Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުލަބު ވެލެންސިއާ

ކޮމިޝަނަރު ވެސް އެންގީ ވެލެންސިއާގެ ޗެއާމަނަކީ އަޒްމީން ކަމަށް!

އަދި އެ ލިޔުންތައް ބަލައި ނުގަތުމަށް އެފްއޭއެމަށް ވެސް ވަނީ އަންގައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2024 | ބުދަ 12:16
ކުލަބު ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން

ކުލަބު ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން

ކުލަބު ވެލެންސިއާގެ ޗެއާމަނަކީ ޢަބްދުﷲ އަޒްމީން ކަމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލް (ޠަލާ) އަންގަވައިފި އެވެ.

ޠަލާ ސޮއި ކުރައްވާ، ބުދަ ދުވަހު ވަނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ، އެ ކޮމިޝަންގައި ފެންނަން ހުރި ލިޔެ ކިޔުންތަކަށް ބަލާއިރު، ވެލެންސިއާގެ ޗެއާމަނަކީ އަޒްމީން ކަމަށެވެ.

ދާދި ފަހުން ވެލެންސިއާގެ ހިންގާ ކޮމެޓީގެ ބައެއް މެމްބަރުން ވަނީ އަޒްމީންގެ އިތުބާރު ނެތް ކަމަށް ނިންމައިފަ އެވެ. ނަމަވެސް، އެކަން ކޮށްފައި ވަނީ ވެލެންސިއާގެ ހިންގާ ޤަވާއިދާ ޚިލާފަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެގޮތުން، ކުލަބުގެ މަގާމުތަކަށް މެމްބަރުން އިންތިޚާބު ކުރުމުގެ ބާރު ލިބިގެން ވަނީ، އެކަމަށްޓަކައި ބާއްވާ އާންމު ޖަލްސާއެއްގައި ކަމަށް ވަނީ ބަޔާކޮށްފަ އެވެ. އެހެންކަމުން، އެފަދަ މަގާމަކުން މެމްބަރަކު ވަކި ކުރެވޭނީ ވެސް އެފަދަ ޖަލްސާއެއް ބާއްވައިގެން ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެ ސިޓީގައި ބުނެފައި ވަނީ ކުލަބުގެ އެންމެހައި ކަންކަމެއްގައި ބަސް ބުނުމުގެ ފުރުސަތު އޮންނާނީ ޗެއާމަން އަށް ކަމަށް ވަނީ ބުނެފަ އެވެ. ހަމައެހެންމެ، ކުލަބު ތަމްސީލުކުރުމުގެ ބާރު އަދި ކުލަބުގެ ފަރާތުން ސިޓީގައި ސޮއި ކުރުމުގެ ބާރު އޮންނާނީ ޗެއާމަނަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ. ކުލަބުގެ ޗެއާމަން ހުއްޓާ، ވައިސް ޗެއާމަނަށް އެކަންކަން ކުރުމުގެ ފުރުސަތު ލިބިގެން ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން، އަޒްމީންގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ލިޔުން ބަލައި ގަނެވެން ނެތް ކަމަށް ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ. އަދި އެ ލިޔުންތައް ބަލައި ނުގަތުމަށް އެފްއޭއެމަށް ވެސް ވަނީ އަންގައިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕޯޓްސް ކޮމިޝަނަރުކަމުން އަލީ އުމަރު ވަކިކޮށްފި

ސްޕޯޓްސް ކޮމިޝަނަރުކަމުން އަލީ އުމަރު ވަކިކޮށްފި

13 މާރިޗު 2019
ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އަލީ އުމަރު ހަމަޖައްސައިފި

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އަލީ އުމަރު ހަމަޖައްސައިފި

28 މާރިޗު 2018
ވެލެންސިއާގެ މައްޗަށް މާޒިޔާ ކުރި ހޯދައިފި

ވެލެންސިއާގެ މައްޗަށް މާޒިޔާ ކުރި ހޯދައިފި

12 މާރިޗު 2018
ވެލެންސިއާގެ ކޯޗަކަށް ސޮބާ، އަމާޒަކީ ކުރީގެ މަގާމަށް އެ ޓީމު ގެންގޮސްދިނުން

ވެލެންސިއާގެ ކޯޗަކަށް ސޮބާ، އަމާޒަކީ ކުރީގެ މަގާމަށް އެ ޓީމު ގެންގޮސްދިނުން

14 ޖެނުއަރީ 2018
ވެލެންސިއާގެ ކުޅުންތެރިޔަކު މިލަންދޫ ޓީމަށް ކުޅޭ މައްސަލަ ފެންމަތިވެއްޖެ

ވެލެންސިއާގެ ކުޅުންތެރިޔަކު މިލަންދޫ ޓީމަށް ކުޅޭ މައްސަލަ ފެންމަތިވެއްޖެ

01 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު