Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚު

އެމްޑީޕީގެ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚެއް މިހަފްތާގައި އިއުލާންކުރަނީ

7 ޖެނުއަރީ 2024 | އާދީއްތަ 07:38

އިންތިޚާބު ބާއްވާނެ ތަރީހެއް ކަނޑައެޅުމުގައި ކޮމިޝަނުން ވަރަށް ގިނަ ކަންކަމަށް ބަލާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖެނުއަރީ 2024 | އާދީއްތަ 07:38
އިލެކްޝަންސް ކޮމިޝަންގެ ރައީސް އިސްމާއީލް ހަބީބު

އިލެކްޝަންސް ކޮމިޝަންގެ ރައީސް އިސްމާއީލް ހަބީބު

ރައްޔިތުން މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ފޮނުވި ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު މި ހަފްތާގައި އިއުލާންކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަބީބު ވިދާޅުވީ މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚު ކަނޑައެޅުމާ ގުޅޭގޮތުން އެ ކޮމިޝަނުން ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި، ސިޔާސީ ޕާޓީތަކުގެ ޚިޔާލު ވެސް ހޯދަމުންދާ ކަމަށެވެ. މިނޫސްވެރިންގެ ބައްދަލުވުމުގައި ތަރީޚު އިއުލާންކުރަން ނިންމި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީގެ ފަރާތުން ކޮމިޝަނަށް ސިޓީއެއް ލިބިފައިވާ ކަމަށާއި، އެކަމާއި ގުޅޭގޮތުން އެމްޑީޕީއާއެކު މަޝްވަރާ ކުރުމަށްފަހު ކޮމިޝަނަށް ފެންނަ އެންމެ ރަނގަޅުގޮތް އާއްމު ކުރައްވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހަބީބު ވިދާޅުވީ މަޖިލިސް އިންތިޚާބު ބާއްވާނެ ތަރީޚެއް ކަނޑައެޅުމުގައި ކޮމިޝަނުން ވަރަށް ގިނަ ކަންކަމަށް ބަލާނެ ކަމަށެވެ. އެގޮތުން ރައްޔިތުންނާއި، ކެންޑިޑޭޓުން ފަސޭހަ ގޮތެއް ވެސް ބަލާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިންތިޚާބު ބާއްވާއިރު ކޮމިޝަނަށް ހުރި ގޮންޖެހުންތަކާއި، އެންމެ ރަނގަަޅަށް އިންތިޒާމްތައް ބައްޓަން ކުރެވޭނެ ހާލަތަށް ވެސް ބަލާނެ ކަމަށެވެ.

ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މިންވަރަށް، މަޖިލިސް އިންތިޚާބުގައި ވޯޓު ނުލާ ކަމަށެވެ. އަދި ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލާ މިންވަރު ވެސް މަދު ކަމަށް ހަބީބު ވިދާޅުވިއެވެ. ހަބީބު ވިދާޅުވީ އިންތިޚާބު ރޯދަމަހަށް ދިމާވެއްޖެނަމަ ވޯޓުލުމަށް ނުކުންނަ މީހުންގެ އަދަދު މަދުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އީސީން އެދިފައިވަނީ މަޖިލިސް އިންތިޚާބުގެ ތާރީޚު ކަނޑައެޅުމަކީ ކޮމިޝަނުގެ ކަމެއްގެ ގޮތުގައި ކޮމިޓީން ނިންމާ ދިނުމަށެވެ. އެގޮތުން އިންތިޚާބު ފަސްކުރާނަމަ މައްސަލަތައް ދިމާވާ ކަމަށާއި، އެހެންކަމުން އަދި ދުވަހެއް ކަނޑަނާޅާކަމަށް އީސީގެ ރައީސް ވިދާޅުވެފައިވެއެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓުލުން ރޯދަމަހަށްފަހު ބާއްވަން އީސީއަށް ހުށަހެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފައިވަނީ 26 ނޮވެންބަރު 2023 ވީ އާދިއްތަ ދުވަހެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް