Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެންބޮޑުވެ ގެއްލުން ލިބުނު ގެތަކަށް އެހީވުން

ފެންބޮޑުވެ ގެންލުން ލިބުނު ގެތަކަށް އެހީގެ ގޮތުގައި ހަތްލައްކައަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމައިފި

ޒަރޫރީ ހިފާގެން ގުޅޭ ތަކެއްޗަށާއި، ސްޓްރަކްޗަރަލް ގެއްލުންތަކަށް 1،111،842.50 ރުފިޔާގެ ގެއްލުން ލިބިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖެނުއަރީ 2024 | ހޯމަ 08:21
އެންޑީއެމްއޭއިން އެސެސްމަންޓް ހެދުމުގެ މަސައްކަތްތައް ކުރަނީ

އެންޑީއެމްއޭއިން އެސެސްމަންޓް ހެދުމުގެ މަސައްކަތްތައް ކުރަނީ

ރާއްޖެއަށް މިފަހުން ކުރި ވިއްސާރާގައި މާލޭގައި ފެންބޮޑުވެ ގެންލުން ލިބުނު ގެތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އުސޫލުގެ ތެރެއިން އެހީގެ ގޮތުގައި ހަތްލައްކައަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމައިފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ފެންވަދެގެން 227 ތަނަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި، 193 ތަނަކަށް އިޖާބަ ދެވުނު ކަމަށެވެ. ވަގުތުން އެހީތެރިކަން ބޭނުންވާ 43 ގޭބިސީއެއްގެ ރެޕިޑް އެސެސްމަންޓް ދިވެހި ރެޑްކްރެސެންޓްގެ އެހީތެރިކަމާއެކު ހެދިފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުނެއެވެ.

އެންޑީއެމްއޭއިން ބުނީ 18 ގޭބިސީއެއްގެ 110 މީހުންނަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައި ދެވުނު ކަމަށާއި، މިފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސީ ކައްކައި ކައިބޮއި ހެދުމަށާއި، ނިދާ ފާހަނާ ކުރެވޭނެ ގޮތެއް ނެތުމާއި ވަގުތީ ގޮތުން އެތަންތަނުގައި ދިރިއުޅެވޭނެ ހާލަތެއް ނެތުމުގެ ސަބަބުން ކަމަށެވެ. އަދި އެފަރާތްތައް އެއްކޮށް އާއްމު ހާލަތަށް ގެނެވި އެފަރާތްތައް ދިރިއުޅެމުން ދިޔަ ގޭގެއަށް މިހާރު ބަދަލުކުރެވިފައިވާ ކަމަށެވެ.

ހާދިސާއާ ގުޅިގެން ޑެމޭޖް އެސެސްމަންޓް ހަދަންޖެހޭ ކަމަށް ނިންމުނީ 78 ތަނަކަށްކަން ފާހަގަކޮށް އެންޑީއެމްއޭއިން ބުނީ މިތަންތަނުގެ އެސެސްމަންޓް ހެދުމަށް ދިވެހި ރެޑްކްރެސެންޓް، ވެމްކޯ، ރީޖަނަލް އެއާޕޯޓްސްއާއި އެމްޓީސީސީގެ އިތުރުން ޓްރޭޑް ނެޓްގެ މުވައްޒަފުން އެހީތެރިކަން ލިބިފައިވާ ކަމަށެވެ.

މިހާތަނަށް 53 ގޭބިސީއެއްގެ އެސެސްމަންޓް ވަނީ ނިމިފައިވާ ކަމަށާއި، މީގެ ތެރެއިން 48 ގެއަކަށް އެހީދިނުމުގެ އުސޫލުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

އެންޑީއެމްއޭއިން ބުނީ 19 ތަނަކުން އެސެސްމަންޓް ހަދަން ބޭނުންވާ ނުވާ ކަމަށް ބުނެފައިވާ ކަމަށާއި، 6 ތަނަކަށް އެކި ސަބަބުތަކާ ހެދި ނުވަދެވުމުގެ ސަބަބުން އެސެސްމަންޓް ހެދިފައިނުވާ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ ޒަރޫރީ ހިފާގެން ގުޅޭ ތަކެއްޗަށާއި، ސްޓްރަކްޗަރަލް ގެއްލުންތަކަށް 1،111،842.50 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އެސެސްމެންޓް ހެދުނު ގެތަކަށް ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އުސޫލުގެ ތެރެއިން އެހީގެ ގޮތުގައި 711،541.70 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އެއީ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ޖުމްލަ ގެއްލުމުގެ 20 އިންސައްތަ އަށްވާ 100،075.20 ރުފިޔާ އެވެ. ސްޓްރަކްޗަރަލް ގެއްލުންތަކަށް ޖުމްލަ 611،466.50 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

އެންޑީއެމްއޭއިން ބުނީ ކައިރިކައިރީގައި ފެންބޮޑުވުމުގެ ދެ ހާދިސާ ހިނގާފައިވާތީ ގޭގެއަށް ލިބިފައިވާ ގެއްލުންތައް ބޮޑު ކަމަށެވެ. އަދި ސްޓްރަކްޗަރަލް ގެއްލުންތައް އެންމެ ބޮޑަށް ލިބިފައިވާ ގެތަކުގެ މައުލޫމާތުއެއްކޮށް، ކަމާބެހޭ މުއައްސަސާތަކަށް ހިއްސާ ކުރުމަށް ވަނީ ނިންމާފައެވެ.

އެންޑީއެމްއޭ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2024

އަންގާރަ ދުވަހު ކުރި ވިއްސާރައިގައި ހެނބަދުއަށް ބޮޑެތި ގެއްލުން ތަކެއް

17 ޑިސެމްބަރު 2024
އަންގާރަ ދުވަހު ކުރި ވިއްސާރައިގައި ހެނބަދުއަށް ބޮޑެތި ގެއްލުން ތަކެއް
12 ޑިސެމްބަރު 2024

އަލިފާނުގެ ހާދިސާއާއި ގުޅިގެން 50 މީހުން އެހީތެރިކަމަށް އެދިފައިވޭ - އެންޑީއެމްއޭ

12 ޑިސެމްބަރު 2024
އަލިފާނުގެ ހާދިސާއާއި ގުޅިގެން 50 މީހުން އެހީތެރިކަމަށް އެދިފައިވޭ - އެންޑީއެމްއޭ
06 އޮކްޓޯބަރު 2024

ކުރިއަށް އޮތް 5 ދުވަހު ވައި ވަރަށް ގަދަ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

06 އޮކްޓޯބަރު 2024
ކުރިއަށް އޮތް 5 ދުވަހު ވައި ވަރަށް ގަދަ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި
21 މެއި 2024

މޫސުން ގޯސްވެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

21 މެއި 2024
މޫސުން ގޯސްވެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
19 މެއި 2024

މިހާރު ކުރަމުންދާ ވިއްސާރަ - ވ، ދ، ފ އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ ބައެއް ގޭގެއަށް ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވޭ

19 މެއި 2024
މިހާރު ކުރަމުންދާ ވިއްސާރަ - ވ، ދ، ފ އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ ބައެއް ގޭގެއަށް ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވޭ
18 މެއި 2024

ވިއްސާރައިގައި ގެއްލުން ލިބޭ ރަށްތަކުގެ މައުލޫމާތު އެއްކުރަނީ ދުވަހުން ދުވަހަށް ވަކިވަކިން، ގެއްލުމުގެ މުޅި ތަފްސީލު ހިމެނޭ ރިޕޯޓެއް އެކުލަވާލާނެ - އެންޑީއެމްއޭ

18 މެއި 2024
ވިއްސާރައިގައި ގެއްލުން ލިބޭ ރަށްތަކުގެ މައުލޫމާތު އެއްކުރަނީ ދުވަހުން ދުވަހަށް ވަކިވަކިން، ގެއްލުމުގެ މުޅި ތަފްސީލު ހިމެނޭ ރިޕޯޓެއް އެކުލަވާލާނެ - އެންޑީއެމްއޭ
17 މެއި 2024

މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި

17 މެއި 2024
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
14 ޖެނުއަރީ 2024

މާލެއަށް ކުރި ވިއްސާރައިގައި 75 ގެއަކަށް ގެއްލުން ލިބިފައިވޭ، އެސެސްމަންޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން

14 ޖެނުއަރީ 2024
މާލެއަށް ކުރި ވިއްސާރައިގައި 75 ގެއަކަށް ގެއްލުން ލިބިފައިވޭ، އެސެސްމަންޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން
13 ޖެނުއަރީ 2024

އެންޑީއެމްއޭއިން އިންތިޚާބަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށް އީސީއަށް މައްސަލަ ހުށަހަޅައިފި

13 ޖެނުއަރީ 2024
އެންޑީއެމްއޭއިން އިންތިޚާބަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށް އީސީއަށް މައްސަލަ ހުށަހަޅައިފި
04 ޖެނުއަރީ 2024

މޫސުމާ ގުޅިގެން ލިބޭ ގެއްލުން ކުޑަކުރުމަށް އިންޝުއަރކުރާ މީހުން އަދިވެސް ވަރަށް މަދު - ހިސާން

04 ޖެނުއަރީ 2024
މޫސުމާ ގުޅިގެން ލިބޭ ގެއްލުން ކުޑަކުރުމަށް އިންޝުއަރކުރާ މީހުން އަދިވެސް ވަރަށް މަދު - ހިސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު