ދައްކައިގެން ޝަޚުޞު އޮޅުވާލައިގެން ކައިވެނިކޮށްދިނުމުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 312 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ (iii) އާއި 2 ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގެ ދަށުން ޝަޚްޞު އޮޅުވާލުމުގެ ކުށުގެ ދައުވާ ކުރެވިފައިވާ މައްސަލައެކެވެ.

އެމައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ޝެޑިއުލް ކުރައްވާފައި އޮތީ 11 ޑިސެމްބަރ 2023 އަށެވެ. އެދުވަހުގެ އަޑުއެހުން ބޭއްވިފައެއް ނުވެއެވެ. އެއީ އެމައްސަލައިގައި ހިމެޏޭ މީހަކު ބަލިވެގެން ކޯޓަށް ސިޓީ ލާފައިވާތީއެވެ.

އެމައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވުނީ 22 ނޮވެމްބަރ 2023 ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި އޮތީ ހެކިންގެ ހެކިބަސް ނެގުމެވެ. އެހެންކަމުން، މިމައްސަލަ އޮތީ ހެކިންގެ ހެކިބަސް ނެގުމުގެ މަރްޙަލާގައެވެ.

ރ. އަލިފުށީ، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް 97 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ. މި ދައުވާތަކުގައި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ %95 ހިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްހަނޫން ސޮއިކޮށްފައިވާ ލިޔުންތަކެއް ބީއެމްއެލަށް ހުށަހަޅާފައިވާތީއެވެ.

ޕީޖީން ބުނީ، ޓެކުމާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި 110 (ސަތޭކަ ދިހައެއް) އެޕާޓްމަންޓް ހިމެނޭ ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް ފަށައި، މި ޕްރޮޖެކެޓް ހިންގާކަން އާންމުކޮށް އިއުލާންކޮށް، އާންމުންނަށް މި އެޕާޓްމަންޓްތައް ވިއްކިއިރު، އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެމީހުންގެ އަތުން ފައިސާ ނަގާފައި ވާތީކަމަށެވެ. އަދި އޮޅުވާލުމުގެ ދައުވާކޮށްފައިވަނީ އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކިއިރު އެކަން އެޕާޓްމަންޓް ގަތް މީހުންނަށް އޮޅުވާލާފައި ވާތީކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް