Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް އިންތިހާބު 2024

ސަރުކާރުގެ ނުފޫޒުން، ރޯދަ މަހުގެ ތެރޭގައި މަޖިލިސް އިންތިޚާބު ބާއްވަން އުޅޭކަމުގެ ތުހުމަތު

ގައުމީ ލަފާދޭ ކޮމެޓީގައި އެކަމަށް ދެކޮޅު ހެދީ ސަރުކާރު ހިމެނޭ، ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން އެކަނި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 5 ޖެނުއަރީ 2024 | ހުކުރު 13:31
ރައީސް މުއިއްޒު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙިމް

ރައީސް މުއިއްޒު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙިމް

ކަމާ ބެހޭ ފަރާތްތަކުން މަޝްވަރާ ކުރުމަށްފަހު ރޯދައިގެ ފަހުން މަޖިލިސް އިންތިޚާބު ބާއްވަން ނިންމާފައިވަނިކޮށް، ސަރުކާރުގެ ނުފޫޒުން، ރޯދަ މަހުގެ ތެރޭގައި މަޖިލިސް އިންތިޚާބު ބާއްވަން އުޅޭކަމުގެ ތުހުމަތު އެމްޑީޕީން ކޮށްފިއެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ބުރަސްފަތި ދުވަހު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި ވަނީ 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚަކާ ގުޅިގެން ކޮމިޝަނުން މަޖިލީހަށް ލަފައަކަށް އެދުމުން، އެ އަހަރުގެ ރޯދައިގެ ފަހުން އިންތިޚާބު ބޭއްވުމަށް ލަފާދީފައިވާ ކަމަށެވެ.

އަދި އޭގެ އިތުރުން، އެ ކޮމިޝަނުން އުފައްދާފައިވާ ގައުމީ ލަފާދޭ ކޮމެޓީގައި ވެސް އިންތިޚާބު ބާއްވާނެ ތާރީޚަކާ ގުޅިގެން ލަފައަކަށް އެދުމުން، ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތައް ފިޔަވަހި ދެން ބައިވެރިވި ހުރިހާ ފަރާތްތަކުން ވެސް އެދުނީ ރަމަޟާން މަހުގެ ފަހުން އިންތިހާބު ބޭއްވުމަށެވެ.

އެ ފަރާތްތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ޖަމިއްޔާތައް ވެސް ހިމެނެއެވެ.

އެހެން ނަމަވެސް، އެ ލަފާތަކާ ޚިލާފަށް ސަރުކާރުގެ ނުފޫޒުން، ކުރިއަށް އޮތް މަޖިލިސް އިންތިހާބު ރަމަޟާން މަހުގެ ތެރޭގައި ބޭއްވުމަށް އީސީން ނިންމަންއުޅޭ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

އޭގެ ސަބަބުތަކެއް ކަމުގައި އެމްޑީޕީން ބުނީ، ގައުމީ ލަފާދޭ ކޮމެޓީގައި އިންތިޚާބު ބާއްވާނެ ތާރީޚާ މެދު ޚިޔާލު ތަފާތުވީ ސަރުކާރުގައި ހިމެނޭ ޕީއެންސީ އަދި ޕީޕީއެމް އެކަނި ކަމަށް ވާތީއެވެ.

އެހެންކަމުން ގިނަ ޖަމިއްޔާތަކާއި އަދި ރައްޔިތުންގެ މަޖިލީހުން ވެސް ލަފާދިން ގޮތަށް، މިއަހަރު ބާއްވާ މަޖިލީސް އިންތިހާބު ރޯދައިގެ ފަހުން ބޭއްވުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު