Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ ކައުންސިލް

މޭޔަރުކަމުގައި ހުންނަވައިގެން ރައީސް މުއިއްޒާއި ކައުންސިލުން ބޭނުންވީ ބާރުތައް ޖަމާކޮށްގެން ސަރުކާރެއް ހިންގަން - ރައީސް ޞާލިހު

12 ޖެނުއަރީ 2024 | ހުކުރު 03:48

މިހާރު އޮތް މާލެ ސިޓީ ކައުންސިލުން ވަނީ މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް އިހުމާލުވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޖެނުއަރީ 2024 | ހުކުރު 03:48
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

މޭޔަރުކަމުގައި ހުންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒާއި، މާލެ ސިޓީ ކައުންސިލުން ބޭނުންވީ ބާރުތައް ޖަމާކޮށްގެން ސަރުކާރެއް ހިންގަން ކަމަށާއި، މާލެ ސިޓިއަށް އިހުމާލުވެފައިވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ ހުސްވެފައިވާ މޭޔަރު އަދި ދާއިރާތަކުގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ނިންމުމަށް ބޭއްވި 'ފެހި. ތަނަވަސް. މާލެ' ކެމްޕޭން ނިނުމުގައި ހަރަކާތުގައި، ރައީސް ޞާލިހް ވިދާޅުވީ މާލޭގެ ރައްޔިތުން ބޭނުންވަނީ މާލެއަށް ދިމާވެފައި ހުރި ދަތި އުނދަގޫ އެތައް ކަމެއް ހައްލުކުރަން ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި، މާލޭގެ ޓްރެފިކާއި، ޕާކިންއަށް ހައްލު ހޯދައި ދިނުން ކަމަށެވެ. އަދި ސާފުތާހިރު ތަނަކަށް މާލެ ހަދައިދިނުމަށް ކަމަށެވެ. މީގެއިތުރުން ބުޅަލުގެ މައްސަލަ ހައްލުކުރުމާއި، އެއަށްވެސް އުޅެވޭނެ ގޮތެއް ހަދައިދީ ރައްޔިތުންނަށް ފަަސޭހައިން މާލޭގެ މަގުމަތީގައި އުޅެވޭނެ ގޮތެއް ހެދުން ކަމަށެވެ.

ރައީސް ޞާލިހް ވިދާޅުވީ، މި ކަންކަމުގެ ތެރެއިން ގިން ކަންތައްތަކަކީ ގާނޫނީ ގޮތުން ސިޓީކައުންސިލަށް މަތިކޮށްފައިވާ ކަންކަން ކަމަށެވެ. ޓްރެފިކް މައްސަލަކަމުގައި ވިޔަސް، މަގުތައް ސާފުކުރުމުގެ މައްސަލަކަމުގައި ވިޔަސް، މި ކަންކަމަކީ ގާނޫނީ ގޮތުން އެއިރަކު އޮތް ކައުންސިލަކަށް ލާޒިމްކޮށް، މަތިކޮށްފައިވާ ކަންކަން ކަމަށެވެ.

ނަމަވެސް މިހާތަނަށް އައި އިރުގައި، އަދި މިހާރު އޮތް މާލެ ސިޓީ ކައުންސިލުން އެކަމަށް އިހުމާލުވެފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މާލެއަށް ރަނގަޅު ބަދަލެއް ގެނެވޭތަނެއް ނުފެންނަ ކަމަށާއި، ސަބަބުތައް ވަރަށް ސާފު ކަމަށެވެ. އަދި މިހާތަނަށް މާލޭގެ މޭޔަރަކަށް ހުންނެވި ބޭފުޅަކު އަދި ކައުންސިލް ބޭނުންވީ ގާނޫނުގައި ބުނާ ކައުންސިލް ހިންގަން ނޫން ކަމަށެވެ. އެ ބޭފުޅުން ބޭނުންވީ ސަރުކާރެއް ހިންގަން ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ މޭޔަރަކަށް އާދަމް އާޒިމް ނުކުމެ ހުންނެވީ ގާނޫނީގޮތުން ކައުންސިލަށް މަތިކޮށްފައި ހުރި މަސައްކަތްތައް ކުރެއްވުމަށް ކަމަށެވެ. އިތުރު ސަރުކާރެއް ހަދައިގެން ވަކި ވެރިކަމެއް ކުރައްވަން ނޫން ކަމަށާއި، އަދި މިހާރު އޮތް ސަރުކާރަށް ޖެއްސުން ކުރައްވާކަށް ވެސް ނޫން ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށާއި، ހައްލު ހޯދައި ދިނުމަށް ކަމަށެވެ.

ރައީސް ޞާލިހް ވިދާޅުވީ ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުގައި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތި އުނދަގުލަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ކޮވިޑްގެ ބޮޑު އާލަމީ ވަބާއާއި ދަތި އުނދަގުލަށް ފަހުގައި މާލެއަށް ރަނގަޅު ހައްލެއް ހޯދައި ދިނުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ މާލެއަށް ހައްލު ހޯދުމަށް މާލޭގައި ހަމައެކަނި ފުލެޓްތަކެއް އެޅުމުން ނުވާނެ ކަމަށެވެ. މުޅި ރާއްޖެ ތަރައްގީވާން ޖެހޭނެ ކަމަށާއި، މާލެއަށް މީހުން ޖަމާވިޔަ ނުދިނުމަށް މާލެ ނޫން ރާއްޖޭގެ ކަންކޮޅުތަކުގައި ހިދުމަތް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އެނޫން ގޮތަކަށް މާލެއަށް ދާއިމީ ހައްލެއް އަދިވެސް ނުލިބޭނެކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ކުރަމުންދިޔައީ އެ މަސައްކަތް ކަމަށާއި، ރާއްޖޭގެ އެކި ރަށްރަށުގައި ލިބެން ނެތް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށި، ގިނަ މަސައްކަތްތަކެއް ނިމުނު ކަމަށެވެ. ބޯހިޔާވަހިކަމާއި، ސިއްހީ ހިދުމަތް ރަށްރަށުން ލިބޭނެ ގޮތް ހަދާ ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ލިބޭނެގޮތް ހެދުމަށް މަސައްކަތްތަކެއް ފެށުނު ކަމަށެވެ.

ނަމަވެސް ހިތާމައަކީ މިއަދު މިހާހިސާބަށް އައި އިރުގައި މި ސަރުކާރުން, އެމްޑީޕީގެ ސަރުކާރުން ކުރަން ފެށި އެތައް މަސައްކަތެއް ހުއްޓާލާފައިވާ ކަމަށެވެ. މިއީ ހަމައެކަނި މާލެ ވަށައިގެން ހިއްކައިގެން ހައްލު ލިބޭނެ ކަމެއް ނޫން ކަމަށާއި، މުޅި މައްސަލައަށް ހައްލު ލިބޭނީ މުޅި ރާއްޖެ ތަރައްގީކޮށްގެން ކަމަށެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އާދަމް ޢާޒިމްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމާލޭ ސިޓީ ކައުންސިލްމާލެ ސިޓީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް