Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

މުސިއާލާ އަކީ ޚާއްސަ ކުޅުންތެރިޔެއް: ފްރެއުންޑް

މީގެ އިތުރުން އޭނާ ބުނީ، ބަޔާނުން ބޭނުންވަނީ އެ ކުލަބުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އަށް މުސިއާލާވުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖެނުއަރީ 2024 | ހޯމަ 01:35
ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަމާލް މުސިއާލާ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަމާލް މުސިއާލާ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާ އަކީ އެ ކުލަބުގައި ޚާއްސަ ކުޅުންތެރިޔެއް ކަމަށް، ބަޔާންގެ ޑައިރެކްޓަރު ފްރެއުންޑް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ބަޔާންގައި މުސިއާލާގެ ކުރިމަގާ ގުޅޭ ގޮތުން ވާަހަކަ ދައްކަވަމުންނެވެ. ޖަރުމަނު ލީގުގައި ބަޔާނުން އެންމެ ފަހު ހޮފެންހައިމާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް މުސިއާލާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ތިން ލަނޑުގެ މޮޅެއް ބަޔާނުން ހޯދި އެ މެޗުގައި މުސިއާލާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

ޖަރުމަނުގެ މީޑިއާއަކާ ވާހަކަ ދައްކަވަމުން ފްރެއުންޑް ވިދާޅުވީ، ބަޔާންގައި ދިގު މުއްދަތަކަށް މުސިއާލާ ބެހެއްޓުމަކީ އެ ކުލަބަށް ލިބޭނެ ވަރަށް އުފާވެރިކަމެއް ކަމަށެވެ. އޭނާ އަކީ ޚާއްސަ ކުޅުންތެރިޔެއްކަން ފާހަގަކޮށް އޭނާ އިތުރަށް ބުނީ، މުސިއާލާ އަކީ ބަޔާންގެ ވައްޓަފާޅި އަށް ފެތޭ، ހުނަރުވެރި އަދި މޮޅު ކުޅުންތެރިޔެއް ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، ބަޔާނުން ބޭނުންވަނީ އެ ކުލަބުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އަށް މުސިއާލާވުން ކަމަށެވެ. އަދި ޚާއްސަކޮށް، ދިގު މުއްދަތަކަށް ބަޔާންގައި މަޑުކުރާނެ ކުޅުންތެރިޔަަކަށް އޭނާ ވުމަށް ވެސް ބޭނުންވާ ކަމުގައި އޭނާ ބުންޏެވެ. އެކަމުގެ މަސައްކަތް ބަޔާނުން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ބަޔާނާއެކު މުސިއާލާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތް ނަމަވެސް، ދުރާލާ ބަޔާނުން ވަނީ އޭނާގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. ޖަރުމަނުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ބަޔާނުން އަންނަނީ މުސިއާލާ އާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ.

ބަޔާން މިއުނިކްޖަމާލް މުސިއާލާ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު