Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ހޮފެންހައިމް ބަލިކޮށް، ބަޔާނުން ފަރަގު ކުޑަ ކޮށްފި

13 ޖެނުއަރީ 2024 | ހޮނިހިރު 04:09

މޮޅާއެކު ބަޔާން އޮތީ ލީގު ތާވަލްގެ ދެ ވަނަ މަގާމުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖެނުއަރީ 2024 | ހޮނިހިރު 04:09
މެޗުގައި ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޖަރުމަނު ލީގުގައި ހޮފެންހައިމާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާން މިއުނިކުން އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސަނާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަ ކޮށްފި އެވެ.

ލީގުގައި ހުކުރު ދުވަހުގެ ރޭ ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 18 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަަގައިދިނީ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާ އެވެ. އޭނާ އެ ލަނޑު ޖެހީ، ލެރޯއީ ސާނޭގ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ބަޔާންގެ ދެ ވަނަ ލަނޑު މުސިއާލާ ދެ ވަނަ ހާފުގައި، މެޗުގެ 70 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ޖަހަން ވެސް އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ސާނޭ އެވެ. ބަޔާންގެ ފަހު ލަނޑު، މެޗުގެ 90 ވަނަ މިނެޓުގައި ޖެހީ އެ ޓީމުގައި މޮޅަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. މިއީ ޓޮޓެންހަމް ދޫކޮށް ބަޔާނަށް ބަދަލުވި ފަހުން ކޭން އެ ޓީމަށް ޖަހައިދިން 26 ވަނަ ލަނޑެވެ. އޭގެ ތެރެއިން 22 ލަނޑަކީ އޭނާ ޖަރުމަނު ލީގުގައި ޖަހާފައިވާ ލަނޑުތަކެވެ.

މޮޅާއެކު ބަޔާން އޮތީ ލީގު ތާވަލްގެ ދެ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 16 މެޗުން 41 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި ލެވަކޫސަނަށް ލިބެނީ 42 ޕޮއިންޓެވެ.

ޖަރުމަން ލީގުބުންޑެސްލީގާބަޔާން މިއުނިކް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް